މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން 2018 ގެ ދެ އެވޯޑެއް އއ. އުކުޅަސްއަށް ލިބިއްޖެއެވެ. އުކުޅަސްއަށް ލިބުނު ދެ އެވޯޑަކީ ލީޑިންގ ގެސްޓް ހައުސް އައިލެންޑް އަދި މޮސްޓް ލީޑިންގ ބީޗު އައިލެންޑް އެވޯޑެވެ.

ގެސްޓްހައުސް އެޑިޝަންގެ އެކި އެވޯޑުތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ދިނުމަށް ފަރުކޮޅުފުށީގައި މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރަނަރ އަހުމަދު ނަސީރުއެވެ.

މަޓާޓޯ ޓްރެވެލް އެވޯޑްގެ ގެސްޓް ހައުސް އެޑިޝަންގެ 15 ކެޓަގަރީއަކުން އެވޯޑް ވަނީ ދީފައެވެ.

މި ފަހަރުގެ ގެސްޓްހައުސް އެވޯޑްތަކަށް 111 ފަރާތެއް ނޮމިނޭޓްވެފައިވެއެވެ. އޭގެ ތެރެއިން މި އަހަރު އެވޯޑްތައް ލިބުނު ފަރާތްތަކަކީ

ލީޑިންގ ގެސްޓްހައުސް: ރިވަރީސް ޑައިވިންގ ވިލޭޖް ސާފް އެންޑް ސްޕާ
ލީޑިންގ ގެސްޓްހައުސް އައިލެންޑް: އއ. އުކުޅަސް
ލީޑިންގ ގެސްޓްހައުސް ބްރޭންޑް: ކާނި ބީޗް ހޮޓެލް
މޮސްޓް ސަޕޯޓިވް ގެސްޓްހައުސް: ކްރިސްޓަލް ސޭންޑްސް ހޮޓެލް
ނިއު ކަމާ އޮފް ދަ އިޔާ: ވިލާ ރޯޒް
ލީޑިންގ އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް އެވޯޑް: ކްރިސްޓަލް ސޭންޑްސް ހޮޓެލް
ލީޑިން ޑައިވް/ގެސްޓްހައުސް އެވޯޑް: ފުލިދޫ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް
ލީޑިން ހެރިޓޭޖް ގެސްޓްހައުސް އެވޯޑް: ދީ ޓުއާ
ލީޑިން ފުޑް އެންޑް ބެވަރޭޖަސް ގެސްޓްހައުސް އެވޯޑް: ވެލާނާ ބީޗް
ލީޑިންގ ބިޒްނަސް ގެސްޓްހައުސް އެވޯޑް: ޔޫއައި އިން
ލީޑިން އެޑްވެންޗަރ ގެސްޓްހައުސް އެވޯޑް: ޝެލޯ ލެގޫން ރަސްދޫ
ލީޑިން އިކޯ ފްރެންޑްލީ ގެސްޓްހައުސް އެވޯޑް: ނޮޅި އެސްކޭޕް
ލީޑިން ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑަރ އެވޯޑް: ނެވި ޓްރާންސްފާ ސާވިސް
މޮސްޓް ލީޑިންގ ބީޗު އައިލެންޑް އެވޯޑް: އއ. އުކުޅަސް
ބިޒްނަސް ޑިވެލޮޕްމަންޓް ފޯދަ ގެސްޓްހައުސް އިންޑަސްޓްރީ އެވޯޑް: އެލައިޑް އިންސުރެންސް މޯލްޑިވްސް

އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، މި އެވޯޑްތަކަކީ ގެސްޓް ހައުސްތައް ހިންގުމުގައި ކުރާ ބުރަ މަސައްކަތްތަކުގައި އަގު ކަމަށެވެ. އަދި އެކި ޕްލެޓްފޯމްތަކުގައި ގެސްޓް ހައުސްތައް މާކެޓްކޮށްދިނުމަކީވެސް މަޓާޓޯއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ގިޔާސް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް ގިޔާސް ވާހަކަ ދައްކަަވަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މި އަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ގާލާ ނައިޓް އަދި ޕީޕަލް އެޑިޝަން އަންނަ ނޮވެމްބަރު މަހު އޮންނައިރު، އެ ދެ އިވެންޓް އޮންނާނީ އެއްކޮށެވެ. އެހެން ނަމަވެސް އޮންނާނެ ތާރީޙެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި 490 އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންދެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސްތައް ހިންގަމުން ދަނީ ހުޅުމާލޭގައެވެ. އަދި ދެވަނައަށް އެންމެ ގިނަ ގެސްޓް ހައުސްތައް ހިންގަމުން ދަނީ ކ.މާފުށީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚިބަރު

    ޢަވޭލާ މަންތާ ވިލެޖައް ހައްގު

  2. ހިބަރުތަރި

    މަޓާޓޯ އަކީ ވެސް ހަމައެކަނި އެމީހުންގެ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް

  3. މޯލްޑިވިޔަން

    ހަގީގީ އިކޮނޮމިސްތަކީ ކޮބައިކަން ހަމަ އަސްލުވެސް އޮޅިއްޖެ.މީ އަންނި މެން އަބަދުވެސް ދައަކަމުން އަި ވާހަކަ.ރާއްޖޭގެ ޖަލެއް ރާއްޖޭގެ އެންމެ ރީތި އެންމެ އަގުބޮޑު ރަށައްޮ ހެދީ