ރަސްފަންނު ކައިރީގައި ތަރައްގީކުރާ "ކޮރަލް ބޮލެވާޑް" ފްލެޓުތަކުގެ ތެރެއިން 80 ފްލެޓަށް ބުކިންގް ހެދުމަށް ހުޅުވާލައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރާ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަނުން ކުރިއަށް ގެންދާ ކޮރަލް ބޮލެވާޑް މަޝްރޫއުގެ ދަށުން ރަސްފަންނު ސަރަހައްދުގައި 25 ބުރީގެ ހަތަރު ޓަވަރެއް އަޅާނެއެވެ.

ކޮރަލް ބޮލެވާޑުގެ ހަތަރު ޓަވަރުު ތެރެއިން ތިން ޓަވަރު މީހުން ދިރިއުޅުމަށް ބޭނުންކުރާ އިރު، ހަތަރު ވަނަ ޓަވަރު ބޭނުންކުރާނީ ވިޔަފާރިތަކުގެ ބޭނުންތަކަށެވެ.

ކޮރަލް ބޮލެވާޑް މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގައި ހުންނަ ރެޒިޑެންޝަލް ޔުނިޓްތަކުގެ ތެރެއިން މިއަދު ވަނީ ން ކޮޓަރީގެ 80 ރެޒިޑެންޝަލް ޔުނިޓަށް ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ޔުނިޓްތަކަށް ބުކިންގް ފީއެއްގެ ގޮތުގައި 150،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބުކިން ފީ ނެގުމަށްފަހު ބުކިން ފީ ހިމެނޭ ގޮތަށް 20 އިންސަތަ ދައްކަން ޖެހޭނެއެވެ.

ކޮރަލް ބޮލެވާޑު މަޝްރޫއުގެ ދަށުން ހަދާ ފްލެޓުތައް ހުންނާނެ ގޮތް މި އަހަރުގެ މެދެއްހާ ތަނުގައި އާންމުންނަށް ދައްކާލެވޭނެއެވެ.

ފްލެޓްތައް ބުކް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ކޮރަލް ބޮލެވާޑްއަށް ގުޅައިގެން ނުވަތަ އެފަރާތުގެ ވެބްސައިޓު މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދުރޭ 1

    މި ފްލެޓް ތައް ވަގަށް ނަންގަވާނީ ކޮން އިއްޒަތް ތެރިންނެއްތޯ؟

  2. ހެލްޕް

    ތި ފްލެޓަ ތައް ލިބޭނެތަ؟؟؟؟