އެމްއެންޑީއެފްގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒަކަރިއްޔާ މަންސޫރު މާލޭގައި ހުންނަ ސިފައިންގެ މައި ހެޑްކްއާޓަރުގައި ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން "ވަގުތު" އިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ވަކި ފަރާތެއްގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން އެމްއެންޑީއެފް އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ އެކަމުގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ޚަބަރެއް ނޫން." ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް އިތުރުފުޅު ހައްދަވާފައިވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ތިން ވަނަ އަށް އެންމެ އިސް ކޮމާންޑަރު ކަމަށްވާ މަންސޫރު މާލޭގައި ހުންނަ ސިފައިންގެ ހެޑްކްއާޓަރުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މަންސޫރަކީ ސިފައިންގެ ޚިދުމަތުގައި ހުންނެވި އެންމެ ދުވަސްވީ އެއް އޮފިސަރު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއީ ވަކިވަކި ސިފައިންނާއި ފުލުހުން ރައީސް ޔާމީން ކުރައްވާ ޤާނޫނާއި ހިލާފު އަމުރުތަކަށް ބޯލަނބަންވީތޯ އަމިއްލަ ނަފްސާއި ސުވާލު ކުރަންވީ ވަގުތު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އެވެ. އެއީ އެމްއެންޑީއެފްގެ ތިން ވަނަ އަށް އެންމެ މަތީ އޮފިސަރު ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެމްއެންޑީއެފްގެ ރޭންކް ސްޓަކްޗާ އަށް ބަލާއިރު ބްރިގޭޑިއާ ޖެނެރަލް އަކީ ހަތަރު ވަނަ އަށް އެންމެ މަތީ ރޭންކެވެ.

اللهُ ގެ ނަބިއްޔާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވައިފައިވެއެވެ. (މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދައްކާ މީހާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ.) މިފަދައިން ތަކުރާރުކޮށް ޙަދީޘްކުރެއްވިއެވެ.

މާތް ﷲ ކީރިތި ޤުރުޢާންގައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޗައިނާ

    ތި އަންނި އަކީ ތިއީ ދުވަހަކު ތެދެއް ހެދި މީހެއް ނޫން

    • މުޖައްރިބް

      ތެދު ހަދަނީ ޔާން ހަހަ

    • ސައިނީ

      ހައްރެއް ނުކުރޭ މާލެ އަމުން މަނާ އެކަމު

  2. ދަތްދޫނި

    އަދުރޭ ނިހާނު މެން ފަދަ މީހުންނަކީ ހަމަ ހުދު ކާފޫރުތޯ! އެވެރިންވެސް ހަދާ ދޮގާއި މަކަރު ތަކަށް އާޙިރަތް ދުވަހުގައި ﷲ ގެ ހަޟުރަތުގައި އެވެރިންނާއި ސުވާލު ކުރެވޭ ހުއްޓެވެ.

  3. ޢިދުރީސް

    ޢެމްއެންޑީއެފް އިން މަންސޫރު ހައްޔަރު ނުކުރަމެކޭ ނުބުނޭ، ދެން ދޮގު ހެދުމަކީ ވަގުތުން އަށަގެންފާވާ ނުބާ އަމަލެއް.މީހުންގެ ވާހަކަ ނުދައްކާ! މި ކޮމެންޓް ނުޖަހާތި.

  4. ނޫޅެބަލާ

    ޔާމީނާ އަދުރޭ ހަދާ ދޮގުތަށް ފޮރުވަން

  5. އަލީ އަހުމަދު

    ސިފައިންގެ ވެރިޔާއަކީ އަސްލު ޖެނެރަލް އަދުރޭޔޭ...

    އަދުރޭ ފޯ ޕުރެސިޑެންޓް.... 2018 އަހަރެން ބޭނުމީ އަދުރޭ އަރަން... ޔާމީނު ކަޑަ...
    އަދުރޭ ގަދައީ...

  6. ހަސަން

    ޝިޔާމަކީވެސް ރޭންކް ސްޓްރަކްޗާއިން އެންމެ މައްޗެއްނޫން. އެހެން ނަމަ ވެސް ސިފައިންގެ އެންމެ މަތީ މީހާ. ވަގުތުން ބަލަންވީނު މީހުންގެ ރޭންްކް ތައް.

  7. ޙަފްޞާ / މާލެ

    އެކަލޭގެ ތެދެއް ނުބުނާނެ!

  8. މާނު

    ޢަންނިއކީ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލް ކުރާ މީހެއްނޫން

  9. އަބްދުއްލާ

    ދުވަހަކު ތެދެއްނަހަދާ ނަމާދު ނުކުރާ ރޯދަ ނުހިފާ ބިންމަތީގަ ފަސާދަކޮށް ވިލާތު ސަރުބަތު ހިއްޕަވާ މުހައްމަދުގެފާނުގެ ރަސޫލުކަމާ ކީރިތި ގުރްއާން ގަބޫލުނުކުރާމީހަކު ތެދެއްހަދާނެތަ ؟

    • އައްލޮ

      އާނ ހަދާނެ. ކަލޯމެން އެކަންޔެއް ނޫން ދުނިޔޭގަ އުޅެނީކީ މާ ތެދުވެރި ބައެެއް ކަމަށް ހެދެން ތިއުޅެނީ. ދުނިޔޭގެ ތި ހާސަރުގަޑު ނުދަމާވެސް މީހުން އަބުރުވެރިކޮށް ތެދުވެރިކޮށް އުޅެފަ ހިނގައްޖެ. ކިހެނެއް ވެގެންތަ ތި ތެޅިއަރުވަނީ މާ މާތް ބަކައްޓަކަށް ވާންވެގެން

  10. ޖިންނި

    ކައްޒާބު

  11. ބާބޫ ނާޒް

    ދޮގާ މަކަރާ ހީލަތް ހެދުމުގާ އަންނި ވަރަށް ކާމިޔާބު.

  12. ސ ނުން ސޮނި މުގާބޭ (އަންނި)

    ކެނެރީ ސޮނި މުގާބޭގެ އަނގަޔަށް ނުބައި ބައްޔެއް ޖައްސަވާ ވޭންދެނިވި ހިއްޕެވުމަކުން އެ ޔަހޫދީއާއި އޭނަގެ މަދަދުގާރުން ހިއްޕަވާށި...

  13. ވަކަހަންގަނޑު

    ތީކީ އިއްޔެއަކު މިޔަދަކު ވާކަމެއްނޫން... ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާ ޝެރޯން އާއިލާ މީހެއްތި ނަސީދަކީ

  14. ފާއިޒް

    މި ވަގުތު ޒަކަރިއްޔާ މަންސޫ ހިމަނައިގެން އެމް އެން ޑީ އެފް ގެ ނިއުސް ކޮންފަރެންސެއް ބޭއްވުން ވަރަށް މުހިންމު.

  15. ޙުސެން

    އިތުރު ފުޅަާއި ދޮގުފުޅާ ހަދަނީ ފުލުހުންނާއިސިފައިން ކަން ނުދަންނަބަޔަކު ނެތެވެ. ބަންދުކޮށް ގެން ގުޅެފަ ދޫކޮށްލާފަބުނަނީ ނުކުރަމެވެ. އެއީ ނަޝީދު އިތުފުޅު ހައްދަވަނީއެއް ނޫނެވެ. އެއީ ފުލުހުންގެ ބުހުތާންދޮގެވެ.

  16. ޖަވާބު

    ނަވާޒު ކަލޯ .. ކިހާވަރެއް ލިބޭ

    • މުޖައްރިބް

      ރެއަކު 1 މިލޮޔަން

    • ތަގަރި

      ޖަވާބޫ..! "އަވަސް" ގެ ނާޒިމް ކަލޯއާ "މިހާރު" ގެ ފަޒީނާ ކަނބުލޭގެއަށް ލިބޭ ވަރެއްވެސް އަހާލަބަލަ ނިކަން ކެރެންޏާ..؟!

  17. މިސްރު

    ރައީސްޔާމީން ހައްދަވަނީ ކޯއްޗެއްބާ

  18. ޚާލިދު ވަޙީދު

    ތިޔަ މުނާފިޤު ކަލޭގެއަށް ހުރީ ނުރައްކާތެރި ބައްޔެއް ޖެހިފަ އޭނަގެ ރައްޓެހިން މިކަމާ ވިސްނާފަ ޣާފިލު ކަމުން އަވަހަށް ހޭލާ. އެހެރީ އިސްލާމް ދީނުން ބޭރުވެފަ

    • ޗިއްލޫ

      އޭނަޔަކީ އިސްލާމެއްތޯ؟؟؟؟؟؟؟؟؟؟؟؟؟؟

  19. އިންޑިއާ

    ދޮގު ހަދާ ދުލަކުން ތެދު ނުހަދާނެ.

  20. ޢަދުލް އިންސާފު

    ވަގުތު ވިޔަސް އަދި އެމްއެންޑީއެފް ވިޔަސް ދޮގު ހެދީމަވާނީ ދޮގަށް.

  21. ޢަދުލް އިންސާފު

    އެހެންވިއްޔާ ޒަކަރިއްޔާ މަންސޫރު ކޮބާ؟

  22. އަހުދު

    ވަގުތުކުދީން ހާދަމައްޗަކަށް ދުއްވާލާފައޮތް އާޓިކަލްއެއްމީ, ބައެތުލްމާލުން ވައްކަންކުރުމާ ބޭހޭގޮތުން އޮންނަ ހަދީސެއްވެސް ލިޔެލަދީބަލަ

    • ޗިއްލޫ

      ތިވެސް ރަނގަޅުވާހަކަޔެއް! އަހަރުމެން މައޫމުނުގެ 30 އަހަރު ވައްޓާލީ އެނަޔާއި އޭނަގެ އައުވާނުން ބައިތުލްމާލު ހުސްކުރާތީ! ދެން ގެނައި އަންނި، އޭނަގަ ވެރިކަން ވައްޓަންޖެހުނީ ދީނާފޮށޭތީ! ދެން ޔާމިނު މީނަގެ ހުރީ ނުހައްގުން އަދަބު ބައެއްމީހުންނަދީ ބައިތުލްމާލު ހުސްކުރަމުންދަނީ! މިރާއްޖޭގަ ތިބީ ހައްތާވެސް ސިޔާސީ ބަލާވެރިކަން!

  23. ސަޔާލީ

    އެސޮރު ތެދެއްހަދާތަ އޮޅިގެން ވެސް، އަދިވެސް އެއްކަލަ 50 މީހުން ނުފެނިގެން މިއުޅެނީ

  24. ބިކާރީ

    އެސޮރު ތެދެއްހަދާތަ އޮޅިގެން ވެސް، އަދިވެސް އެއްކަލަ 50 މީހުން ނުފެނިގެން މިއުޅެނީ

  25. މިސްރާބު

    ތީ ދޮގެއްނަމަ ނިކަން އޭނަ އަރާ ވާހަކަދައްކަބަލަ

    • މޮހޮދޭ

      އަދުރޭ ނިއުސް ކޮންފަރެންސްގަ ގުޅާނެ އޭނަޔަށް

  26. ނުރަބޯ

    ޒަކަރިއްޔާ މަންސޫރަކަސް މަކަރިއްޔާ ޒަންސޫރަކަސް ކަލޭގެ އަވައިގައި ޖެހިގެން ބަޣާވާތް ކުރަން އުޅެފިއްޔާ ހައްޔަރުވެސް ކުރާނެ. ކުށެއްނެތް މީހަކު މިސަރުކާރަކުން ހައްޔަރެއް ނުކުރާނެ އަދި ސިޔާސީ ކުށްވެރިން ނެއްވެސް މިގައުމުގައި ނުތިބޭނެ، ތިބީ ޖިނާޢީ ކުށްވެރިން. ކަލެއަކީ ވެސް އެކަހަލަ ކުށްވެރިއެއް.

  27. ށަލި

    މަންސޫރު ކައިރިން ނާހާ ދޮގެއްކަމަށް ތިނިންމީއޯ؟

  28. ޒުބައިދާ

    ދުވާލަކު ފަސްދޮގު ހަދަން އޭނަގަ ދީނުގަ އަންގަވާފަ އޮންނާތީ ކަންނޭގަ އެގޮތައް އަމަލުކުރަމުންދަނީ!!! ވަގަކަށް ނުނިދޭނެ ވައްކައްކަމެއް ކޮށްފަކާނޫނީ!!!! ހަމަ އެފަދައިން އޭނަޔަކަށް ނުނިދޭނެ ދޮގެއްނަހަދާ ފިތުނަ ފަސާދަނުކޮށް ސޫލާޝަރާބު ތައްޓެއް ނޫނީ ގަންޖާއެއްނުބޮއެއް!

  29. 16،16،16

    އަބްދުވެސް ތިމީހާގެ ކަމަކީ އިތުރުފުޅު ހެއްދެވުން

  30. ވިސްނާ

    ތިބޭފުޅު ކަމެއް ނުކެޑޭތަ......ތި ނަޝީދަކީ މި ޤައުމަށް ގައދާރުވެފަ ހުރިމީހެއް....އަދިވެސް ފިތުނަ ފަސާދަ އުފެއްދުމައިގެން ކުރިޔަށް ދަނީ....ހައްޔަރުކުަން ގޮވާލަން

  31. ޖިހާދު

    އައްނި ނުވިސްނާނެ ދޮގެއްހަދައިގެން ލިބޭނެ ކޯފާއަކައް އޭނަޔައްނިމުނީ ރާއްޖޭގެ ވެރިކަން އިގިރޭސީންނައް ހޯދަދެވިއްޖެއްޔާ އެދެން އައްނިއައް ދެދުނިޔޭގެބާއްޖަވެރިކަންލިބުނީ ބަލައޭނައެއްނޫންތަ އިސްލާމްދީނައް ފުރައްސާރަކުރީވެސް

  32. ޖަބީން

    ޒަކަރިއްޔާ މަންސޫރު މާލޭގައި ހުންނަ ސިފައިންގެ މައި ހެޑްކްއާޓަރުގައި ހައްޔަރުކޮށްފައިވާ ކަމަށް އެދައްކަވަނީ ބުހުތާން ދޮގު

  33. އިއްބެ

    ތަކުރާރުކޮށް ބޮޑެތި ދޮގު ހަދާ ނަޝީދު މިއަދުވެސް ފިސާރިބޮޑު ދޮގެއްހަދައިފި.

  34. މޫސަ

    އައްނި ހިފާހައްޔަރުކުރޭ ތީ މިގައުމުގެ ހަލާކު މިހާރުވެސް މުޅި ގައުމު ހަމަމަގައް އެޅޭނެ އެކަލޭގެ މިކޮޅައްގެނެސް ޖަލުގަ ބަހައްޓަބަލަ،،،، އިގިރޭސިން އެކަލޭގެ ބޭނުންކޮއްގެން ގައުމުހަލާކު ކޮއްފި.

  35. އާއިންތު

    ކޮންއިރަކުތޯ އައްނި ތެދެއް ހެދީ އެކަންނޭގޭމީހަކުވެސް ނުހުންނާނެ ފަރަންޖީންނައް ކަނުދަނީ އެގޮތްވީމަ އެކަލޭގެ އެހެން އުޅެނީ

  36. ރުޒާނާ ޗޮއްޕަޓު

    އިސްލާމްދީނަށް ބޯލަނބާ ﷲ އަށް ބިރުވެތިވެބަލަ ކަލޭ ބޮޑު ލާދީނިއްޔާ.

  37. ލިލީ

    މި ކަލޭގެ މީ ރަގަޅު މީހެއްނޫން މީނާގެ ޕްރޮފެޝަންގައި މި ކަލޭގެ އުޅުނު ޔުނިޓްގެ ހުރިހާ ބޮޑުންނަކީ ރީދޫ އެޑިކްޓް މީހުން. ދުނިޔޭގަ ތިބިބަޔަކު އަދި ދެކޭނެ މީނަ ރީދޫ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރާތަން

  38. ޒަކަރިއްޔާ

    ނަޝީދު ދެއްކިވާހަކަ އަކީ ދޮގަށްކަށް ވާނަމަ ޒަކަރިއްޔާ މަންސޫރު ހުރިތަނެއް ބުނެދެއްވަން ވީނުންތޯ! ޒަކަރިއްޔާ މަންސޫރު އާއި ވަގުތުގެ ބޭފުޅުން ގުޅުއްވޭތޯ ބަލައިފިން ތޯ! އެމްއެންޑީއެފް އަކުން ދޮގެއް ނުހަދާނެކަން ތިބޭފުޅުންނަށް ޔަގީން ތޯ!!!

  39. މަގޭ ޤައުމު

    މިއަންނި އަކީ ތެދެއް ހެދެން އޮތްތާގައިވެސް ދޮގު ހަދާ މީހެއް. މިހާރު އެއުޅެނީ މަންޞޫރު ސަރގެ އަގު ވައްޓާލަން.

  40. ބީރުބޭ

    ކޮބާތަ އޭނާ؟؟ ނުއެއްފެނޭ. ފޯނުންވެސް ނުގުޅެއޭ އެބަކިޔާ! ނޭގެދެން ވަރަށްފޫހި

  41. މުގާބެ

    ޒަކަރީޔާ މަންސޫރު ހަިޔަރު ނުކުކުރާ ކަމަށް ވަންޏާ އޭނާ ހުންނެވި ތަނެއް ބުނެ ދޭން ވީ ނުން

  42. ރިޒާ

    ޒަކަރިޔާ މަންސޫރު ވީތަނެއް ވަގުތު ގެ ރިޕޯޓަރުންނަށްވެސް ނޭންގޭ އެހެންވީމާ ނަޝީދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާ ވާހަކަ އެއީ ދޮގެއް ކަމަށް ވާނަމަ ޒަކަރިޔާ މަންސޫރު ވީތަނެއް ބުނެބަލަ މީޑިއަ އިފިސަރަކަށްވެސް ނޭންގެ ވީތަނެއް

  43. ސައީދު

    ތިޔަ ޚަބަރު ލިއުނު މީހާއަށް މިސަރުކާރުގެ މިއުޅޭ ސިޔާސީ ހުން ކުރާވައްކަމާއި، ހަދަމުން ދާދޮގާއި ،އޮޅުވާލާ އޮޅުވާލުންތަކާއި، ވާޚިޔާނާތް ތަކަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމަށް ވެގެންބާ ތިޔަ ވވާހަކަ ތިޔަ ގޮތަށް ލިޔެފައި ތިއޮތީ. ކަނދައެޅިގެން ޚައްސަކޮށް ވަގުތު ނޫހަކީ ހަޤީޤަތް އޮޅޭ ގޮތަށް ޚަބަރުފަތުރާ ނޫހެއްކަން ވަރަށް ރަގަޅަށްދިވެހިރައްޔިތުން ޤަބޫލުކޭ! ތި ކޮމެންޓް ވެސް ހަމަ ޔަޤީން ތިޔަ ނޫހަކަށް ޖަހަން ނުކެރޭނެކަން. މި ކޮރަޕް ޝަނުގެ ސަރުކާރުގައި ފިތިބާރުވެފައިވާ ނޫހެއްކަން ތިއީ އެގޭ