ގުޅިފައިވާ އިއްތިހާދަކީ ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ކޮށްގެންވާނެ ބައެއްނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ގއ އަދި ގދ އަށް ކުރައްވަމުންދާ ދަތުރުގައި ގއ. ވާދޫއަށް ވަޑައިގެން އެރަށުގައި ތިބި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ އަޅުގަނޑުމެންނަކީ ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއްކޮށްގެންވާނެ ބައެއްނޫން ކަމަށެވެ.

ވާދޫ އަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޓްވިޓާ

އިބޫ މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ގއ.ކޮލަމާފުށީގައި ހަމަނުޖެހުންތަކެއް ހިނގާ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑުމެންނަކީ ޖަޒުބާތުގައި ޖެހިގެން ކަންކަން ކޮށްގެންވާނެ ބައެއްނޫން. އަޅުގަނޑުމެން ކުރަންޖެހޭނީ ކެމްޕެއިން، އަޅުގަނޑުމެން ކުރަންޖެހޭނީ ވޯޓު ހޯދުމަށް ކުރާމަސައްކަތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަޕޯޓަރުން ތިއްބަވާނީ އެގޮތަށް" އިބޫ ވިދާޅުވިއެވެ.

ވާދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި އަތޮޅަކީ ގުދުރަތީގޮތުން އެތަށް ވަސީލަތްތަކެއް އުފެދިފައިވާ އަތޮޅަކަށްވީ ހިނދު މިއަދާ ހަމައަށްވެސް މިއަތޮޅުގެ ރަތްޔިތުންނަށްވެސް މުޅި ރާޢްޖޭގެ ރަތްޔިތުންނަށްވެސް މިވަނީ އެވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފި އޭގެ ނަފާ ހާސިލް ނުކުރެވިފައި ކަމަށެވެ.

ވާދޫ އަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޓްވިޓާ

އެގޮތުން ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި އެ ވަސީލަތްތަކުގެ ބޭނުން ހިފޭނެ ގޮތްތަށް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ވާދޫގައި ވެސް އަސާސީ ބޭނުންތަށް ނުފުދިފައިވާތަން ފެނިވަޑައިގަންނަވާ ކަމަށާއި އަދި އަސާސީ ބޭނުންތަށް ފުއްދަވާދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިރަށަށް އައުމުންވެސް އަޅުގަޑުމެންނަށް ފެނިގެންދަނީ މިރަށަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދެވިފައި ނުވާތަން. ފެނާނަރުދަމާ އަދި ދަތުރުފަތުރުގެ ނިޒާމަކީ ތަނެއް ތަރައްގީ ކުރުމުގައި އެންމެ މުހިންމު ވަސީލަތް. އަޅުގަނޑުމެންގެ ވެރިކަމުގައި ހިންގާ ސިޔާސަތުގެ ތެރޭގައި އެންމެ މުހިންމު ސިޔާސަތަކީ ރަތްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުން" އިބޫ ވިދާޅުވިއެވެ.

ވާދޫގައި ދެއްކި ވާހަކަތަކުގެ ކުރު ހުލާސާއެއް

- ރަށުގެ ފެނާ ނަރުދަމާ ގާއިމް ކުރެވިގެންދާނެ

- ވާދޫ މަގުތަށް ރަގަޅުފެންވަރެއްގައި ހެނދިގެންދާނެ

- ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް މަގުފަހިކޮށްދިނުން.

- ގއ. އަތޮޅަށް ރާއްޖޭން ބޭރުގެދަތުރުތަށް އައުމުގެނިޒާމެއް ފަހިކޮށްދިނުނުންް.

ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް އިބޫ ގއ އަދި ގދ އަށް ފައްޓަވާފައި ދަތުރުގައި ގދ.އަތޮޅުގެ އަށް ރަށަކަށާއި ގއ. އަތޮޅުގެ ނުވަ ރަށަކާ އެކު، ޖުމްލަ 18 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ގއ.އަތޮޅާއި ގދ.އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ލަސްކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވާފައި ވަނިކޮށް އިބޫ ކެންޕެއިންނަށް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ޛަޒީރާ ކޮންސެޕްޓަކީ ވަޅު ޖަހަެިގެން ފާޚާނަ ކުރުން. ޥަޅުން ފެންނަގައިގެން ބުއިން.ދެން ކޮން ނަރުދަމާ އާ ފެނުގެ ވާހަކައރއްތަ އަޅެ މިދައްކަނީ.

  2. ޙިޔާލު

    ތިބުނާ ވަސީލަތްތަކަކީ ކޮބާބާ