ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާގޮތަށް ހަރަކާތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ މިރޭ އެމްއެމްއޭ ކައިރީގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ނިޔާވުމުން އޭނާ އަށް ހެޔޮ ދުޢާކޮށް ނެރުއްވި ބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ "މިރޭ އެމްއެމްއޭ ހިމެނޭ ސަރަހައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. ހަމައެއާއެކު ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ."

ފުލުހުން ވިދާޅުވީ ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތެއް ނުދޭނެއެވެ.

ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަަބަދުވެސް ދެއްވާ އެއްބާލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ "މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ. އަދި މަރްހޫނުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި އާއިލާއަށް ލިބުނު މި ފުން ހިތާމައިގައި ފުލުހުންގެ މުއައްސަސާ ވެސް ބައިވެރިވާ ވާހަކަ ދަންނަވަމެވެ."

18 އަހަރުގެ ޒުވާނާގެ ކަރަށް ވަޅި ހެރުމުން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ. މިމައްސަލައިގައި އަދި މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ގޮވާލާ

  ވާނެބާ ތިކަން

 2. މޮޔަސޮރު

  ހުއްޓާލާ ކަލޭމެން ދުވެބަލަ ސިޔަސީ މީހުންގެ ފަހަތުން. ކޮންކަމެއް ކުރެވޭނީ އިހަކަށް ދުވަހަކު މީހަކުގެ ކަރުބުރިކޮށްލާނަމޭ ބުނީމަވެސް އެކަމެއް ނުބެލުނު. އެހެން ވިއްޔާ އަދާލަތު ޕާޓީގެ އިމްރަނަށް ޓެރަރިސްޓް ދަޢުވާކޮށް ހުކުމް ކުރީ ކޮންގޮތަކަށް. ދެއްކި ވާހަކައަކަށް. އިމްރާނެއް ނުބުނޭ ކަރުބުރިކޮށްލާނަމަ.

  • ޙައްޤު

   ދެރަކަމެއް ފުރާނައެއް ތިގޮތަށް ދިޔުން... ޢެކަމަކު ގޮތަކަށް އުޅެވިފައި ހުރީމަ ތިހެންތިވާނީތޯއްޗެ.. ޚޮންމެވެސް ފައިޓެއްގައި ނޫނީ ގޭންގަކު އުޅޭނީ... ބެލެނިވެރިން ބުނާނެ ނުލާހިކު ބަސްއަހާ ސޮރެކޭ... އެކަމަކު ބެލެނިވެރިޔާއަށް ނޭންގޭނެ އެސޮރު އުޅެނީ ކޮންތާކު ކޮންބަޔަކާ އެއްކޮށް ކިހިނެއްކަމެއް... ކޮންމެ މަގަކު ފުލުހުން ޑިއުޓީކުރުމުގެ ބަދަލު ކޮންމެ ގޭންގް މެންބަރަކާއެކު ބެލެނިވެރިޔާ ޑިއުޓީކުރުން ބުއްދިވެރި... ދަރިން ހެޔޮމަގަށް އެޅުވުން އެއީ ޔާމީނުގެ ކަމެއްނޫން.. ސަރުކާރުގެ ކަމެއްނޫން... ބެލެނިވެރިންނާއި މައިންބަފަޔަށް ކޮންޓްރޯލް ނުކުރެވިފައި ތިބޭކުދިން އެހެން ބައެއް ކޮންޓްރޯލް ކިހިނެއްކުރާނީ... ކުރާނެކަމެއް ވެސް ނެތް... ބެލެނިވެރިންނާއި މައިންބަފައިން ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގަ ނޫނީ ޖަލްސާއެއް ބަލަން ޓީވީ ދޮށުގަ އިނީމަ ހުންނާނީ ރަނގަޅަށް... ތިކިޔާ ޑިމޮކްރަސީގައި އަމިއްލަ ޒިންމާވެސް ނޯންނަނީތަ؟ ނޯންނަންޏާ އަނބިންތަކުގެ ޒިންމާތައްވެސް ޔާމީނުއާއި ހަވާލަކުރާންވީނުދޯ... ބޯހަލާކު...

 3. Anonymous

  ފުލުހުން ކީއްތަ ވާނީ ކޮންމެ މަގެއްގައިވެސް ޑިޔުޓީ ކުރިއްޔާ...

 4. ކަލޯ

  ކަލޯ ކަލޭމެން ތިބޭ ހަރުކަށި ފިޔަވަޅު އަޅަޅާ. ތިނޫން ވަރެއްވޭތަ މިގައުމުގެ ތިބިހާ އެއްމެން ކޮށާ ހުސްކުރާއިރުވެސް

 5. އަންނި

  މަސްއޮޑި މީހުންގެ އަތުގައި ހިފައިގެން ތިބި މީހުން ފުލުހަށް އެގޭ އަތެއް ނުފޯރާނެ. ޝައިނީ އާއި ނަވާޒު މެންތިބީ މަސްއޮޑި މީހުންގެ ދަށުވެފަ އަނިލް އެއްވެސް މަސްއޮޑި މީހުންގެ މައްސަލަ އެއް ބަލާނެ ފުރުސަތެއް ނުދޭނެ. މާލޭގައި އުޅޭ ހުރިހާ ގޭންގެއް އޮތީ މަސްއޮޑީގެ ސަބަބުން ސަރުކާރު ދެކެ ރުޅިއައިސްފަ ތިޔަ ކަމެއް ނުވާނެ.

 6. ތޯމަރާ

  ތިކަންކުރާމީހުންތިކަންނުކޮށްހުއްޓާލުންކީއްތަވާނީ

 7. ކޭ ބީ

  ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާގޮތަށް ހަރަކާތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

  މިވަރު ތެދެއް މިޤރުނުގައި ވެސް ބޔަކަށް ހެދިފަވޭބާ !

 8. ފެންފައިވާން

  ރަނގަޅު ފައިވާނެކަށް އަރާގެން ތިބެ ފިޔަވަޅު އަޅާތި، އެހެންނޫނީ ދާނީ ފައިވާނުގެ ވަދު ކެޑިގެން.. ފިޔަވަޅު ނޭޅެނިސް..

  • އެމް

   މިއޮއް ހިތާމަވެރި ވަގުތުގަ ޖޯކު ޖަހަނީތި ތިހެން ނުހަދާ ތިބާ އެބަޖެހޭ ވަރަށް އިސްލާހުވާން އިނގޭ މާތްﷲ ގެ އިރާދަފުޅުން

 9. ފައިނު މީހާ.

  މިފަދަ ނުރައްކާތެރި ޙާދިޘާތަކުން ޤައުމު ސަލާމަތްކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއް.

 10. Anonymous

  ވަކިބަޔަކަށް ހަރުކަށިފިޔަވަލޫ އަޅަން ކެރެނީ އެއްވެސް ހަމަހަމަކަމެއްނެތް

 11. ޥ

  ތިވަރައް ރަނގަޅުވާހަކައެއް އެކަމަކު ވަކިބަޔަކައްވީމަ ދޯ

 12. ޥ

  މިހާރު މަގުބަލަހައްޓަނީ ކޯން

 13. ނިޒާރު

  ނުވަންޏާ އަހަރެމެންނަށް ގައުމު ހަވާލު ކޮށްބަލަ