އިދިކޮޅު ފަރާތްތަކުން މާލޭގެ ހަމަޖެހުން ނަގާލުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކަށް މީހުންގެ ޝައުގު ގެއްލި ދާނެ މީހަކު ނުވުމުން، މުޒާހަރާ އަވަށްޓެރި ސުރީލަންކާގައި ކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ން 12:30 އަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައެވެ. ލަންކާގައި އުޅޭ ދިވެހިންގެ ތެރެއިން މަދުބަޔަކު މިމުޒާހަރާއަށް ދިއުމަށް ގޮވާލާ މީސްމީޑިޔާގައި ދަނީ ޚަބަރު ފަތުރަމުނެވެ.
އިދިކޮޅު ފަރާތްތަކުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް، ލަންކާގައި ހުުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތިގައި ވަނީ މަދުބަޔަކު އެއްވެ އިހުތިޖާޖުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ވުޖޫދުގައި ނެތް އަމުރެއް ތަންފީޒް ކުރުމަށް ގޮވާލާ މަދުބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދާއިރު ގިނަ ބަޔަކު އިދިކޮޅު ފަރާތްތަކުން މިކުރާ ޣައިރު ޤާނޫނީ އަމަލްތައް ހުއްޓާލުަމަށް ގޮވާލަމުންެނެވެ.
ނިޒާރު ކިތަންމެ ވަރެއް އެރުވިޔަސް އިރާދަކުރެއްވިއްޔާ ތިކަމެއް ނުވާނެ.
ވަގުތު ނޫސް ކިއުން މިހާހިސާބުން ނިމުނީ. މިނިވަން ނޫސްވެރިކަމެއް ނެތް. އެޕް ވެސް ޑިލީޓް ކޮށްލަނީ. ހަމަ ތެދެއް.
ހާދަ އަވަހަކަށް ތި ޙަޖަމް ނުބާވީ! އަހަރެމެން އެބަ ބަލަމު ކަނޑައެޅިގެން ރ ޓީވީން ދޮގު ޚަބަރު ފަތުރާއިރުވެސް...... ތިހެން ނޫޅެމު.
ހުސޭނުބެ ރ ޓީވީ ބަލަމުތަ؟
އެއް ވެސް ވިސްނުމެއް ނެތި ކަން ކުރާބައެއް!
އެމީހުން ބަންދު ކުރަން ، އެންމެ ބާރަށް ގޮވީގެސް ހަމަ އެމް ޑީ ޕީ
ކަލޯމެން ކޮންމެ ދުވަހަކު މަގުމަށްޗަށް ނިކުމެ ތިޖަހާ ސަކަރާތުގައި މަށަކަށް ބައިވެރިއެއް ނުވެވޭނެ. ސަބަބަކީ މަގޭ ވަޒީފާއަށް ގޮސް އައިސް މަގޭ އަންހެނުންނަށާއި މަގޭ ކުޑަ ދަރިފުޅަށް ވަގުތު ދީފައި މަށަކަށް މަގުމަށްޗަށް ނިކުމެ ހިޔާލުފުޅުތައް ފާޅުކުރާނެ ވަގުތު ނެތީ. އެކަމަކު ވަކި ތާރީހެއް ކަނޑައަޅާ ހިޔާލުފުޅުތައް ފާޅުކުރުމަށް އެންމެން އެއްވާން ގޮވައިފިނަމަަ މަވެސް ވަޒީފާއިން ޗުއްޓީ ނަގައިގެން އަންހެނުންނާއި ދަރިފުޅު ގެޔައް ދޫކޮށްލާފަ ނިކުމެވިދާނެ. މި ސަރުކާރު މަށަކަށް ކަމަކު ނުދެ.