މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މިއަދު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެކަން ޔާމީނަށް ވިސްނިވަޑައިގަންނަންޖެހޭނެކަމަށެވެ.

ޝާހިދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، މިމަހުގެ ދެވަނަ ދުވަހު ސޯސަން މަގާއި މަޖީދީ މަގު ގުޅުނު ސަރަހައްދަށް އެއްވެ އެސަރަހައްދުގެ އަމަން އަމާންކަން ނަގާލާ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް، މަގުމަތީގެ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މުޒާހަރާކޮށް އެސަރަހައްދުގެ އަމަން ބަލަހައްޓަން މަސައްކަތްކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަހުމަދު

  ތިޝާހިދުވެސް އެބަޖެހޭމައިތިރިއަރުވާލަން ޖީއެމްއާރު ލާރިގަނޑު ވެސް ތަސްމީނު އާދެމީހުން ކައިފައެތިބީ

  • ނާހަމަތެދެއް

   އަހުމަދޫ.....ކަލޯ ދުށިންތަ؟؟؟؟

 2. އަހުމަދު

  ޕޮލިހަށް ދާން ޖެހުނީ ކަލޭ ނަމާދު ކުރަން ހުރެގެން ނޫން.

 3. ސާބެ

  ޝާހިދު ކަލޭ ސައިޒް ކުރާކަށް ފުލުހަށް ހާޒިރު ކުރާކަށް ނުޖެހޭ. ޕްރީޕެއިޑް އޭ ބުނާ އިރަށް އަތް ފައި ބަޅާ ބުޅިކޮށް ބިންމަތީ ބަކަތަޅަން ފަށާނެ.

  • ނާބެ

   ތިދެން ކޮންކަމެއް...އަމިއްލަ އަށް ކުރެވުނު ހުރިހާ ހެޔޮކަމެއް ހިލޭ ބަހަނީ ދޯ..

 4. އަޙުމަދު ޙަސަން

  ޕްރިޕެއިޑަށް ގޮވާލަންތަ؟