މަސްވެރިންނަށް އުންމީދީ މެސެޖްތަކެއްދެމުން އިދުކޮޅު އިއްތިހާދުގެ މަސްވެރިންގެ ސިޔާސަތުތަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އިއުލާން ކުރައްވާފިއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ގދ ތިނަދޫގައި ބޭއްވި އިއްތިހާދުގެ ބޮޑުޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫވަނީ އުންމީދުތަށް ދެއްވަމުން ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ހުވަދު އަތޮޅަކީ ރާޢްޖޭގައި ނިސްބަތުން ގިނަ އަދަދެއްގެ މަސްވެރިންތަކެއް ތިބި އަތޮޅެއްކަން ފާހަގަ ކުރައްވާފައެވެ. އިބޫ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ އިދިކޮޅު ވެރިކަމެއްގައި ކުރާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

މިރޭގެ ޖަލްސާގެ ތެރެއިން

އިބޫ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް މިހާރު ފައިސާގެ ގޮތުގައި ލިބެނީ ޗެކް ކަމަށެވެ. އަދި އެގޮތަށް ހަދަނީ އެ މަސްތައް ހިފައިގެން ގއ. ކޫއްޑުއަށް ދިއުމުން ކަމަށާއި، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެގޮތަށް ކުރިއަށް ނުގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެހެން އެކަން ނުވާނެ. ބާނާ މަހަށް، އެ ފައިސާ އަށް ބަދަލުވެގެން ދާނެ". އިބޫ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދޭނެކަން ފާހަގަކުރައްވަމުން އިބޫ މިރޭ ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ބާނާ މަސް ރާއްޖެ އިން ބޭރަށް ގޮސް، ވިއްކޭނެ މަގުފަހިކޮށް ދެއްވާނެ ކަމަށާއި، ރާއްޖެއިން ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކުން، ރާއްޖެ އައިސް ސީދާ މަސްވެރިންގެ އަތުން މަސް ގަނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހުއްދަ ނުހޯދާ މަސްވެރިކަން ކުރަމުންދާ ކަމަށާއި. އެކަން ހުއްޓުވިފައި ނުވާކަމަށެވެ. އަދި އެއްވެސް ވަރަަކަށް ކަނޑުތައް ރައްކާތެރިކުރެވިފައި ނުވާކަމަށާއި، އިދިކޮޅު ވެރިކަމެއްގައި މަސް ކަނޑުތައް ރައްކާތެރި ކުރެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިކޮނޮމިކް ޒޯނަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް ރައްކާތެރި ނުކުރެވޭކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ، ލައިސަންސް ލިބިގެން ސާޅީހަކަށް ބޯޓު ރާއްޖޭގެ ކަނޑުތަކުގައި ދާ އަޅަމުންދާ އިރު، ލައިސަންސް ނެތި 100 އަށް ވުރެ ގިނަ ބޯޓު ރާއްޖޭގެ ކަނޑުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިބޫ މަސްވެރިންނަށް ހާއްސަކޮށް ވެ ވަޑައިގެންނެވި އިތުރު ވައުދުތަކަށް ބަލާއިރު، މަސްވެރި އުޅަނދުތަކުގައި މަސް ފިނި ކުރެވޭނެ ގޮތް ހޯދުމާއި، މަސްވެރިންނަށް ލުއި ލޯނު ދޫކުރައްވާނެކަމާއި، އެ ދާއިރާގައި ގިނަ ދުވަހު އުޅޭ މީހުންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފް ކުރެއްވުމުގެ އިތުރުން، މަސްވެރިން ބާނާ މަސް ފަސޭހައިން ކިރައި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނެ ހުނަރުވެރިން ތަމްރީން ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިންގފިޝަރ

    މަސް ވިއްކޭނީ ކަލޭމެން ހުޅަނގުގެ ބާޒާރު ނިކަމެތި ކުރުމުންވިއްޔަ. ކޮންމެ ވައުދެއްވިޔަސް ކޮންމެ ވެރިކަމެއް އޮތަސް މަސްވެރިންނަށް ނުސީދާކޮށް އެންމެ ދަތިކުރުވާ ޕާޓީއަކީ މޑޕ. އެހެންވެތާ އީޔޫގައި ސަލާންޖަހައިގެން ޔަހޫދީން މެދުވެރިކޮށް ރާއްޖޭގެ މަހުގެ ބާވަތްތައް ނުގަންނަށް ބިރު ދައްކުވާފައި ވަނީ. މިއީ ހަގީގަތަކީ. ރައްޔިތުންނާއި މަސްވެރި އާއިލާތަކުން މިކަމާ ވިސްނަވާ.

  2. ޙަމޭ

    ޢޭމިހެރަ ކިނބުލާ ކިތަންމެ މޮޅެތިވައުދެއް ވިޔަސް އަހަރުންނައް އެނގޭ ކަލޭ އަކީ ކަމެއްކިރަން އެނގޭ މީހެއް ނޫންކަން. "ލަވައެއްގަ އޮންނަނީ ނޭނގުމައްވުރެ ވަކީން ދެރަކަމެެއް ހަމަ ނެތޭ."

  3. Ma

    ޟމަސްވެރިން ވޯޓް ލާނެ. ޢެކަމް ފަހުން ބުނާނެ ޔާމީން އައްވުރެ ނުބައި އެއްޗެއްދޯ މި ހޮވުނީ. ޢެހެންވީމަ ފަހުން މަސްވެރިންވެސް ނުޜޯތި.

  4. އަނިޔާ

    ދޮޅު އަހަރުތެރޭ ނުފުއްދޭ ވަރަށް މިހާރުވެސް ވައުދު ވެއްޖެ! އިތުރަށް ރައްޔިތުން ގުނބޯ ހައްދާނެ ކަމެއްނެތް! ތިޔަބައިގަނޑުގެ ފަރާތުން ހިއަވަރުލިބޭނީ ކުއްވެރިންނަށް! ކުޑަމިނުން ވަޅިހެރި ފަރާތް ކުއްވެރިކޮށްލަން ނުކެރޭތާ ނިކުންނާނި އެފަރާތެއް ހައްޔަރުކޮށްފިނަމަ އެފާރާތެއްގެ ހައްޤުތައް ހޯދާ ހިމާޔަށް ކުރުމަށް!

  5. ބޭނުމީ ވެރިކަން

    މިހާތަނަށްވީ ކިތައް ވައުދުކަން ހަނދާން ހުރިތޯ ސުވާލު ކޮށްލަބަލަ ނިކަން ނޫސްވެރިއަކު!

  6. ބުއްޅަބޭ

    އިންޑިޔާއަށް ރާއްޖެ ހަވާލުކޮށްލާ، އެއިރުން ރާއްޖެވެސް ރާއްޖޭގެ ކަނޑުތައްވެސް ސަލާމަތްކުރެވޭނެ!

  7. ނުރަބޯ

    ދޮޅުއަހަރުގެ ވެރިކަމެއްގައި ކޮށްދެވޭނެ މާބޮޑު ކަންތައްތަކެއް ނޯންނާނެ. އެހެންނޫނަސް ކަލޭމެން ނަކީ ވެރިކަމެއްކުރަން ކުފޫ ހަމަވާ ބައެއްނޫން. ދިވެހި އެންމެހާ ރައްޔިތުން ރީނދޫ ގުއިރޯނުގައި ނުޖެހިވޭތޯ ބެލުންހުރި.

  8. ޖޮއްބެ

    އެމްޑީޕީ އަކަށް ދެވޭނެ އެއްވެސް އުއްމީދީ މެސެޖެއް ނޯންނާނެއެވެ. އެ ބައިގަނޑަށް ދެވޭނީ ބިރުވެރިކަމުގެ މެސެޖެވެ. އެ ބައިގަނޑުގެ އަތުގައި ވެރިކަމުގެ މުގޫ ހަމަ ޖެހުމާއެކު އެންމެ ފުރަތަމަވެސް ވާނެކަމަށް މަންޒަރުދައްކާ ކަމަކީ، އިންޑިއާގެ ޖީއެމްއާރަށް އަނެއްކާވެސް (ދިވެހިން ބޮޑުއަގެއް ދީގެން ހަމަމިމީހުންގެ އަތުން މިނިވަން ކޮށްފައިވާ ) ދިވެހިންގެ މައި ވައިގެބަނދަރު ވިއްކާލުން. ދެވަނަކަމަކަށްވާނެ ކަމަށް މަންޒަރުދައްކަނީ ތަންފީޒު ކުރާނެ ކަމަށް ބުނެފައިވާ އީޔޫގެ ގަރާރު ތައް ތަންފީޒު ކުރުމުގެ ގޮތުން ޣައިރު ދީންތައް ގެނެސް ފައްޅިތައް އަޅާ އެއްޖިންސުން ކައިވެނި ކުރުމުގެ ހުއްދަދިނުމެވެ. އެއިރުން މިސްކިތް ތަކުގެ ބަންގީގެ އަޑަށްވުރެ ފައްޅި ތަކުގެ ރަނގަބީލުގެ އަޑު ގަދަވާނެ އެވެ. ދެންވާނެ ކަމަށް މަންޒަރު ދައްކަނީ މިހާރު ބާރު ސްޕީޑްގައި ހިނގަމުންދާ ގައުމު ބިނާކުރުމާ ތަރައްގީގެ ފިޔަވަޅުތައް މުޅިން ހުއްޓި އަނެއްކާވެސް ގައުމު ދަރާވިކި ފަގީރު ކަމާ ނިކަމެތިކަން ޢާއްމު ވުމެވެ. އެހިސާބުން މިބައިގަނޑަށް ތާއީދު ކޮށް ވޯޓުދިން މީހުން ސަހަރޯ ވެރި ވިޔަސް ދެން ކުރާނެ ކަމެއްނޯންނާނެ އެވެ. ހިންނަވަރޭ އެ ދެމުންދާ މެސެޖަކީ މިއީއެވެ.

  9. Anonymous

    އިސްލާމް ދީން ނޫން އެހެންދީނެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް ވަޢުދު ވެބަލަ!!!! މީ ކުރަންވި ވަޢުދަކީ.......

  10. %%

    އިސްލާމް ދީން ނޫން އެހެންދީނެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް ވަޢުދު ވެބަލަ!!!! މީ ކުރަންވި ވަޢުދަކީ.......

  11. ޙަސަނުބެ

    ޕިސް ޕިސް މަ ހަމައަޖައިބުވެއްޖެ އަނގަ އޮތީމާ ދެން ވާހަކަ ދެއްކިދާނެ ދޯ މިމީހުން ލަދު ހަޔާތް ކުޑައީ ވަކިވަރަކަށްނޫން ކަންފުޅެއްވެސް ނެތީ ބަލަކަލޯމެންގެ ސަރުކާރުގާ ނޫންތޯ މި ގައުމުގެ ކަނޑުގެ ސަރަހައްދު ކުޑަކޮށް އަވައްޓެރި ގައުމުތަކަށް ވިއްކާލީ ދެން ތިކީ ހުރިހާ ކަމަކީ ޔާމީނު ދެއްކެވި ވާހަތަކުގެ ތިޕީޓް ނޫންތޯ ފަނާކުރުވި ބަޔަކަށް ކޮން ތަރައްގީއެއް ކުރެވޭނީ އްއްލާލާފާ އޮތަސް ތިބައިގަނޑުގެ އެކަކުޗެސް ނުހޮވާބަން އިބްސާ ﷲ

  12. ޝަރފު

    މިއީ ބަޔެއްގެ ކޮޕީއެއް. މަސްވެރިކަމަށް ޒުވާނުން ނެރުމަށްޓަކައި ތަމްރީނު ދިނުމާ، ޕެންޝަން ސްކީމެއް ތަޢާރަފު ކުރުމާ، މަސްކިރައިގެން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމާ، މީ ޕީޕީއެމް އިން ހާމަކޮށްފައިވާ ސިޔާސަތެއް. ހަދާން ނެތިގެން ނަމަވެސް ނުބުނެވުނު ކަމަކީ އިންސޫރެންސް ކާރޑެއްގެ ވާހަކަ. ކިހިނެއް މިވަރުން މި މީހުނަށް ވޯޓް ދޭނީ.

  13. ޕޮފުބާ

    ކަލޭ އަމިއްލަ ފައިސާތަ މަސްވެރިންނަށްދެނީ ބޮޑެތި ކުންފުނިތަކަށް އިންޒާރެއް ނުދެވޭނެ އެހެންއުޅެނިކޮން ގޮވާނީ އަތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަމިއްލަ ބޮޑެތި ކުންފުނިތަތާ ދެކޮޅަށް އެއްވެސް ގާނޫނެއް ގަވައިދެއް ނުހެދޭނެ ސަރުކާރު ހިންގޭނީ ކުންފުނިތަކަށް ލުއި ދީގެން ކުންފުނިތަކުގެ ލާރި ހުންނާނީ ބެންކްއެކައުންޓް ތަކުގަ އެފައިސާ ނަގާފަ މަސްވެރިންނަށް ދޭކަށް ދިމާލަކަށް ނުބަހައްޓާނެ މޮޔަވޭ

  14. ްްމުހައްމަދު

    ޥައުދެއްނުވެެ ބުނަނި މަނައޮލެެގޮތައް ފެންނަަނެ ދަނެ ކުރަަނަމެކެ ނުބުނެ

  15. Anonymous

    ތިޔަށްލިބޭނީ އިންޑިޔާ ފައިސާ!!

  16. ޢަބްދުﷲ

    ބޭރުން މީހުން ގެނެސްގެން ނޫނީ މަސްވެސް ނުވިއްކޭނެ އެމްޑީޕީއަކަށް، ބޭރުމީހުންނަށް މި ޤައުމު ވިއްކާލުމުގެ ސިޔާސަތެއް ތީވެސް. ވަޢުދެއްވެފައި އެ ވަޢުދެއް ނުފުއްދޭ މީޯހުން ވަޢުދު ނުވީޔާ ރަނގަޅުވާނީ .