އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ އުފަން ރަށް ކަމަށް ޅ.އަތޮޅު ހިންނަވަރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މިރޭ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ހިންނަވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ކުދިބޮޑު ގިނަ އަދަދެއްގެ މީހުން ބަނދަރުމައްޗަށް ޖަމާވިއެވެ.
ހިންނަވަރު ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއެއް އެރަށުގައި ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.
ހިންނަވަރަކީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްގެ ވެސް އުފަން ރަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން ވަނީ ހިންނަވަރުގައި 16 މަޝްރޫޢުއެއް ހިންގަވާ 81.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެރަށަށް ޚަރަދު ކުރައްވާފައެވެ. 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމަށް ސަރުކާރުން ހިންނަވަރުގައި ހިންގާފައި އޮތީ އެންމެ ފަސް މަޝްރޫޢު އެވެ.
ކުރިން އެމްޑީޕީގެ ރަށެއްގެ ގޮތުގައި ހިންނަވަރު އޮތް ނަމަވެސް ފަހަކަށް އައިސް އެރަށުގައި ސަރުކާރަށް ތާއިދު ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ ކައުންސިލް އިންތިޚާބުގައި ވެސް ހިންނަވަރުގެ މެޖޯރިޓީ ހޯދާފައި ވަނީ ވެސް ޕީޕީއެމް އިންނެވެ.
ބޮޑު މަންޒަރު ދައްކާލީމަ ބަޗަންގެ ރައީސް އަށް ހަޖަމްއެއް ނުވި ޗންޕީ އައް
އެއްބަޔަކު ހުރިހާ ރަށަކުވެސް... އެހެރީ ނައިފަރު މީހެއް.. ކެކެކެ
އިބޫ އަކީ ހިންނަވަރުގެ ދަރިއެއް އިބޫ އަށް މަގޭވޯޓް ޔާމިނު ވޯޓުހޯދީ ފައިސާއާ/ވަޒީފާދީގެން
އެއީ ހިތުންރުހުމަކުއްނެއްނޫ މިރަށު ގިނަމީހުން އިބޫއަށް ވޯޓްދޭނެ އެއީ އެމްޑީޕީ އައްދޭވޯޓެއްނޫން އޭ ހިންނަވަރުގެ ލޭ...
ތީ މަޖުބޫރީހާޅަތުގައި ދައްކާޅާ ބޮޑުމަންޒަރު ހަގީގައް ފެންނާނީ ސެޕޓެމްބާ (23 ހުގައި އިންޝާﷲ
2018 ޔާމީން ޝަހީމް
ކޮންމެ މީހަކަށްވެސް ތަރައްޤީ ބޭނުންވާނެދޯ؟