ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި އެސްޕީޖީގެ ދެ އޮފިސަރަކު ދޫކޮށްލައިފިއެވެ.

ރައްޔަތުންގެ މަޖިލީހުގެ ސެކުއިރިޓީ ބަލަހައްޓަމުންގެންދިޔަ މިދެ އޮފިސަރުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް މިދެމީހުން ދޫކޮށްލާފައިވަނީ ކީތްވެގެންކަމެއް ނޭންގެއެވެ.

މީޑިޔާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެމްއެންޑީއެފްގެ އެތެރޭގައި "ހައްޔަރުކޮށްފައިވާ" ސިފައިންގެ މައްޗަށް ކޮށްފައިވަނީ "ފިތުނަފަސާދަ އުފެއްދުމާއި ސިފައިންގެ ސަފުތައް ބައިބައިކުރުމާއި ސަރުކާރާ ދެކޮޅަށް ނުކުތުމަށް މަސައްކަތް ކުރުމުގެ" ތުޙުމަތެވެ.

އެމްއެންޑީއެޕްއިން މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް އަންގާފައެއްނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާޞޫޜާ

    އަންނި ތިހެންބުނެފިއްޔާ ބަންދުކުރަންޖެހޭމީހާވެސް ބަންދެއްނުކުރެވޭނެ...

  2. ސަޑަމޯ

    މި ސިފައިންނަށް ނުކެރޭދޯ ޕީޖީ ބިޝާމް ދައްކާލި ހިއްވަރުވެސް ދައްކާލާކަށް. އަދީބު ބުނީ ހަމަ ރަނގަޅަށް ރިހަ ބައެއް ކައެމެން ތީ