ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅުގެ ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. ނައިފަރަށް ވަޑައިގެން ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވުމާއި ނައިފަރު ބަނދަރު ހުޅުއްވައި ދެއްވައި، ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފެއްޓެވިއިރު އެމަނިކުފާނު ވަނީ ދާދިފަހުން ހދ.އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ.