މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަސް ދުވަސް ތެރޭގައި ހަތް ފަހަރެއްގެ މަތިން ސްރީލަންކާ އަށް ވަޑައިގެންނެވި ކަމަށް ރާއްޖެ އިން ލަންކާ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ސްރީލަންކާގައި ކޮލަމްބޯ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި މިއަދު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު ގައެވެ.

މުންދު މިއަދު "ވަގުތަށް" ވިދާޅުވީ އަބްދުﷲ ސައީދު ހަތަރު މަސް ދުވަސް ތެރޭގައި ލަންކާ އަށް ހަތް ފަހަރު ވަޑައިގެންނެވިއިރު ފަނޑިޔާރު އަލީ ހަމީދު ދެފަހަރެއްގެ މަތިން ލަންކާ އަށް ވަޑައިގެންނެވި ކަން ކަށަވަރު ކުރެވޭ ކަމަށާއި އޭގެ އިތުރުން އެއް ފަހަރު އަލީ ހަމީދު ލަންކާ އަށް ވަޑައިގެންނެވި ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އޮކްޓޫބަރު މަހުން ފެށިގެން އުއްތަމަ ފަނޑިޔާރު ހަތް ފަހަރު ލަންކާ އަށް ވަޑައިގެންނެވި. އަލީ ހަމީދު ދެފަހަރު ވަޑައިގެންނެވިކަން އަޅުގަނޑުމެންނަށް ކަށަވަރު. ލަފާކުރެވެނީ ތިން ފަހަރު ވަޑައިގެންނެވި ކަމަށް. ފަނޑިޔާރުން ލަންކާ އަށް ވަޑައިގެންނެވި މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި ވަނީ އެމްބަސީ އިން ޕްރޮޓޮކޯލް ހަމަޖައްސަވާތީ." މުންދު ވިދާޅުވިއެވެ.

ރާއްޖެ އިން ލަންކާ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރާއްޖެ އިން ލަންކާ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މުންދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ބައެއް ދަތުރުފުޅުތަކުގައި ލަންކާ ވަޑައިގެންނެވީ އާއިލީ ދަތުރުފުޅެއް ކަމަށް ވިދާޅުވެ ކަމަށާއި އަނެއްބައި ދަތުރުފުޅުތަކުގައި ވަޑައިގެންނެވީ އެހެން ގައުމަކަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ޓްރާންސިޓް ކުރައްވަން ކަމަށް ވިދާޅުވެ ކަމަށެވެ.

"ޓްރާންސިޓް ކުރައްވަން ކަމަށް ވިދާޅުވެ ވެސް މަޑުކުރެއްވެވި. އަނބިކަނބަލުންގެ އާއިލާ ބޭފުޅުން ކޮޅެއް ލަންކާގައި ދިރިއުޅުއްވާތީ މަޑުކޮށްލައްވަނީ ކަމަށް ވިދާޅުވެ ވެސް މަޑުކޮށްލި. ވިސާ ނަންގަވަން ވަޑައިގެންނެވީ ކަމަށް ވިދާޅުވެ ވެސް ބައެއް ފަހަރު ވަޑައިގެންނެވި." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ފަނޑިޔާރުން ލަންކާ އަށް ވަޑައިގެންނެވީ ގެދޮރު ބައްލަވައި ގަންނަވަން ނޫން ކަމަށާއި ނަމަވެސް ވަރަށް ގިނަ ޕްލޭންތައް ލަންކާގައި ކުރިއަށް ދިޔަ ކަމަށެވެ. މުންދު ވިދާޅުވީ ދެފަނޑިޔާރުން ލަންކާ އަށް ވަޑައިގެންނެވި އިރު ހުރިހާ ފަހަރެއްގައި ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ވެރިޔާ ހަސަން ސައީދު ވަޑައިގެންނެވި ކަމަށެވެ.

"ދެ ފަނޑިޔާރުންނާއި އެކު ކޮންމެ ފަހަރަކު ވެސް ހަސަން ސައީދު ވަޑައިގެންނެވި. އާއިލާ އާއި އެކު ވަޑައިގެންނެވި އިރު ވެސް، ވިސާ ޖަހަން ވަޑައިގެންނެވި އިރު ވެސް ހަސަން ސައީދު ހުންނެވި." މުންދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ތިބޭތި

    ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބަޔާން ކުރެވެނީ އެއީ މަޖްލީހަށް ލިބިގެން ވަނީ ހަމަ އެކަނި ގާނޫނު ހެދުމުގެ ބާރު ކަަމަށް. ގާނޫނު އަސާސީގެ 6 ވަނަ މާއްދާ ބަޔާން ކުރަނީ އެއީ ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް ލިބިގެން ވަނީ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ހަމަ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާން ކުރަނީ ދައުލަތާއި ސަރުކާރުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް. ރައްޔިތުން ކިބައިން ރާއްޖޭގެ ވެރިކަން ކުރުމަށް 5 އަހަރު ދުވަހަށް ހޮވާފައި ހުރީ އެއީ ރާއްޖޭގެ ރަައީސުލް ޖުމްހޫރިއްޔާ. ނަމަ ވެސް މަޖްލީހުގެ މެމްބަރުން ރާއްޖޭގެ ވެރިކަން ކުރަން ދިމާ ކުރުމުން މިހުރިހާ މައްސަލަ ތައް ދިމާވެގެން އިލްހާމްގެ ހޫނު ފެނުގެ މައްސަލަ ވެސް ދިމާވަނީ މިހެންވެ އެވެ. މިފަހަރު މަމެން މީ ހާކިމާ ކަން ތަމެންނަށް ވެރިކަން ނުލިބޭނެ ކަން ވަރަށް ރީއްޗަށް ވެރިކަމުގެ ފަރާތުން މަމެން އަންގާ ދޭނަމޭ. މަޖްލީހުގެ މެމްބަރުންގެ ތެރޭން ފުއްޕާ ހުރިހާ އެއްޗެހި ތައް ސައިޒުން ކަނޑާ ތިރި އަރުވާނަމޭ ބަލަންތިބޭތި

    • ނަވީން

      ނުވާނެ ތިކަމެއް. ޔާމީނުއަށްވީ ގޮޅި ހުރީ ރެޑީވެފަ

    • މޮހޮދޭ

      ނުވާނެ ތިކަމެށް. މަރައްތެޅޭއިރު ވަރު ދައްކާނެ. ހަމަ ކުޑަގޮޅި އޮތީ.

  2. ާވަލީދާ

    ފަނޑިޔާރަކަށް ލަންކާއަށް ދެވެންޖެހެނީ ކިތައް ފަހަރުތޯ..ނޫނީ އަލީހަމީދު ކިޔާ މީހުނަށް ދެވެނީ ކިތައް ފަހަރުތޯ؟ މައްސަލަ ޖެހެންޖެހެނީ ލިމިޓް ހަމަވެގެންތޯ؟

  3. އަސްމާ

    ލަންކާ އަށް ދިއުމަކީ ކުށެއްތަ؟؟

  4. ތިބޭތި

    ސަރުކާރާއި ދެކޮޅަށް ކޮރަޕްޝަނާއި ފަސާދަ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ކަނޑައެޅިގެން އާންމު ތަންތާނގައި ނުވެސް ގޮވޭނެ މަޖްލީހުގެ އެެއްވެސް މެމްބަރަކަށް އެއީ ވާނެ ކަމެއް ނޫނޭ. އެހެންވެ ހޫނު ފެނުގެ މައްސަލަ ވެސް މިހާ އަވަހަށް ޑިޓެކްޓް ކޮށް އެމައްސަލަ ހިނގައިގަތީ. ރާއްޖޭގެ ޓީވީ ތަކުން މިސަރުކާރު ވައްޓާލަން ގޮވާ އެމްޕީން ތައް ކްރޭޒީ އީގޯ ވެގެން ތަމެން ރާއްޖެތެރޭ ތަމެންގެ ރަށުގެ ހޮޅު އަށި ތަކުގައި ދައްކާ ޒާތަށް ގްރޭންޑް މާލޭގައި ވާހަކަ ދައްކައިގެން ކުރިއެރުމެއް ނުލިބޭނެ ކަން ތަމެންނަށް މިހާރު އެނގި ފާޅުވެގެން ދާނެ ކަން ތަމެންނަށް އިނގެންވާނެ ނޫންތޭ. ގައްދޫ ލޯ ޕްރޮފައިލްޑް މީހަކު މީހެއްގެ ނޯކިރީ އަކަށް ހުއްޓާ ރާ އަތޮޅުގެ އެމްޕީ އަކަށް ހޮވުނީ އެއީ ޕީޕީއެމް ކޮށް ދިން މަސައްކަތް އެއީ ޕީޕީއެމްގެ އޯނަރޝިޕް އެއް އެ އޯނަރޝިޕް ބަދަލު ނުކުރެވޭނެއޭ. ނެކްސްޓް ޗެޕްޓަރ މަމެން ރީޑް ކުރާނީ މަޖްލީހުގެ ފާރު މަތިން ފުންމާލި މީހުންގެ ވާހަކަ ލިޔަމުންނޭ މަމެން ބުނަން ނެތީމު ދޯ.

  5. ސަޢީދު

    މުންދު ކިތައްފަހަރު އިންގްލޭންޑަށް ވަޑައިގެންނެވިންތޯ؟

  6. އއއ

    ތިޔަހެން ބަލާ ކަމަށް ވަންޏާ، މުންދުއަށް ލަންކާ ކިތައްފަހަރު ދެވުނުތޯ؟
    އަދި އެހެން މީސްމީހުން ލަންކާއަށް ކިތަށް ފަހަރު ދިޔަތޯ؟ ލަންކާއަށް މީހަކު ވަކި އަދަދަކަށް ދިއުމަކީ ކުށެއްކަމަށް ވާނަމަ އެކަން ޤާނޫނުގައި ކަނޑައަޅަން ފެނޭ. މިއީ އެމީހުންވެސް ކޮރަޕްޝަންގެ މައްސަލައެއް އޮތިއްޔާ އެކަން ބަލަންޖެހޭނެ. އެކަމަކު ކަމާ ގުޅޭ މައުލޫމާތު ހާމަކުރަންޖެހޭނީ އެކަމަށް ޚާއްޞާ ކުރެވިފައިވާ ބަޔަކު އެކަމަކާ ގުޅޭ މައުލޫމާތު. ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި މިފަދަ މައުލޫމާތު ހާމަކުރުމަކީ އެތަހުގީގަށް ހުރަސް އެޅިދާނެ ކަންކަން. ވީމާ، މުންދުއާއި އަދި އެހެނިހެން ފަރާތްތަކުންވެސް މިފަދަ މައުލޫމާތު ހާމަ ނުކުރުމަށް ނަސޭހަތްތެރިވަން

  7. ޞބ

    މަގޭ ފިރިމީހާ ދޭ މަހަކު އެއްފަހަރު. ކޮބާ މައްސަލަޔަކީ.

    • ނަންގީ

      އެހެންވިއްޔާ އަވަހަށް ދެމީހުންވެސް އެޗް.އައި.ވީ އަށް ޓެސްޓް ކުރޭ..!

  8. ސާގަރު

    ކޯޓުތަކުން ޝަރީޢަތްކޮށް ހުކުމް ކޮށްފައިތިބޭ މީހުންގެ މައްސަލަތައް ސްޕްރީމް ކޯޓުން އަލުން ނުބައްލަވައި ހުކުމް ބާތިލު ނުކޮށް، ހުކުމުގައި ތިބޭ މީހުން ދޫކޮށްލަން އަމުރު ކުރުމަކީ ކޮންކަހަލަ ކަމެއްތަ؟ ލަންކާއަށް ދިއުމަކީ ކުށެއްނޫން! ލަންކާއަށް ގޮސް ހުދުޖަގިޔާ ލުމަކީ ވެސް މިހާރު ކުށަކަށް ނުވާނެ.

    • ސައްތާރު

      ވަކިކޮޅަކަށްގޮސް ހުސްވެފަ ތިބޭބަޔަކަށް ތިކަންތަ ނޭގޭނެ! ތިމީހުންނަކީ އަންނި ކާއްޓަކުން 5ރުފިޔާ، ބިހަކުން 2ރުފިޔާ، ފިޔާކިލޯއަކުން6 ރުފިޔާ އަގުބޮޑުވީމަ އެއީ އަގުބޮޑުހޭ ކިޔާފަ ޖަލްސާއެއްގަ ވާހަކަ ދެއްކީމަވެސް އަތްޖަހަޖަހާ ތިބިމީހުން! ސަދޫމްބާގައިގެ މީހުންވެސް ހަމަލޮލަށް ފެންނަ ކަންތައްވެސް އެމީހުން ބޭނުންވާގޮތަކަށް ބަދަލުކޮށްގެން ގަބޫލުކުރަމުން ދިޔައީ،!!! މަގުފުރެދިއްޖެބަޔަކު ސަލާމަތްވާނީ އެކަމަކުން ސަލާމަތްވާން މަސައްކަތް ކޮށްގެން!

    • ޤައުމު

      ހުދު ޖަންގިޔާ ކުރީގަ އޯކޭ... މިހާރު އޭރު އޯކޭ ވި ބަޔަކަށް މިހާރު އޯކޭ އެއް ނޫން. މިހާރު މައްސަލަ ތަހްގީގް ކުރި މީހުންނަށް ވެސް ޔަޤީން ވެެއްޖެ އެ ވީޑިޔޯގަ ފެންނަނީ އޭރުގަ އެކަމާ އަޑު އުފުލި މީހުން އެބުނާ މީހާކަން ވެސް ޔަގީންވެއްޖެ... މިކަމުގަ ވެސް ބޮޑު ޖޯކަކަން މި ވަނީ މައްސަލަ ތަހްގީގް ކުރާ މުއަސަސާތައް... ހެހެހެހެ

  9. އަހްމަދު

    މުންދު ތިޔަ ވިދާޅުވީ ނޫންތޯ ކޮންސަބަބަކާ ގުޅިގެންކަން އުއްތަމަ ފަނޑިޔާރު ލަންކާއަށް ވަޑައިގަތީ. ދެންކޮބާތޯ ތީގަ މައްސަލައަކީ. ތިވާހަކަ ދައްކަންޖެހޭ ސަބަބެއްވެސް ނުވިސްނޭހަމަ.

  10. އަމީ

    ކުށެއްގަ ބެދުނީމަ ހެކިހޯދާނެ ކަން ގަބޫލްކުރަންޖެހޭ ބިތު ފަންގި ނެގީމަ ކެޔޮކޭވަރު އެގޭނެ ވަޒީފާދިނީ ލަންކާ އިންތަ ބަލަ ދިޔްބޭނުންވެސް އެޖެހުނީ ބަލަން މިހެންގޮސް އެތައްކަމެއް ފަޅާއަރާނެ ބުނޭނު ވެރިައައް އެއްދުވަހޭ ވަގަކައް ހާސްދުވަހޭ މިއޮތީ އެހެންވެފަ ތިކަލޭގެ ވީހާވެސް ކުޑަ ގޮޅިއަކައްލާ

  11. އަޙްމަދު

    ފަނޑިޔާރުންގެ ޤާނޫނުގައި ލިޔެފަ އޮވޭތޯ ލައްކާއަށް އެންމެ ގިނަވެގެން ނުވަތަ މަދުވެގެން ދެވޭ ޢަދަދު. މަށަކީ ޤާނޫނީ މީހެއްނޫން. އަޅެ ޤާނޫނު އެގޭމީހަކު ކިޔާދީބަލަ.

    • ޗިއްލޫ

      ގާނޫނު ނޭގޭއިރުވެސް ގާނޫނޭ ކިޔާފަ ވާހަކަ ދައްކަންއެބަޖެހޭ! ކުށެއްގެ ތުހުމަތު ކުރެވޭއިރު އޭނަ ފާހާނަޔަށް ދިޔައީ ކިތައްފަހަރުތޯވެސް ބަލަންޖެހޭ ހާލަތު ބަލާނެ، ކަލޯ ގަބޫލު ކުރަން ބޭނުމިއްޔާ ގަބޫލުކުރެވޭނީ މިބުނި އެއްޗެއް! ޕާޓޭއިން ހިފާ ހައްޔަރު ކޮށްފަ އެބަބަލާ އޭނަ މިވެނި ގަޑިއިރެއްގަ ފާހާނަޔައްދިޔަތޯވެސް މީކީއްކުރަން ކުރާކަމެއްތޯ ދެން އަހާބަލް!

    • މޮހޮދޭ

      އެއިސްލާހް އެހުށައެލީ އަދުރޭ

  12. ފާތުން

    އޭރުވެސް މަބުނީމެއްނު ތިވަރު ތަންކޮޅެއް ބޮޑުވަރޭ ތިހާގިނައިން ނުދާށޭ މިހާރު މައްވެސް މިއެގުނޭ އެދިޔަކަންތައް ހެޔޮނުވާނެ ތިހެން އުޅޭކައް ކޮންކަމަކައް ދަތިވަނީ ހަމަޖެހިގެން އެބަ އުޅެނޭ. ކީއްކުރާނީ މިމަޅީގަޖެހެނީ ލާރީގެ ބޭނުމުގަ

  13. ދީދީ

    ސޯ ވަޓު

  14. ތިމަންނަ

    ކައްޕިއަށް ގޮވާލަން އެސޮރަށް ތުންމެޓައެއް ދޭން...

  15. މުހައްމަދު

    ޕްރޮޓޮކޯލަށް އަންގައިގެން ދޯ އަދި ދިޔައީ.. ހާދަ ވަގަށޭ ތިކަން ކޮށްފަ ތިއޮތީ. ވަރަށް ފޫހި !!

  16. ފިރުޓޭ

    އަޑު އިވެނީ ޝޮޕިންގ ޓްރޯލީ އެއް ފުރާ ހަމަ އަގު ބޮޑު ސެންޓްވެސް ބައްލަވައިގަތް ކަމަށް! މީ އެތަން ދުއް މީހަކު ބުނި ވާހަކައެއް!

  17. ހައްޤުބަސް

    2014 2015 މި ދެއަހަރު ރަޢީސް ޔާމީނު ސިންގަޕޫރަށް މަހަކު 4 ދަތުރުކަހަލަ ގޮތަކަށް ކުރިޔޯ އެއީ ކީއްވެޔޯ؟ އެކަން ވެސް ފުލުހުންބަލާފަ ސުރުހީހަދާލިނަމަ.

  18. ހައްޤުބަސް

    ކޮބާ މައްސަލައަކީ! ދުވާލު ދެއިރު ބޭހެއް ބޯހެން ލަންކާ އަށް ދިޔަސް މައްސަލައެއްނޫން. ﷲ ގެ ރަޙުމަތުން މިކަން ދާދި އަވަހަށް ނިމޭނެ. ތަމެންވެސް ކޮއްފައި ހުރި ވައްކަންތައް ބަލާ ގާނޫނުގެ ދިގު އަތް ފޯރާނެކަން ހަނދުމަފުޅު ބަހައްޓަވާ.

  19. އަލީ އަހުމަދު

    ތިޔަކަމުގައި އަދުރޭ ވިދާޅުވާގޮތް ބަލަން ބޭނުމީ...

    އަދުރޭ ފޯ ޕުރެސިޑެންޓް.... 2018 އަހަރެން ބޭނުމީ އަދުރޭ އަރަށް... ޔާމީނު ކަޑަ...
    އަދުރޭ ގަދައީ...

  20. ރަޝީދާ / ދިއްދޫ

    ރިޝަވަތަށް ލިބުނު ޑޮލަރުތައް ރައްކާކޮށް އެ ޑޮލަރުތައް އެއްޗަކަށް ހަދަން ދިޔައީ! ބޭކާރު ކޮމެންޓް ކުރުމުގެ ބޭނުމެއް ނެތް! އެއީ ހަމަ ރިޝްވަތު ބޮޑޭ! މީނަގެ ދިފާޢުގަ މިއަދު އެމްޑީޕީން މަސައްކަތްކުރާގޮތުންވެސް މިކަން ވަރަށް ސާފު! އެއްކަލަ ޢާލީޙަމީދު ފަނޑިޔާރަކަށް ހުރެގެން އޭނަ ވަކިނުކޮށްގެން ތެޅިބޭލި މީހުން މިއަދު އޭނަގެ ދިފާޢުގައި ދައްކާ ވާހަކައިން ފިސާރި ސާފުކޮށް މިހިރަ އެގެނީ ރިޝްވަތު ދީގެން ތިބިކަން! ކުރިން ހުދު ޖަނގިޔާ! މިހާރު މަޚުމަލު ޖަގިޔާ ! ހެހެހެ

  21. ވަކަރު

    މުންދޫދު ގެ ޝާހިދުގެ ގެއެއް މެންޗެސްޓަރ އަކު ނުހުރެތޯ

  22. މަރީ

    ދެން އެކަމަކާއި ކަލެއައި ކޮން ބެހޭކަމެއް. އެމީހުންގެ ޒާތީ ކަންކަމާ ތި ބެހެނީ.

  23. ހިންދުކޮޅު

    ލަންކާއައްދިއުމަކީ ކުށެއްނޫން އެކަމަކު ލަންކާއައް ގޮސް ރާވައިގެން ރިށްވަތުހިފާ ގާނޫނީސަރުކާރު ވައްޓާލަން މަސަތްކައް ކުރުމަކީ ކުށެއް

  24. ޢަހާނަމަ

    ޥަކި އަދަދަކަށްތަ ކަންކާއަށް ދެވެނީ..؟

  25. ކޮައެމަލާ

    މީނާ އަކީ ވަރަށް ދޮަގުހަދާ އިންސާނެެތް މީނާ މަރުވެސް ނުވާނެބާ؟

  26. މަރުތަޅު

    އޭނާގެ އަންހެނުންގެ މަންމަ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަތާ އެތަކެއް ދުވަސް ވެއްޖެ!

  27. ލޮންކާމީހާ

    ޔާމީނުވެސް ނުދޭ ކޮންމެ ދެމަހުން އެއްމަހު ރާއްޖެއިންބޭރަށް އެހެންވީމަ ފަޑިޔާރުންނަށްވެސް ދެވިގެންނުވާނެ. ދެވޭކަމަށްވެއްޖެއްޔާބޮޑު މައްސަލަ އުފެދޭނެ.

  28. ސަލްމާ ލަތީފް

    އެއްވެސް ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރެއް ނުކުރެވޭނެ.

    • ޒުބައިދާ

      ނުރެވޭނޭ؟؟؟ އެއޮތީ ކޮށްފަ،އެއީކީ މަތިން ފޭބިބަޔެއްނޫން!

    • 9740678

      މުންދު ކޮބާ މައްސަލަ އަކީ

  29. ރީތި މޫސަ

    އަސްލު އަލީޙަމީދުތޯ ނުވަތަ ވައްތަރު މީހެއްތޯ ހައްރުކޮށްފަހުރީ ބެލުންވަރަށް މުހިންމު

  30. ޗިއްލޫ

    ތިމީހުންހިތައްއަރާނެދޯ ތިމަންނަމެން އާއިލާއެއް ބަލާބޮޑުކޮށްފީމޭ، ނަހަލާާލުގޮތުގަ ފައިސާއި މުދާ ހޯއްދަވައިގެން އަމިއްލަ ދަރިންނާއި އަބިމީހަޔަށް ކާންދޭއިރު މިދެވެނީ ޒަހަރުކަންނޭގުނީތީ ބުނެވޭނީ ތިޔައީ ގަމާރު ކަމުކު ލާމަސީލު މީހަކޭ ތިޔައީ@@@

  31. ކިއުކަމްބާ

    ކައްޕިވެސް އިރުއިރުކޮޅާ ސިންގަޕޫރަށް އެހެރަ ދަނީ ފުރައިގެން ބޭރަށް ހިންގާ ގެރިއެއްހެން، ކަލޭ އެބަބަލަންތަ ކިތައްފަހަރުތޯ.

  32. ައާބި

    މަ ހަނދާންވާ ގޮތުގަ މި މުންދަކީ އަދީބާ ގުޅިގެން ޖަރީމާތައް ހިންގާފަ އަދީބު ހައްޔަރުކުރީމަ މެލޭޝިޔާގަ ފިލަން ގޮސް އޮއްވާ ހައްޔަރުކޮށްގެން ގެނެސް ހުރި މީހެއް ، ލަދު ކޮބާތޯ އެހެންމީހުން ދަތުރުކުރި އަދަދު ބުނަން ، ބަލަ އެމީހަކު ބޭނުން ވަރަކަށް ދަތުރުކުރެވޭނެޔޭ، ސިންގަޕޫރަށް އަޅުގަނޑުމެންގެ ރައީސް ދަތުރުކުރެއްވިވަރު އެނގިލައްވާތޯ،

  33. ވިސްނާ

    ވަގަކަށް ހާސްދުވަސް، ވެރިއަކަށް އެއްދުވަސް.....މިމީހުން މިކަހަލަ ކިތަށްޖަރީމާ ހިންގާފަ ހުންނާނެ