މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް މަތީގައި ފަސް ކައިވެންޏެއްކޮށްފިއެވެ.

މި ކައިވެނީގެ ހަފްލާތައް މިހާރު ކުރިއަށްދާއިރު، ގިނަ ބަޔަކު ދަނީ ހަފްލާތަކުގައި ބައިވެރިވަމުންނެވެ. ބްރިޖް މަތީގައި ބާއްވާ ކައިވެނީގެ މިހަފްލާތައް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

ބްރިޖް މަތީގައި ކުރިއަށްދާ ކައިވެނީގެ ހަފްލާތަކުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މިއަދު ބާއްވަމުންދާ ކައިވެނީގެ ހަފްލާތަކުގެ ވެޑިންގ ބެކްޑްރޮޕް އާއި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ޑެކޮރޭޝަންތައް ހަމަޖައްސާފައިވަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ. މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ގިނަ ޚަރަދުތައް ހަމަޖައްސަވައި ދެއްވާނީ ސަރުކާރުންނެވެ. އެގޮތުން ކައިވެނިކުރާ މީހުން ޒީނަތްތެރިވުމުގެ ޚަރަދާއި، ޕާޓީގެ ކެއުމާއި ޕާޓީ ތައްޔާރު ކުރުމުގެ ޚަރަދު ވެސް ކުރަނީ ސަރުކާރުންނެވެ.

ބްރިޖް މަތީގައި ކުރިއަށްދާ ކައިވެނީގެ ހަފްލާތަކުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ބްރިޖް މަތީގައި ކައިވެނި ކުރުމަށް ހައުސިން މިނިސްޓްރީ އިން ފޯމް ދޫކުރަން ފެށީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ފޯމް ދޫކުރަން ފެށިތާ މާގިނައިރެއް ނުވެ 250 އަށް ވުރެ ގިނަ މީހުން ވަނީ ބްރިޖް މަތީގައި ކައިވެނި ކުރަން ފޯމް ނަގާފައެވެ.

ބްރިޖް މަތީގައި ކުރިއަށްދާ ކައިވެނީގެ ހަފްލާތަކުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ބްރިޖްގައި ކައިވެނި ކުރެވޭނީ ފަސް ތީމަކަށެވެ. އެއީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ. ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާންޖެހެއެވެ.

ބްރިޖް މަތީގައި ކުރިއަށްދާ ކައިވެނީގެ ހަފްލާތަކުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ކުލަގަދަ ރަސްމިއްޔާތަކާއި އެކު ސިނަމާލެ ބްރިޖް ހުޅުވާފައިވަނީ ރޭގައެވެ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި އެ ރަސްމިއްޔާތުގައި ހަވާއރުވުމާއި އެކިއެކި ކުޅިވަރުތައް ވަނީ ދައްކާލާފައެވެ.

ހަވާއެރުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ނިއު ޔޯކްއަށް ނިސްބަތްވާ އާއިލާއެއްގެ ތެރެއިން 1950 ވަނަ އަހަރު އުފެދުނު ފަޔަވޯކް ކުންފުންޏެއް ކަމަށްވާ ގުރޫސީއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެއެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ސިނަމާލެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަދޫރާ

    ފަހެކޭ؟

  2. ހ

    މިމީހުން މިވަރަށް ކުދިންތަށް އުރައިގެން މިއުޅެނީ ބޭރުތަންތަނުގައި އޮންނަގޮތަށް ވާންވެގެންތަ. އެމީހުން ކައިވެނި ކުރަނީ ރަށްމެދަށް އެތައް ދަރިންނެށް ހޯދުމަށްފަހު. ދެން ކައިވެނި ކުރާއިރު އެކުދިން ބާކީ ނުކުރަންވެގެން އުރައިގެން ުްޅޭނެ. ބަޔަކު ހަމަ ކަމެއްކުރާއިރަށް ކޮޕީކޮށް އެކަމެއް ކުރަންޖެހޭ އެކަން އެވަނީ ކިހިނެއްވެގެންކަމެއް ނުބަލާ.

    • ކެކެރި

      ކަލޭ އިންނަން އުޅުނު ކުއްޖާ އެހެންމީހަކާ އިނީދޯ؟ ކަލޭގެ ކޮމެންޓްއިން ސިފަވަނީ އެމަންޒަރު. ކެކެކެ ކުރާނެ ކަމެއްނެތް ބްރޯ! އަނެއްކާވެސް އެހެންކުއްޖަކު ހޯދަމާ ދޯ! ކެކެކެކކެ

    • ހެޔޮކޮށް ވިސްނަމާ

      އެއީ ނުހަލާލު އަސްލުވެސް އެމީހުންގެ ދަރިންކަން އެނގި ޔަގީންވެގެންތަ ތިހެންކިޔަނީތި؟ އެހެންވިޔަސް ދެން މާތްﷲ އެމީހުނަށް ފާފަ ފުއްސަވާފަ ވެދާނެ އެބަޔަކު ބޭޒާރު ނުކުރަމާ އިންޝާﷲ. އެމީހުން އުޅުނުހާލެއް މިހާރުއުޅޭހާލެއް ކުރާ ހިތާމަޔެއް އަހަރުމެނަކަށް ނޭނގޭނެ..ދެން މިމީހުން މިބުރިޖުގަ މެރީ ކުރިޔަސް ހަސަދަވެރި ނުވަމާ އިންޝާﷲ އެއީ އެކިމީހުންނަށް އެކި އުފާލިބޭނީ އެކި އިމްތިހާންވާހެން އެކަމް މާތްﷲ އެންމެނަށްވެސް ހަމަ ހަމަ ކުރައްވަވާ.. އަޅުގަނޑުމެން އަމިއްލަޔަށް ނުބައި މަގު އިހުތިޔާރުކުރީމާ ބަދުނަސީބުވެރި ވަނީ

  3. ޙދމ

    ޙަޑި ކަމެއް މީހުން އަޅުވެތި ކުރުއް

  4. ފުނަދޫ މީހާ

    ވަރައް ބޮޑައް ސުކުރިއްޔާ ރައީސްޔަމިމު ކައިވެނިކުރާ ހުރިހާކުދިންނައް ރަނގަޅުމުސްތަގުބަލަކައްއެދެން ރަނގަޅުދަރިފަސްކޮޅަކައްއެދެން 2018ޔާނުއައް ކަށަވަު މަގޭވޯޓުޔާމިނައް

  5. މީ

    މާޝާﷲ

  6. ާަައައްނި

    ތިޔަބުރިޖަކީ ސަތޭކަޕަސަންޓު އައްނިގެ ހިއްސާ މިހާރު އުފާވެއްޖެދޯ އޯކޭތަ

  7. ވާފިރު

    ކައިވެނި ވެވުނު ހުރިހާ ކުދިންނަށް ވެސް އުފާވެރި ހަޔާތެއްް ދެއްވާށި. އާމީން

    • ކ

      އާމީން

  8. ގައްޅިޔަނު

    މިސަރުކާރުން ކުރާކަންކަމަކީ ފާޑެއްނުކިޔަދޫކުރެވޭ ވަރުގެ ކަމެއްނޫން. ކާވެނި ފޯމު ހުށަހެޅި 200 މީހުން ކަމަށް ވިދާޅުވަނީ އެކަމު 5 ކާވެނި ކުރީ ބާކީ 195 ކާވެނި ކޮބާ؟ 5 ކާވެނި ކުރުމަށް ފުރުޞަތުދިނީ ކިހިނެއް؟ ހަމަ ފުލެޓު ދިނަސް މިބޭފުޅުން ކަންކުރަނީ ހަމަމިގޮތަށް. އެއްވެސް ކަމެއްގަ އޮގަނޭޒު ކަމެއް ހަމަހަމަކަމެއް އިންސާފެއްނެތް އަޅުގަނޑު ނުދެނަހުރިން އެއްވެސް ސަަކާރަކުން، ކާވެނި ޕާޓީތަކަށް ޚަރަދުކޮށް ބާތުޑޭ ޕާޓީތަކަށް ޚަރަދު ކުރަމުން ދާކަމެއް. މިއީ އެކިޔާ އަމާޒު ލާހޫރޭ. މިހެންމިވަނީ ޔާމީނަށް ފެނިވަޑައިގަންނަވާ ޚިޔާލު ފުޅަށް އަމިއްލަ ރައުޔަށް ކަންކުރާތިން ވާގޮތް.ވޯޓު ހޯދަން އުޅުނަސް މީދެންބޮޑުވަރު! އަޅުގަނޑު ޚިޔާލު ހަވާ އެރުވުމަށް ޚަރަދުކުރި 45 މިލިޔަން ރުފިޔާ 195 ކާވަންޏަށް ޚަރަދުކުރުން ކީއްތޯ؟ އޭރުން އަލިފާނަށް އަޅާބޭކާރެއް ނުވާނެ ރޭޒާއަލި އޯކޭ. ޤައުމުގެ ރައްޔިތުން ތިއްބެވީ ވަރަށް ހާލުގަ. އަނގަޔާއަތަކާ ދިމާނުވެ ފިޔާކިލޯއެއް /50 ރުފިޔާ މީވަރަށްވާހަކަ.