ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ޕީޕީއެމްއިން ހުށަހަޅައިފިއެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)އަށް ނަމްބަރެއް އިތުރު ކުރުމަށް ބިލެއް ހުށައަޅާފައިވާ ކަމަށެވެ.

މިއިސްލާހު މަޖިލިސްއަށް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމެވެ.

ތަފްސީލް އަންނަނީ…މެންބަރު އަބްދުއްރަހީމް ހުށައެޅުއްވި އިސްލާހުގައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި ފަނޑިޔާރުންގެ ކިބައިގައި އަންނަނިވި ސިފަތައް ހަމަވާން ވާނެ ކަމަށެވެ.

އުމުރުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުންއިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝަވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައިވުން އެކު މުސްލިމަކު ކަމުގައި ވުމާއިސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުން އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހަށް ހާޒިރުވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައި އަޣުބަލިއްޔަތު ލިބިގެން ކަމަށް ބުނެފައިވެ އެވެ.

މި އިސްލާހު ހުށައެޅުއްވި އިރު ސްޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މިވަގުތު ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި އިރު، ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން ވެސް ހުންނެވީ ޖަލުގަ އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކު މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. ނަމަވެސް އެބޭފުޅުން ތިއްބެވީ ސަަސްޕެންޑް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޫޒަން

    ކިހާދެރަކަމެއް ، އާދައިގެ މުވައްޒަފަކު ކުށެއްގެ ތުހުމަތުގައި 1މަސް ދުވަހު ބަންދުގަހުރުމުން ވަޒީފާ ގެއްލެންޏާ، ފަނޑިޔާރަކަސް، މަޖުލިސް މެމްބްރަކަސް މި ހުކުމް ހިނގަން ޖެހޭނެ ކަމަށް ދެކެން. މި ޤާނޫނުވެސް އެބަޖެހޭ ބަދަލުކުރަން.
    މަހުލޫފުމެން 1 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒުކޮށްގެނ ނުކުތީމަވެސް ވަޒީފާ އޮވޭ، އާދައިގެ މުވައްޒަފުގެ ވަޒީފާ ގެއްލޭ، އިންސާފެއްނޫން.

  2. ޝޫޒަން

    ފަނޑިޔާރުން 12 އަހަރުގެ ޖަލުހުކުމ ތަންފީޒުކޮށްގެން ޖަލުން ނުކުމެގެން ވަޡީފާފާ އަށް ނުކުންނަންދެން ވަޒީފާ ދެމިއޮންނަާކަށް ނުޖެހޭނެ، 1 މަސް ބަންދުގަ ހުރެއްޖެ ނަމަ އޮޓަމެޓިކުން މި މީހުންވެސް ވަޒީފާ އިން ވަކިވާ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަންޖެހޭ.