އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ހެދުމަށް ޕީޕީއެމްއިން މަޖިލީހަށް ބިލް ހުށަހަޅައިފި އެވެ.

އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ބިލް ހުށައެޅުއްވިކަން ނިހާންވަނީ ޓުވީޠެއް ކުވީޓެއް މެދުވެރިކޮށް އަންގާފައެވެ.

ބިލްގެ ތައާރަފެއްގެ ގޮތުގައި ބުނެފައިވަނީ އެ ބިލަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް މަޖިލިސް ގޮނޑިއަށް އިންތިޚާބު ވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭނެކަން ކަނޑައަޅާ ގާނޫނު ކަމަށެވެ.

އަދި އެފަދަ ގޮތަކަށް ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމުގެ އިޖުރާއުތަކާއި އުސޫލުތައް ވެސް "އެންޓި ޑިފެކްޝަން ގާނޫނު"ގެ ނަމުގައި ހަދާ ގާނޫނުގައި ބަޔާންކުރާނެ ކަމަށް ބިލްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހާކިމާއޭ

  އިލްހާމް ހޫނު ފެނުގެ މައްސަލަ ރިޖެނެރޭޓެޑް ދޯ. ދެން ތަމެން ރަންރީނދުލޭ މެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން މީ ހާކިމާ ކަން ތަމެން ތިޔާއީ ނޮން ހާކިމާ އިން ކަން. ނޮން ހާކިމާ އިން ޖެހޭނީ ހާކިމާ ބުނާ ގޮތަށް ހަދަންއޭ އިނގޭތޭ ތަމެންނަށް. ލައްބައޭ ލައްބައޭ ހާކިމާ ދެން ކިހިނެއްތޯ ހަދާ ދޭންވީ އޫމް ތަމެން ދަގަ ކާން ހަދަން ހަމަ މިހާރު އިނގޭތޭ. ލައްބަ ލައްބަ ހާކިމާ ހަމަ ވިދާޅުވި ގޮތަށް އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 2. އަލީ އަހުމަދު

  ބަރާބަރު... ނިހާން ވާއިސް ޕުރެސިޑެންޓަކަށް...

  އަދުރޭ ފޯ ޕުރެސިޑެންޓް.... 2018 އަހަރެން ބޭނުމީ އަދުރޭ އަރަށް... ޔާމީނު ކަޑަ...
  އަދުރޭ ގަދައީ...

 3. ޑާޑާޑާޑާ

  ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް މަޖިލީހަށް ވައްދައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާނެ ކަމެކޭ. ޕާރޓީ ނަމުގައި މަޖްލީހަށް ހޮވާ މެމްބަރުންނަކީ އެއީ ޕާރޓީގެ އެންމެ އަގު ބޮޑެތި ސިޔާސީ އެސެޓްސް ތަކުގެ ތެރޭގައި ހިމެނޭ އެސެޓްސް ތަކޭ އޭގެ އެކްސްކްލޫސިވް ރައިޓްސް ސިޔާސީ ގޮތުން ވެސް އަދި އިޖްތިމާއީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުންވެސް އޮންނަން ޖެހޭނީ ޕާރޓީ އަށޭ އެ އޮވެގެން ނުވާނެއޭ ޕާރޓީ ނަމުގައި ހޮވޭ އެމްޕީ އަކަށް. ޕާރޓީ ނަމުގައި ހޮވޭ އެމްޕީ އަކީ އެއީ ޕާރޓީން އުފައްދާފައިވާ ޕްރޮޑަކްޓް އެކޭ އެޕްރޮޑަކްޓް އަމިއްލަ އަށް އޭނާ އެހެން ޕާރޓީ އަކަށް އޭނާ އަމިއްލަ އަށް ގޮސް އޭނާ އަމިއްލަ އަށް އަގު ކިޔައިގެން އެހެން ޕާރޓީ އަކަށް ބަދަލު ނުވެވޭނެއޭ އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ. ޕާރޓީ ނަމުގައި ހޮވޭ އެމްޕީންނަށް ޕާރޓީ ބަދަލު ކުރެވިގެން ނުވާނެއޭ ޕާރޓީ ގެ ހުއްދަ އެއް ނެތި ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާޑާޑާ..