މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) ގެ ދަށުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފިއެވެ.

ވަގުތަށް މައުލޫމާތު ލިބޭ ގޮތުގައި، މިދިޔަ މަހު ވަނީ، ކުރިން އެމް.އާރު.ޑީ.ސީ ގެ ޕްރޮޖެކްޓްސް ޑިޕާރޓްމެންޓްގައި މަސައްކަތް ކުރަމުން ދިޔަ ބައެއް މުއައްޒަފުން ހައުސިންގް މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު، އެ މުވައްޒަފުން ޕަބްލިކް ވާރކްސްއަށް ބަދަލުކޮށް ކޮންޓްރެކްޓުގައި ސޮއިކޮށްފައެވެ.

އެމް.އާރު.ޑީ.ސީގެ މަސައްކަތް ތަކުގެ ތެރޭގައި ރާއްޖޭގެ މަގުތައް ހެދުމާއި މަރާމާތު ކުރުމާއި ފުޓްސެލް ދަނޑުތައް ހެދުން ވެސް ހިމެނެއެވެ.

ކޮންމެ އަކަސް، އެމް.އާރު.ޑީ.ސީ ގެ ބައެއް މުއައްޒަފުން ޕަބްލިކް ވޯކާސްއަށް ބަދަލު ކުރީ، އެމް.އާރު.ޑީ.ސީ ރީ ސްޓްރަކްޗާރ ކުރުމުގެ ގޮތުން ކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުން

    ކުރިއެރުމައް ރައީސް އަޅުއްވާ ކޮންމެ ފިޔަވަޅަކީވެސް ކުރިމަގު އުޖާލާވާނެ އުއްމީދެއް އޮންނާނެ ކަމަކައް ނޫނީ ނުވާނެކަން ކަށަވަރު 2018.