ކަނޑު ހުރަސްކޮށް ރާއްޖޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ބުރިޖު، ސިނަމާލެ ބުރިޖު ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަޙުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ބައިވެރިވެވަޑައިގެންފިއެވެ.

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު އިއްތިޙާދުގެ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް ދަޢުވަތު ދީފައިވެއެވެ. އެހެންނަމަވެސް، އެމެންބަރުންގެ ތެރެއިން، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވަނީ މި ދެ މެންބަރުން އެކަންޏެވެ.

މެންބަރު އިބްރާހީމް ޝަރީފާއި މެންބަރު ނާޝިދާއެކު ނަންގަވާފައިވާ ސެލްފީއެއް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު، އަޙުމަދު ނިހާންވަނީ ޓްވީޓު ކުރައްވާފައެވެ. މި ފޮޓޯއާއެކު ޓްވީޓުގައި ނިހާނު ވިދާޅުވެފައިވަނީ، ހައުސިންގ މިނިސްޓްރ ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތު ގަބޫލުފުޅު ކުރައްވާ ރައީސް ޔާމީނުގެ ތަރައްޤީގައި ފާހަގަކޮށްލެވޭ މި މަޝްރޫޢުގެ ފެށުން ބައްލަވާލައްވަން ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާކަމުގައެވެ.

އިދިކޮޅުގެ ފަރާތްތަކުން ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ) އާއި އޭނާގެ އިންތިޙާބީ ބައިވެރިޔާ، ފައިސަލް ނަސީމް ހިމެނޭގޮތަށް އިދިކޮޅުގެ ހުރިހާ މެންބަރުންނަށް ހައުސިންގ މިނިސްޓްރީން މި ރަސްމިއްޔާތުގައި ދަޢުވަތު އަރުވާފައިވާކަން ހާމަކުރައްވާފައިވަނީ މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ދައުވަތު އަރިވައިގެން ވަޑައިގެންނެވި އެހެން ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމު ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޏވޗ

  ނުކެރެނެ ބަިވެރިވާކަށް. އެމީހުން ނުވެސް އަރާނެ ތި ބުރިޖަށް. ތަރައްގީ ހަޖަމު ނުވާނެ

 2. އަބްދުއްލާ

  ތިޔަ 2 މެމްބަރުންނަކީ ހަގީގީ ސިޔާސަތު ދެނެވަޑައިގަންނަވާ 2 މެމްބަރުން އިދިކޮޅޭ ބުނުމުން އެބުނެވޭ ބުނެވުމުގެ މާނަޔަކީ ދުސްމަންވުން ނޫންކަން މިދެބޭފުޅުންނަށް އެގިވަޑައިގަނޭ . އިދިކޮޅަކިީ ދަވްލަތުންހިންގާ މަސްރޫއު ތައް ހިގާނުހިގާ ގޮތްބަލާ އެއަށް ރަނގަޅު އިސްލާހީ ފާޑުކިއުންތެރިންގެގޮތުގާ މަސައްކަތް ކުރަންޖެހޭ ބައެއް .

  • ާއަހުމަދު

   ވަރަށް ފުރިހަމަ ވާހަކައެއް

  • ޓީޗަރ

   ތެދުފުޅެއް ތި ވިދާޅުވީ. ހުރިހާ ބޭފުޅުންނަށްވެސް ތިކަން ވިސްނޭނަމަ ހާދަ ރަނގަޅޭ...

  • މީމަ

   ސަތޭކައިގެ ވާހަކައެއް.

  • އަހޫ

   އިދިކޮޅުގެމާނަ ނޫސްވެރިޔާއަށް ނޭނގޭ.

 3. ކޮލެޖް

  ދެންތިބި ލާދީނީ ބައިގަނޑަށް ހަޖަމެއްނުވާނެ.

 4. ާއަހަރެން

  އިދިކޮޅު ބައިގަނޑު ކަޑަވެ ފަނިވެއްޖެ

 5. ސަލީމު

  ގައުމާއިގެންކުރިޔައް ޝުކްރިއްޔާ ދެމެމްބަރުންނަށް

 6. Anonymous

  އިދިކޮޅުގަ ނެތް ގައުމު ދެކެ ލޯބިވާ ހަމަ.އެކަކުވެސް. ދެން.ރައްޔިތުންނަކީ އެމީބުންގެ ކުރިމަތީގައި ކޯންޗަކަށްވާނީ.

 7. ެއަތޮޅުން

  ބުރިޖުގެބޭނުން ނުކުރާކަމަށްވަންޏާ ބުރުޖުހުޅުވުމަށް ތާއީދުނުކުރާކަން އިނގޭނީ ދެއްތޯ

 8. ކޮއްޔާ

  މަރުހަބާ ޝަރީފު އާއި ނާޝިދު. ތިޔައީ ފިސަހަރި ފަހުލަވާނުން. ތިޔައީ ގައުމާއި ރައްޔަތުންގެ ހައްގުގައި ގުރުބާންވާނެ ބޭފުޅުންކަމުގައި ރައްޔަތުން ބަލައިގެންފި.

 9. އ.ޖ.އ

  ދައުވަތު ދިނީ ހެޔޮ ނިޔަތަކު ނޫން.. އެވާހަކަ ފަހުން ގޮވަން.. މިހާރު މިއޮތީ ލަސްވެގެން ގޮވަން ފަށާފަ.

 10. Anonymous

  އެއީ މެމްބަރުންނަކީ. ހަހަހހަހަހހާ...

 11. ޟޟa

  ކަލޯ ގެޔަށް ވަދެ މީހަކު ލައްވާ އިނގިރޭިސން ނުލިޔުވާ ދިވެހިން ލިޔެލިނަމަ. ތި ޓްވީޓްކުރީ މުއާލަތް ކެނޑުނުފަހުން

 12. މުހައްމަދު

  ތިޔަ ދެމީހުންނަކީވެސް އެއިރެއްގަ އޮންނަ ސަރުކާރަކުން މަންފާ ހޯދަމުންދާ ދެމީހުން. ތިަޔަ ދެމީހުން ނަކީވެސް ނަގޫ ފިތިފަ ތިބި ދެމީހުން. ކުރިޔަށް އޮތްތާގަވެސް ވޯޓް ދިނުމުގައި މިކަހަލަ ނަގޫ ގޮށް ޖެހިފައިވާ މީހުން ނުހޮވުމަށް ގޮވާލަނަ.