ކަރަށް ވަޅި ހަރާ ފަރެސްމާތޮޑާ ޒުވާނަކު މަރާލައިފިއެވެ.

އޭނާ އަށް ހަމަލާ ދީފައި ވަނީ މިއަދު ހަވީރު މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ.

އޭނާ އޭޑީކޭ ހޮސްޕިޓަލަށް މިއަދު ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ އިބްރާހިމް ޢާޤިލުއެވެ.

ވަޅި ހަރާ ޒުވާނަކު މަރާލާފައި ވާއިރު ފަހަކަށް އައިސް މާލޭގައި އަނެއްކާވެސް ވަނީ މާރާމާރީތައް އިތުރުވެފައެވެ. މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ތިން މާރާމާރީއެއް ވަނީ ހިންގާފައެވެ.

މިއަދު ޒުވާނަކަށް ދިން ހަމަލާ އަކީ މިހާރު ހިނގަމުންދާ މާރާމާރީތަކާއި ގުޅުން ހުރި މާރާމާރީއެއް ކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. Anonymous

    ޙިޔޮނުވަަަނެ ތިހެނުހަދަނު

    • އިނާ

      އަސްލުވެސް

  2. ވިސްނާ

    ބުރިޖްގެ ވާހަކަ ހިންދާލުމަށް ރީނދޫމީހުން ހިންގި ޖަރީމާއެއްނޫންބާ. ބްރިޖާހުރެ ހަޖަމުނުވެގެން އުޅޭބަޔަކުވެސްއުޅޭ

    • ކަލޭ މަންމަ

      ބަލަ އަދިވެސްް ކަލޭ ސިޔާސީތަ ވަނީ މީހަކު ސަހީދުވީމަވެސް! ތިކަހަލަ އާތުން ތިބޭތީ ގައުމު ކުރިއަށް ނުދަނީ. ނިަޔާވި ކުއްޖާއަށް ހެޔޮ ރަހްމަތް ލައްވާށި!

      • ޢަހަންމާ

        ޓިކަހަލަ ގަމާރުންނަށް ނޭނގެނީ މިވާގޮތް. ކިތަންމެ ހަޖަމުނުވިޔަށް މީ 2008 ގަ އެމްޑީޕީ ހަމަ ޖެއްސި އެތި އަނެއްކާ މިޖައްސަނީ.

      • އަސްލުވެސް

        ހުރިހާ ކަމެއް ސިޔާސީ ކޮށްލާފަ. އޭނާޔާ ބެހޭ މީހަކަށް އެކަހަލަ ކަމެއް ވީމާވެސް ބުނާނީ ހަމަ އެހެންބާ އޭ ހިތަށް އަރާ.

    • ރީނދޫ

      ރަނގަޅު....

    • £

      ކަލޭމެން ކުރާ ކަމެއް ނޫންތަ އަނެއްކާ. ؟

    • ދޮންބިސް

      ވިސްނާ އަށް ވ. ސަލާން

    • މުހައްމަދު

      ބަލަ މިކަންވެސް ސިޔާސީ ނުކޮއްބަލަ. ހާދަ ނުވިސްނެޔޭ ކަލޭމެންނައް. ހަމަ އަޖައިބު އަންތަރީސް. ??

  3. ެއެމީހާ

    ތިކަންހުއްޓުވަން އަދިވެސް ނުވޭދޯ

  4. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎اللهم ارزق له جنة الفردوس الأعلى ونجه من عذاب القبر. آمين يارب العالمين

  5. ބުރިޖު

    ބުރިޖް މަތިން ވެސް މީހުން އުކާ މަރާނީީ ހެން ހީވަނީ ދެން

  6. މުންތާޒު

    ވޯޓަށް. ކެމްޕެއިން ފެށިގެން ތިޔައުޅެނީ...

  7. އޭއާރް

    މިދެން ކިހާ ދެރަ ކަމެއް.ހެޔޮނުވާނެ ތިހެން ހަދަން އެވެސް ކޮންމެވެސް މަޔަކާ ބަފަޔަކު ވވ ފޮނި އުއްމީދާ އެކު ބޮޑު ކުރި ދަރިޔަކަށް ނުވެ ނުދާނެ ދޯ.ހެޔޮނުވާނެ އެހެން ހަދާ އެމީހުންގެ ހުވަފެންތައް ވަޔަށް ބުރުވާލާކަށް.އާދޭސް މިކުރަނީ މިކަހަލަ އަމަލު ކުރަމުން ދާ ކުދިން ހުއްޓުވާ..އެެފަދަ މަންމަ އެއް ނުވަތަ ބަފަޔަކު ގާތު އަހަރުން ދެފައި ބުޑަށް ވެއްޓި ސަލާން މިޖަހަނީ އެކަހަލަ ދަރިން ވިޔާނުދާ އަމަލު ތަކުން ދުރު ކުރޭ ނުވަތަ އެކަން ސިއްރު ކޮށްފަ ނުބާޢްވާ.....ސަރުކާރަށް ގޮވާލަން މީހަކު ( މިކަހަލަ ކަންތައް އިތުރު ވާނެ އޭ )ބުންޔަސް އެތް އުރާގެން ނުތިބެ ކުރިން ދުވަހު ފުލުސް ބޭފުޅާ ކުރި ގޮތައް ކުރިމަތިލާ.........އެހެން ނޫނީ ތިބާވެސް މާދަމާ ކަރުނަ އަޅާ ކޯނަ ޖެހިދާނެ.......
    -މީ ވވވ އާދޭސް -

    • މަ

      ރަނގަޅުވާހަކައެއް.. އަސްލުވެސް ހާދަދެރައޭ

  8. މަލީހު

    ރައީސް ވިދާޅުވިއެއްނު މާރާމާރީ ގިނަވެދާނެއޭ!

  9. ދަތްދޫނި

    ﷲގެ ހެޔޮ ރަޙުމަތުން އިދިކޮލު ކޯޅިޝަންގެ ސަރުކާރަކުން ދިވެހިރާއްޖޭގެ އެއްވެސް ފަސްގަނޑެއްގައި އެއްވެސް ދިވެހި ދަރިއެއްގެ ހަށިގަނޑުން އެއްވެސް ލޭ ފޮދެއް އޮހޮރިޔަކު ނުދޭނެކަންޔަޤީން.

  10. Anonymous

    ޖަލުން ކުށްވެރިން ދޫކޮށްލުމަކީ ނުރައްކަލެއް

  11. މަޒް

    ކޮބާ ގުރީން ޒޯން؟

  12. އަބުދުﷲޖަމީލް

    މިކަންކަން ހުއްޓުވިއްޔާ މާބޮޑަށް ތާއީދުލިބޭނެ ތިހަދާ ބުރިޖްތަކާއި އިމާރާތްތަކަށްވުރެ
    ސަރުކާރުން ތިކުރާބޮޑެތި ހަރަދު ރަށްޔަތުންނަށް އަމާން މާހައުލެއް ހޯދާދިނިމަށް ހަރަދުކުރުން މާރަގަޅު.

  13. އަލްމާހް

    އެ ބުނާ ، ތިބުނާ ވަރުގަދު (ގުރީން ޒޯން). ކޮބާ ކިހިނެއްވެފައިބާ ސަރަހައްދުގެ ކެމެރާތައް ހުރީ؟

  14. ޒީނާ

    ކޮބާތަ ހުރިހާ ސީސީޓީވީ، ފޫޓަކުން ފޫޓަކުން ސީސީޓީވީ ހަރުކޮއްބަލަ

    • ޑީ

      ކީއްކުރަން. ހަރުކޮށްފަ ރީއްޗަކަށް ބަހައްޓަން.

    • ހެހެ

      ގަމާރާ ގްރީން ޒޯންގެ ކެމެރާތަކުން ކުށްކުރުން ހުއްޓުވޭތަ... ތިކަހަލަ ގަމާރުން ހަމަ މީހަކުބުނި އެއްޗެއް އެގޮތަކަށް ގަބަުލުކުރާނެދޯ... މިކަހަލަ މީހުން .ގިނަވާނެ ޔެލޯގަ... ޢެއީ މޮޔައިންގެ ޑިމޮކްރަޓިކް ޕާޓީ

      • މޯލްޑިވިޔަން

        ސީރިޔަސްލީ.ޕީޕީ މީހިންގެ ހާލަތާ މެދު ދެރަ ވޭ

  15. މަރީ

    މަރައް މަރު، ހަމައެކަނި އިންސާފް ، ވަރައް އަވަހައް ތަންފީޒް ކުރާނަމޯ،

  16. ބޮންދު

    ބުރިޖުމީ ދުނިޔޭގައި ފުރަތަމަ އަލަށްއެޅި ބުރިޖް. މީ ދުނިޔޭގެ އަޖައިބެއް ކަމަށް ދެކިގެން ދިވެހިން ހައިރާންވެ އަންތަރީސްވެގެން އުޅޭކަމަށް މުޅިދުނިޔޭގައި މީހުން އެދަނީ ޖޯކުޖަހަމުން.

  17. ޢަފްލާ

    ގައުމު ަމާންވެއްޖޭ ހަމަ ބުނާ އިރަށް މީހުން މަރަނފަށާނެ ވަޅި ހަރާނެ މީހަމަ ހަތހަރު ޕާޓިގެ ރޭވުމެއް

  18. ކްރޯޑް

    ޢަދިވެސް ޖަލުގަ ތިބި މިފާޑުގެ ބައިގަޑު ދޫކުރެވޭތޯ ބަލާ

  19. ހަނި

    ދަރިން އުޅޭ ނޫޅޭ ގޮތެއް ކިތައް މައިން ބަފައިން ބަލާބާ ދަރިންނަށް ރަގަޅު ތަރުބިއްޔަތެއް ދީ ހެޔޮގޮތް ގޮތް ވިސްނައިދޭ ނަމަ..

  20. ދ

    ކޮބާ ސިފައިންނާ ފުލުހުންގެ އިމާރާތުގެ ކުރިމަތީގަ ޖަރީމާ ހިންގާލީ ކޮންކަމެއް މި ކުރެވެނީ

  21. ޯސަަބަސް ދަރިޔަަ

    ޢޮ ކޮބަަަތަ ފުލުހުންގެ މޮައައްސަސަަ.ކޮންދުވަހަކުން ރައްޔަތުންނަ ޖަވަަބު ދަަރިިވަަނިި؟

  22. ވީކޭ

    ރޮބާޓޯ

  23. ކެޔޮޅު

    މާބޮޑައް އަނގަނުތަޅާހުރޭ ފުލުހުން އެބަޔަކު އަތުލާނެ ސައްކެއްވެސްނެތް އެވެދާނެ ކަލެއައްވެސް އެހިސާބުން ފުހުންވެސް ގޯސްވާނެ

  24. އިއްބެ

    ތިސޮރުގެބިރުވެރިކަންވަރައްބޮޑު ތިސޮރައްތިކަހަލަގެކަމެއް ވާނެކަންމާކުރިންވެސްއިގޭ ތިސޮރަކީ ވަތައްރަގަޅުކޮއްބޮޑުކޮއްފަހުރިސޮރެއް ކޮބާތަމައިންބަފައިން އަވަހައްމަގުނައްޗައްނުމެ އެސޮރުގެރަނގަޅުވާހަކަދައްކާ ރައްޔަތުންގެ ހަމްދަރުދީހޯދާ ބުނަން ތިންދުވަހުތިސޮރު އަދަބުއަހުލާގުފެނިއްގެހައިރާންވި އެދުވަ އެސޮގެ ސައިކަލުންކުޑަދެކުދިން ސަލާމައްވީހަކިރިޔާ އެކަމަކުއެދެކުދިން މަރާނުލީހަމަކިރިޔާ މިގައުމްގަމިކަހަލެގެއަމަލްހިންގަނީ އެކަންކުރާމީހުންގެ އާއިލާގެއެހީއާއެކީ މާދަމާ ކޯޓްކައިރިއައްގޮސްބަލާލަބަ މިބުނީދޮގެއްތޯ އަޅުގަނޑުގެއެއްވެސްހަމްދަރުދީއެއްނެއް އިކަމުގެތެރޭއުޅުނީމަތިހެންވީ ރައްޔަތުން މުޒާހަރާކުރުމުގެބަދަލުގަނިކުމެ ކަންކަންމަތީތިބަ ގުރޫޕުތައް އެމީހަކުއުފަންރަށައްގެންގޮސް އެރަށެއްގެރައްޔަތުންނާހަވާލުކުރޭ އެމީހުންގޮތެއްނިންމާނީ

  25. ޙަގީގތް

    ޥޯޓާ ކައިރިކޮށް މި ސަރުކާރު ފެއިލް ކޮށްލަން އެމްޑީޕީން ހިންގާ ލާއިންސާނީ ޢަމަލެއް

  26. ޢަހަންމާ

    މީ 2008 ގައިވެސް މައުމޫންގެ ވެރިކަން ބަދަލުކުރަން އެމްޑީޕީ އިން ކަންކުރިގޮތް. ގުރޫޕްތަކަށް ލާރި ދީގެން މީހުންގަޔަށް ވަޅިޖަހުވާ ހަމަ ނުޖެހުން ހިނގުވައިގެން ސަރުކާރު ބަދުނާމު ކުރުމަށެވެ. ދެރައީ ދިވެހިންގެ މަދުބަޔަކަށް މިކަން ނުވިސްނޭތީ. ޔާﷲ މި އެމްޑީޕީ އޭކިޔާ ބައިގަނޑު ކިބައިން މިގައުމު މިންޖު ކުރައްވާންދޭވެ. އާމީން.

  27. މީ

    މާތްﷲ އެކުއްޖާއަށް ސުވަރުގެ މިންވަރުކޮށްދެއްވަވާށި އާމީން އަދި އާއިލާޔަށް ކެއްތެރިކަން މިންވަރުކޮށްދެއްވަވާށި އާމީން

  28. އަޅުގަނޑު

    ޕްލީސް ހުރިހާ މަގެއްގަ ފުލުހުން ބައިތިއްބާ ސީސީޓީވީ ހަރުކުރޭ ނޫނީ ދެންކޮންމެވެސް ޒަމާނީ އެހެން މޮޅުގޮތަކުންވިޔަސް ސެކިޔުރިޓީ ހައި ކުރޭ އިންޝާﷲ މިކަން ހުއްޓުވާ. މާތްﷲ މިފަދަކަންކަން ހުއްޓުވާނދޭވެ އާމީން އަޅުގަނޑުމެންނާއި މިގައުމުގެ ކަންކަން އިސްލާހުކޮދެއްވަވާ ރައްކާތެރިކޮށް ބަލަހައްޓަވާ އަބަދުމެ ލައްވަވާދޭވެ އާމީން

  29. ތެދު

    މްޑީޕީން ހިންގާ ޖަރީމާ ވޯޓާ ދިމާކޮށް ސަރުކާރަށް ރައްޔިތުން ނަފްރަތު އުފެދޭގޮތަށް ހެދުން ބޭނުމަކީ

  30. އާސިފް ޗޫޓީ

    ބުރިޖުގެ އަޑު ކަނޑުވާލަން އެމްޑީޕީ އާލާތުން ކުރުވި ކަމެއް ހެން ވަރަށް ހީވޭ! މާތް ﷲ ތިޔަ ޔަހޫދީ ބައިގަނޑު މި ފަސްގަނޑުން ނެތިކުރައްވާށިއެވެ.

  31. އަރީފު

    ދެން ތިތަހުގީގު ނިމުނީއެއްނުން އެކުއްޖާ ނިޔާވީމަ
    ހަވާރަސްގެފާން ވިދާޅުވެފަ ދޯ އޮތީ ކުރީގެ މަރުމައްސަލަތައް ތަހުގީގު ކުރުމަކީ ދައުލަތުން ކުރެވޭނެ އިސްރާފަކޭ¡ ދައުލަތައް އިސްރާފަކައް ނުވަނީ ބޮޑު މިލިޔަނުން ހަވާ ގަނެގެން އެންދުމޯލަ...
    ހައްދަވާ ގެންގުޅުއްވާ އިލާހު އަޅަމެނައް އިހުލާތެރި ކަމާއި ތެދުވެރި ކަމާއި އިންސާފު ލިބޭނެ ހުލުގު ހެޔޮ ވެރިޔަކު މެދުވެރި ކުރަށް ވާދޭ އާމީން.

  32. ފައިނު މީހާ.

    ވަރަށް ހިތާމަހުރި ކަމެއް.

  33. ދެރަ

    ޖަލުބައިގަނޑަށް ގޮވާލަން ވަޅިހެރި މީހާގެ ދިފާއުގައި ނިކުންނަން. ކުއްވެރިންގެ ދިފާއުގަ އަވަފިނެތި އުޅޭ ގުރޫޕެއްނު އެއީ. ާނިޔާވި ފަރާތުގެ ފުރާނަޔަށް ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި. އާމީން

  34. ރީނދޫ

    2018 ޔާމީން ޝަހީމް

  35. މެލޭ

    އިންތިހާބާ ދިމާކޮށް ޖަލުން 300 މީހުން މަގުމަށްޗައް ނެއްލައިގެން ތާހިރުވި؟ އެކަމަކު އދުރޭ ބުނަނީ މާލެ ވަރަށް އަމާނޯ މިހާރު....

  36. އަސްލު

    ޥާގޮތަކީ ވޯޓަށް ކުށްވެރިން ދޫކުރެވެނީ...

  37. ***

    ހުއްޓުވަން ތިބޭ މީހުން މިކަހަލަ ކަން ކުރީމާ ދެން ކާކު ހުއްޓުވަނީ

  38. Anonymous

    ޙREPLYސުބުހާނަލްލޮ

  39. ބުރިޖު

    ސުބުހާނަލްލޯ

  40. ވައި ކަންމަތި

    ރޮބާޓޯ..!!!!