ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ނުވަ ޒުވާނަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ބީދައަކުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވައިފިއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިހް އިލްޔާސް ވިދާޅުވީ "އަޅުގަނޑު ސުވާލު ކުރަން ބޭނުންވަނީ ކީއްވެގެންތޯ، މިހާ ގިނަ ދުވަސް ވެގެން ދިޔަ އިރު އެއްވެސް ރަހުމެއް ނެތި ޝަހީދުކޮށްލެވުނު ޑރ.އަފްރާޝީމްގެ މައްސަލަ ތަހުގީގު ނުކުރެވުނީ. ކީއްވެތޯ އެ މައްސަލައަ އާއި ގުޅިގެން 9 ޒުވާނުން ރަހުމެއް ނެތް ގޮތުގައި މަރާލެވުނު އިރު ތަހުގީގު ނުކުރެވުނީ. ދެން އަޅުގަނޑު މަރާލިޔަސް މައްސަލައެއް ނެތް. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ ތަޙްޤީޤު ނުކުރާ ކަމަށް ޝައިހް އިލްޔާޝް ވިދާޅުވިއިރު އެކަމުގައި ބައިވެރިވި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުލިއެވެ. އޭގެތެރޭގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހަކު ހިމެނެއެވެ. އެދެމީހުންގެ ތެރެއިން އެކެއް ކަމަށްވާ ހ.ލޮބީ ހުސައިން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވަނީ ތާއިދު ވެސް ކޮށްފައެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ބަޔަކު ފައިސާ ދީގެންކަން ފުލުހުންގެ ތަޙްޤީޤަށް އެނގުނު ނަމަވެސް ފައިސާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެކި ނުލިބިގެން އެމީހުން ވަނީ ދޫކޮށްލާފައެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން އިތުރު ނުވަ ޒުވާނަކު މަރާލި ކަމަށް ޝައިހް އިލްޔާސް ރޭ ތުހުމަތު ކުރިއިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ އަފްރާޝީމްގެ މަރާއި ގުޅިގެން މީގެ ކުރިން ތަފާތު ވާހަކަތަކެއް ދައްކަވާފައެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި އިމްރާން ލިޔުންތަކެއް މުޒާހަރާގެ ބައިވެރިންނަށް ދައްކަވަމުން ވިދާޅުވީ އަފްރާޝީމް މަރާލި ގޮތުގެ ހެކި މިހިރީ ކަމަށެވެ. ނަމަވެސް ފަހުން އެމަންޒަރުގެ ވީޑިއޯ ބެލުމުން އެނގުނު ގޮތުގައި އަފްރާޝީމް މަރާލި ގޮތުގެ ހެކިތައް ކަމަށް ބުނެ އިމްރާން އެދުވަހު ދެއްކެވީ "ހަވީރު" ނޫހުގެ ވެބްސައިޓްގެ ޕްރިންޓް ކޮށްފައިވާ ވެބްޕޭޖްތަކެކެވެ. އެއީ އަފްރާޝީމްގެ މަރާއި އެއްވެސް ގުޅުމެއް ހުރި ލިޔުންތަކެއް ނޫނެވެ.

ޝައިހް އިލްޔާސް ރޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން މީސް މީޑިއާގައި އޭނާ އަށް ވަނީ ކުރިމަތިވެފައެވެ. އެއީ އެއްވެސް ހެއްކެތް ދެއްކުމެއްނެތި ވަރަށް ނުރައްކާތެރި ވާހަކަފުޅެއް ދައްކަވާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

72 ކޮމެންޓް

  1. ޒިޔާ

    ލާރި ކޮޅެއް ލިބުނީތަ... ކަލޭގެ ހައްގު ބަސް ބުނަނީ އަބަދުވެސް އިންތިހާބު ކައިރި ވީމަތަ

  2. Anonymous

    އިލްޔާސްގެ މައްޗަށް ދައުވާ ކުރަންޖެހޭ. މިކަހަލަ މުޑުދާރު ކަންކަން ކުރުމަށް މުޖުތަމައު ހުޅުވާނުލެއްވުން އެދެން. ކުރިން ވަގަށް ގޮވީ. މިހާރު މީހުން މަރާމީހަކަށް މިހަދަނީ. މިއީ ގައުމުގެ ރައްޔިތުންގެ އަހުލާގުނުބައިވެ، ފާސިދުވެ، ބޮޑުވެގެންވާ ފާފައެއް ބޮލުގައި އަޅުމަށް ހުޅުވާލާ ނުބައި ދޮރެއް. އިލްޔާސްއަކީވެސް ވައްކާ އިބިލީހެއް.

  3. އަލިތަކުރު

    އަޅުގަނޑު ދުވަހަކުވެސް އުންމީދު ނުކުރަން މިފަދަ ދަށުދަރަޖަ އަކަށް ޝެއިޙް ވެއްޓޭނެ ކަމަކަށް.. ކުރިން ދެވުނު އިޙްތިރާމް ގެއްލިއްޖެ.

    • ތެދު

      އަލި ތަކުރުގެ ވާހަކައަށް ވަރަށް ތާއީދު..ކުރިން ޝެއިޚުން ތެރެއިން އެންމެ މަގުބޫލް ފަރާތަކީ ޝެއިޚު އިލްޔާސް...އެހެނަސް އެކަމެއް މިހަަރަކު ނެއް..ވވވވ ފޫހިވެއްޖައިން

  4. ރާއްޖެ

    ދީނީ އިލްމުވެރިެއްގެ ފަގުއަޅައިގެން ގައުމުގައި
    ފިތުނައުފެއްދުމަށް މަސއްކުރަނީ އަމިއްލަ ބޭނުންތަކެއް ހާސިލް ކުރާށެބެ މިކަހަލަ މީހުން
    ނަކީ ޖަލުގައި ހައްޔަރުކުރެވެން ޖެހޭ ނުރައްކާ
    ތެރި ކުށްވެރިންނެވެ.

  5. ރަށު މީހާ

    ތި އިލިޔާސް ދައްކާ ވާހަކަ އަހާނި މީހަކު މިގައުމުގަނެތް ކީއްވެތަ ތިވާހަކަތަށް ކުރިން ނުދައްކަ ހުރީ މިހާރު ތިވާހަކަ ދައްކަނީ ރަޢީސް ޔާމީން ކެންޕެއިން އަށް ނުފޫޒު ފޯރުވަން ތިކަމެއް ނުވާނެ އިލިޔާސޫ ކިހިނެއްވެގެން ތިއުޅެނީ ތިކާކުތަ މަގަބޫލު ކުރާގޮތުގައި އިލިޔާސް ތި އިސްލާމްދީން ދެކެ ލޯބިވާމީހެއް ނޫން ހެއްހެއް ތި ފޭކު މީހަގަނޑެއް.

  6. ރީނދޫ

    ތި އިލިޔާސް އަކީ ޔަހޫދީ އެއް...

  7. ރައްޔިތުން

    އަފްރާޝީމްގެ މަރުގެ ކާރިޘާގައި ޟާމިލްވާމީހުންގެ ތަހުގީގުގެ އެންމެ ޞައްޙަ ނަތީޖާ އޭރުގެ މަޤާމުގެ ޙައިޘިއްޔަތުން އެނގިފަ ހުންނާނީ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު އަށް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތް - ރާއްޖޭގެ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ސްޓޭޖްގައި ވަހީދު ވާހަކަ ދައްކަމުން އެކަން ސިޔާސީ ބޮޑު މީހެއްގެ ގައިގާ ޖެހޭ ކަމަށްވެސް ބުނި ކަމަށް ވަނީ

    • 3ނިރު

      އެކަން ތަހްގީގު ކުރުމަށް އިސްވެ ހުންނެވި ރިޔާާާާޒު ބުނެފަވަނީ ހަމަގައިމުވެސް އެކަމުގަ ޔާމީނު ނުހިމެނޭކަމަށް އެއީވެސް ރިޔާޒު ޔާމީނާ ދެކޮޅުވީފަހުން ހެއްކެންނެތި މީސްމީހުންގެ ބޮލުގަ މިފަދަ ބޮޑެތި ތުހްމަތު އަޅުވާ މީހުނަށް އިސްލާމްދީނުގަ ޢޮތީ ކޮން ޙުކުމެއްކަންވެސް އިލްޔާސް ވިދާޅުވެދެއްވި ނަމަ ތާހިރުވީސް

      • މުޙައްމަދު

        އިލްޔާސްވެސް ވިދާޅެއް ނުވެޔޭ ޔާމީނެކޭ. އެ ވިދާޅުވަނީ ކީއްވޭހޭ ތަހުގީގު ނުކުރެވެނީ. އެނމެ ތިން މީހުންހޭ އެކަމެއް ކުރީ. ފައިސާ ހަރދުކުރި މީހުން ނުހޯދުނީ ކީއްވެހޭ. ސާބިތުނުވެޔޭ ކިޔާ ފައިލު ބަނދުކުރަން އަވަހެއް ނޫންހޭ. ޕެންޑްރއިވް ގަނޑެއްހާ ހިސާބުވެސް ނެތީހޭ.

  8. ރާޖްކުމާރު

    މީސްމީހުން ދައްކާ ވާހަކަ އެކިގޮތްގޮތަށް އަނބުރައަނބުރާފަ ލިޔާއިރު ހުދު ތިބާވެސް ގަބޫލެއްނުކުރާނެ އަފްރާޝީމްގެ މަރާއި، އެނޫނަސް ގިނަމަރުތަކުގެ ހަގީގަތް ހޯދިފައިވާކަމަކަށް.

  9. ޯނޯވޭ

    އެއާާ ދަށު ދަރަޖައި ގެ ޢަމަޅެއް ނޫޫން: އަސްޅަކީ އެއީ އެކަމަކު ބައެއް މީހުންނަށް ހަޖަމް ކުރަން އުދަގޫ ވަނީ އެވާހަކަތައް ދެކީމަ.

    • Anonymous

      އެމީހާ އަމިއްލަ ލޮލުން ދެކި ހެކިނެތް ހާލަތެއްގައި އެފަދަ ބޮޑެތި ވާހަކަ ދައްކައިގެން ނުވާނެ. ގައުމުގައި ޕޮލިހުން ތިބެނީ ތަހުގީގުކުރުމަށް. އިލްޔާސްއަކީ ގޭގައި ހުރި ފަރުދެއް. އޭނަގެ ހައިސިއްޔަތެއްނޫން ތަހުގީގުކޮށް ތުހުމަތު ކުރުމަކީ. ފަސާދައުފެދޭގޮތަށް ވާހަކަ ދައްކަން އިންސާނުން ނިކަމެތި ކުރައްވާނދޭވެ. އާމީން.

    • ޢަލީ އަހުމަދު

      ކަލެވެސް ބައިވެރިވިން ދޯ

    • ފަރުހާދު

      މައްސަލައަކީ ދީނީގޮތުން އެވަރުގެ ތަންދޮރު ދަންނަ މީހަކު މީހުންގެ އަދަދު ބުނެލާ، އެކަމުގެ އެހާވަރުގަދަ ހެކިހުރިއިރުވެސް މިހާދުވަހު ފޮރުވައިގެންހުރެ ސިޔާސީ ޕޯޑިއަމްގަ އެވާހަކަ ދެއްކީމަ.

  10. އާބިދާގެ މުހައްމަދު

    ދީން ދޮލަނގަށް ލައިގެން ވިއްކާ ކަލޭގެދޯ. ތިކަލޭގެ ފުލުހަށް ހާޒިރުކޮށްފަ ތިބުނާ ނުވަމީހެއްގެ ވާހަކަ އަހާލާއިރަށް ބުނާނެ މަ އިތުބާރުކުރާ މީހަކު ބުންޏޭ އެހެން މަށަށް އެނގިގެން ދެއްކި ވާހަކައެއް ނޫނޭ

  11. ފިރުޓޭ

    އާނ މިވެރިންނަށް ހޭވެރިކަން ވާނީ އިންތިޚާބެއް ބޯމަތި ވީމަ! އެފާޑަށް އުޅުނު ކޮންމެވެސް ސަހީމެއްވެސް އަންދުލުސް އޭ ކިޔައިގެންވެސް! ހުސް ރޯނު އެދުރުން! ހަމަ އަސްލޭ!

  12. ޙަސީބް

    ޢިލްޔާސް ބުނެދެން ޖެހޭ ކޮންނުވަޒުވާނުން ނެތްކަން މަރާލީ

  13. ޒާ

    މީދެން ކޮން ބޯނުރާންޗެއްތަ؟

  14. ސަނދުވާ

    މާތްކަލާކޮއްޓަކާ، މި ޝޭޚު މިހިރީ ސޭކުވެފައި. މި ކަލޭގެ ފައިސާޔަށް ނަފްސް ވިއްކަމުންގޮސް މިހާރު މިހިރީ ދުނިޔޭން މޮޔަވެފައި. އަވަހަށް މޮޔައިންގެ މަރުކަޒަށް ގެންގޮސް ފަރުވާދޭންފައްޓަވާ.
    އަދި އަވަސް ތަޙުޤީޤެއް ހިންގެވުމަށް ގޮވާލަން. މީނާޔަށް ބޮޑު ޙުކުމެއް އަންނަން ޖެހޭ.

  15. ވަރަށްދެރަ ކަމެއް

    އިލްޔާސްވެސް ދެން ސޭހަކަށްވިޔަސް ނޭންގޭ ވާހަކަ ނުދެއްކިޔާ ދޯ ރަނގަޅުވާނި. ހީވާ ހީވުމަށް ވާހަކަ ދެއްކުމުގެ ނުބައިކަން އިލްޔާސަށްވެސް އެނގިލައްވާނެކަމަށް މި ބަލަނި. އެހާ ޔަގީން ކަމާއެކު އެނގޭ ކަމެއް އޮތިއްޔާ ކޯޓަށްގޮސް ސާބިތު ކޮށްދިނުން ކީއްތޯ މުޖުތަމައު ފަސާދަކުރަން ތިޔަޒާތުގެ ވާހަކަ ނުދައްކަވާ.

  16. ނައިންޓީ

    ތިގޮތަށް ވާޖިބުއަދާކުރަންތޯ ރިސްވަތު ހިފައިން ކޮންމެ ފަސް އަހަރުން އެއް ފަހަރު ވެރިކަން ވައްޓަން ހިފާ ޕޯޑިއަމަކަށް އަރަނީ؟ ބަލަ މޮޔަޔާ، އަފްރާޝީމް މަރާލިއިރު ވެރިކަމުގައި ތިބި މީހުނާ ސުވާލްކޮށްބަލަ. ކީއްވެތޯ ކޮށިއަރައިން ތިޔައުޅެނީ. އިލްޔާސް ތިޔަދައްކާވާހަކަތަކަކީ ކިޔަވަން ހުރިއިރުވެސް ހިތުދަސްކޮށްފައިވާ ވާހަކަތަކެއް ކަމަށް ވާތީ ފިސާރި ދޫ ފަސޭހަވާކެ. ނަމަވެސް މިޒަމާނުގެ މައްސަލަތަކާގުޅުވައިގެން ޒަމާނީފިގުހީ މުޢާމަލާތުގެ ތެރެއިން ތަހުގީގީ ނަޒަރަކުން ބަލާނަމަ ތިޔަދެއްކި ވާހަކަ ތައް މިއަދުގެ މުޖްތަމައަކަށް ފިޓެއްނޫން. ތިޔަގޮތަށް ވެރިކަމާ ދެކޮޅަށް ނިކުންނަން ފާޅުގަ ގޮވައެއް ނުލެވޭނެ. ގާސިމް ދިން އޮޑީގަ މަހަށްދޭ.

  17. ރާއްޖެ

    އިންތިހާބަށް މަހެއްވާ އިރަށް މީނާ ކުރާ ދީނީ ވިޔަފާރިން ކުރިއަށް އޮންނަ ފަސް އަހަރަށް އުޅެލެވޭ ވަރު ފައިދާއެއް ހޯދާ މީހެއް މީ.

  18. ފާތުމަތު އިބުރާހިމް

    މިނުބާމީހާ މިގައުމު ފަސާދަކުރިޔަނުދީ ޕާސްޕޯޓުހިފަހަޓާ!

  19. ޙުސޭނު ބެއި

    ބަލަގަ. ޙަގީގައް ފާާާޅުވީ ދެންމަތޯ؟؟. ނޫނީ އިލްޔާާާސް އުފަންވީީީީީީ އިއްޔަތޯ؟؟. ޙަގީގަތުވެސް ހަގީގަތުވެސް ތީ ވަރަޢްދަަަަށު ދަރަޖައަށް ވެއްތުނޭ!

  20. ނަސޭހަތެއް

    އެންމެ ރައްޔިތުންނަށް ބުނެލަން އޮތީ އަނިޔާ ކުތިޔަސް ކެތް ކުރެވިދާނެ! އެކަމަކު މިތަނުން އިސްލާމް ދީން އެންމެ ހިނދުކޮޅަކަށްވެސް ފޮހެވިގެންދާން އެދެންތޯ!

  21. އަލީ

    ތުކަލޭގެ ހިފާހަްޔަރުކުރުމަށް ފުލުހުންނަށް ގޮވާލަން ވޯޓުލާމޫސުމުގަ ޖީބުތިޔާގެ ކޮށްލަން އަިސް ދީން ވިއްކަންފެށީދޯ

  22. ާހިޔާލް

    ޝައިހް މޮޔަ ގޮވަނީ ދެއްތޯ. ޝެއިހް އިލިޔާސްގެ ކުރީގައިި އޮތް ޝައިހް ކަނޑާލަން ފެނޭ އަޅުގަނޑަށް އެއީ މިވަގުތު މީނާ ހުންްނެވީ ރަގަޅަށް ކަމަށް ނުފެނޭ.

  23. ޝާނާ

    ތަޙްޤީޤީ މަރުހަލާ ނުނިމި ހުރި މައްސަލަތަކާއި ބެހޭ ގޮތުން ޢާންމުންގެ ހިތަތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އިލްޔާސް މިފަދަ ވާހަކަ އެއްދައްކާފައިވާތީ އިލްޔާސްގެ ބަޔާނެއް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ދައްނަވާލަން!!

  24. ސޭކު އިލްޔާސް

    މީނައަކީ މުޖުތަމައަށާއި އިސްލާމް ދީނަށް ހުރި ނުރައްކަލެއް...މީނާއަކީ ސައިޒަށް ކަނޑާލަން ޖެހޭ މީހެއް!

  25. ާިއައިސާ

    ޢަންނި ގެ ވެރިކަމުގަ ކަލޭމެން ކުރިކަމެއް އެއީ... ރައްޔިތުންގެ އިތުބާރުގެއްލިފަ ހުރި މިީހެއްތީ.. ދެން ބަލައެއް ނުގަންނާނެ ތިހަދާ ދޮގުތަކެއް...ޢަބަދުވެސް މީނަ ފެންނާނެ ލާރި ގަންޑެއް ލިބޭރައް އަގަތަޅުވަން ނިކުންނާނެ...

  26. މުހަންމަދު

    އަބްދުއްލާ ރިޔާޒް ނުންތޯ އެފްބީއައި ގެނެސްގެން ގާފުރޮޅީ

  27. ާަެރަމއު

    މިފަހަރު މީނޔަށް ރިސޯޓެއް ލިބެޔޯ ދެނީ ގާސިމޯ

  28. ބޫސުފުޔާން

    ށޭހު ކަލޭތިއުޅެނީމާމޮޅޮވެގެން ދަލީލުނޫރުދާސްވެގެން މަޔާހޮކި

  29. ޖޮއްބެ

    ކާސިންބެ އަތުން ކަންނެލިދޯންޏެއް ލިބުނަސް ތިޔައީދެން ބޮޑުވަރު އިއްލަބޭ....!

  30. ސަމީލް

    އެއްމެ ބޮޑު ދޮގަކީީ ހީއެއްގެ މައްޗައްދައްކާ ވާހަކަ ކަމަށް ހަދީސް ބަސްފުޅުގަވޭ. މިވަރު މިކަލޭގެޔަށްނޭގެނީބާ ހަމަ ސޯސަލް މީޑިޔާއިން އެއްޗެއް ފެންނައިރަށް ތިމާގެ ދަރުސްގެބަޔަކަށް އެހަދައިގެން ރޮއިހޭރި އެހެންމީހުންނަށް ބިރުވެތިވާން ގޮވާއިރު

  31. ފައިނު މީހާ.

    ޙައްޤުގެ ބަސް ބުނުމަކީ ވަކި މޫސުމެއްގައި ކުރަންޖެހޭނެ ކަމެއްކަމަކަށް ނުދެކެން.

  32. ކީޚޭ

    މިހާރު އިލްޔާސްމއްޗެއް ދައުވާކުރެވޭނެ ކުށެއް ސާބިތްނުވާހާ ހިނދަކު އެބައެއްގެ ބޮލުގާ އެކަ މެއްނޭޅުވޭނެ އެހެވެ މަމިބުނަނީ އިލްޔާސްއަކީ ސޭހެއްނޫނޭ 2 ހަދީއްސެއް ދަސްކޮށްގެން އަތު fންފައިންމަސައކަތްނުކޮށް ދީންބޭނުންކޮށްގެން ފިތުނަ އުފައްދާގެން ލާރިހޯދާ މީހެކޭ

  33. ހިންދުކޮލު

    ތި ޝޭޙްއިލްޔާސް އަކީ އަބަދްއްވެސް ސާބިތް ނުހިފޭ
    ޥާހަކަ ދައްކާމީހެއް

  34. އަހަންމާ

    ކީއްކުރާނީ މިހިރީ އިލްޔާސް ގެ ވައްތަރު ލަދުން ބޯ ހަލާކު

  35. ޚަބަރުދާރީ

    ހަގީތުގައިވެސް މިހިރީ ހެކިކަމުގައިބުނެ އެކަމާއި ގުޅުންނެއް އެއްޗެއް ރައްޔަތުންނަށް ދުރުން ދައްކައިގެން ރައްޔަތުން މަގުފުރައްދަން އުޅުނު ކަމުގައިވަނީނަމަ ތިޔަ ޝޭޙަށް ދެވޭ އަދަބު އަދިވެސްކުޑަ. ދެން މިޝޭޙު ެއެކިޔާއެއްޗެއްގެ ހަގީގަތް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް. ޔަގީނުންވެސް މިޝޭޙުންގެ ދީނީފިކުރާއި ޑރ.އަފްރާޝީމްގެ ދީނީފިކުރާއި އުޑާއި ބިމާއިހާ ތަފާތު.

  36. އަބްދުއްލާ

    އިލްޔާސް އަކީ ބަގަރާސޫރަތުގެ 11 12 ބުނާފަދަ ފަސާދަ ވެރިއެއްބާ؟ . ތިމާ އަށް ހުރިހާކަމެއް އެގިހުރި އިރު ހެކި ފޮރުވަން މަސައްކަތް ކުރައްވާނީ ކީއްވެތޯ ؟ކީއްވެތޯ ފުލުހުންނަށް ހެކި ނުދެވިގެން އުޅެނީ . ކީއްވެތޯ އަފަރާސީމް މަރާލަން 4 މިލިއންރުފިޔާ ދީގެން އުސްފަސްގަނޑުން ނިކުމެގެން ގޮސްކަމަށް ހުމާމް ބުނާއިރު އިލްޔާސް އަށް ވެސް އެގިހުރެ އެރޭވުމުގަ އިލްޔާސް ވެސް ބައިވެރިވެ ހުންނަވަިއިގެންތޯ އެގަތުލު ހިންގީ .އެހާރަނގަޅަށް ހުރިހާކަމެއް އެގިހުރިއިރު އެކަނަކަން މިހާތަނަށް ސިއްރުކޮށްގެން ހުރީ 4 މިލިއަންރުފިޔާ ބޭނުންވެގެންތޯ ؟ މިހާރު 4 މިލިއަން ނުލިބުނީމަތޯ ތިޔަވާހަކަ ވިދާޅުތިޔަވެވުނީ ؟އަދި އަފަރާސީމްގެ ގަތުލާ ގުޅުހުރި 9 މީހަކު މަރުވެއްޖެ ކަން ވިދާޅުވުމުން އަފްރާސީމްގެ ގަތުލުގަ އިލްޔާސް ގެ އަތެއް ވެދާނެކަމަށް ތުހުމަތު ކުރެވިއްޖެ. އަފްރާސީމަކީ އިލްޔާސް މެނާ ދީނީ ހިޔާލަް ތަފާތު ހުންނެވި ބޭފުޅެއް . އެހެންވީމާ އިލްޔާސް މެންގެ ރޭވުމަކުން އަފްރާސީމް އަވަހާރަ ކޮށްލީ ނޫންބާ ؟

  37. ާއަހްމަދު

    އަޅުގަދަށް ފެންނަނީ މީހުން ގިނަ ތަނަނަކު އިލިޔާސްގެ އަނގަ ހައްދު ޖަހަން

  38. ޓަވަރު

    އެހެންވީމަ އިލިޔާސްއަށް އެނގޭތާ އަފްރާޝީމް މަރާލި މީހުން!

  39. ރެކިހުތާ

    ހަގީގީ ދީނީއިލްމްވެރިންނަކީ ޕޯޑިއަމްތަކަށްއަރައި ވަކިބަޔަކު ރުހޭގޮތަށް ވާހަކަ ދައްކާބައެއްނޫން. ހަގީގީ ދީނީ އިލްމްވެރިންތިބޭނީ އިލްމާއި އިސްލާމީ ރިވެތި އަހްލާގް ދަސްކޮށްދިނުމަށް އެބޭފުޅުންގެ މަދަރުސާގައި ނުވަތަ ކިޔަވައިދިނުމުގެ މަގުގައި. އެއީ ނޫންތޯ އިލްމްވެރިންގެ މަސްއޫލިއްޔަތަކީ. މިއަދު އަޅުގަނޑުމެން މިދެކޭ ނުރައްކާތެރި ނުވަތަ ދީނާއި ދުރުމަގަށް މިސްރާބުޖަހާފައިވާ މުޖުތަމައު އަލުން އަނބުރައި އިސްލާމީ ގިއުގަނޑުތެރެއަށް ވެއްދޭނޭ ހަގީގީ ދީނީއިލްމްވެރިން އުފެދިގެން. އެފަދަދީނީ އިލްމްވެރިން މިރާއްޖޭގައި ތިބީ ވަރަށްވެސް މަދުންކަމަށް ދެކެން.
    މާތް ރަސޫލާގެ ހަދީސްފުޅު ކުރައްވާފައިވާކަމަށް އިލްމްވެރިން ވިދާޅުވަނީ، އިސްލާމްދީނުގެ އުސޫލަކާއި ހިލާފްނުވާހައި ހިނދަކު ވެރިޔާއާއި ދެކޮޅަށް ނިކުތުމަކީ ބަޢާވާތްކުރުންކަމަށް. އަދި އެންމެ ނުބައި މީހާއަކީ ތިމާ ވާހަކަދައްކާއިރު އެދެއްކޭ ވާހަކައިގެ ތެދު ދޮގު ނުބަލައި ޖަމާއަތުގައި ފިތުނަ ފަސާދަ އުފެދޭކަހަލަ ވާހަކަދައްކައި އުޅޭ މީހާކަމަށް.
    ޝޭހް އިލްޔާސްމެންގެ ފަރާތުން މިފެންނަނީ އިސްވެދެންނެވި ސިފަތަތްނޫން ދެން އެހެން ކޮންކަމެއްތޯ. ރައީސް މައުމޫނުކަމުނުދިޔައީ، ރައީސް ވަހީދު ކަމުނުދިޔައީ، ރައީސް ވަހީދު ކަމުނުދިޔައީ، ދެން މިހާރު ރައީސް ޔާމީނުވެސް ކަމުނުގޮސް އަނެއްކާވެސް ރައީސް ނަޝީދު ނުވަތަ އިބޫ ކަމުދިޔައީ.
    ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި ރައީސުންނަށް ބަލާއިރު އިސްލާމްދީނާއި އެންމެ ބީރައްޓެހި އުސޫލުތަށް ގެންގުޅުއްވި އެއްބޭފުޅަކީ ރައީސް ނަޝީދު، ފާޅުގައި އައިރު މުސްލިމުން ކުރިމަތީގައި އިސްލާމީ އުސޫލުތަކަށް މަލާމާތްކުރީ ރައީސް ނަޝީދު، ރާއްޖޭގެ ގިނަ ދީނީ އިލްމްވެރިންނަކީ ޓެރަރިސްޓުންކަމަށް ބޭރުދުނިޔެއަށް ދެއްކުމަށް ފާޅުގައި އެހެން ވިދާޅުވެ މިރާއްޖެއަށް އައިރުމުސްލިމުން އެބުނާ ޑިމޮކްރަސީ އާއި އިންސާނީ ހައްގާއި ދީނީ މިނިވަންކަން އަންނަން އެބަޖެހޭކަމަށް ފާޅުގައި ވިދާޅުވެ މަސައްކަތްކުރީ ހަމަ ރައީސް ނަޝީދު.

  40. ފަޤީރު ކަލޯ!

    އޭ އިލްޔާސް ކަލޭގެ މައްޗަށް އަގަ ޙައްދު ލާޒިމު ވެދާނެ! ލާދީނީ ބަޔަކު އަބަދުވެސް ވެރިކަމަށް ގެނައުމަށް ރޮއި ރޮއިފަ ދުޢާ ކުރާމީހެއް ތީ! ދިވެހިންނަކީ ދަންނަބޭކަލުންނަށް ވަރަށް ޤަދަރުކުރި ބައެއް! ނަމަވެސް ކަލޭމެންގެ ސަބަބުން ކަލޭމެންގެ ޤަދަރު ވެއްޓި ރައްޔަތުން ހަޔާން ކެނޑިންގެން އެދިޔައީ! އެބައެއްގެ ނަފުސު އެބަޔަކު އަމިއްލައަށް ހަލާކުގެ ތެރެއަށް އެއްލައިލަނީ! މުސްލިމުންނަށް މަގުދައްކަން ތިބޭ ޢިލްމުވެރިން ނަށް އެއްޗެތި ކިޔަން ފެށުމުން އެ އިލްޒަމް އެޅެނީ އިލްމުވެރިންގެ ބޮލުގަ! އެއީ ތިގޮތައް ފަތުވާ ދޭންފެށުމުން ނިކުންނަ ނަތީއެކެވެ. އެންމެފުރަތަމަ އިލްމުވެރިން އިސްލާޙް ވެގެން ނޫނީ މުޖުތަމައު އިސްލާޙް ވާކަށްނެތެވެ.

  41. ހުސޭނުބޭ

    އިލްޔާސޫ....... މަނިކުފާނުވެސް ބޮއިގެންތަ؟

  42. ހައގުބަސް

    ކޮންމެއިންތިހާބަކަށް މިސޮރު ފާޅުވާނެ.

  43. ޑިމޮކްރަޓިސްޓް

    އަފްރާޝިމް އަވަހާރަކޮށްލަން އަމަލީގޮތުން ހަރަކާތްތެރިވި 9 ޒުވާނަކު މަރާލިއްޔޭ؟ ދެން ކީކޭ މިކިޔަނީ؟ މީހަކު މަރާލީމަ އެކަންފޮރުވަން މަރާލިމީހާވެސް މަރާލީ؟ އަޖައިބެއްނުމީ؟

  44. މާހިރު

    އަފްރާސީމަށް ފާޑުފާޑުގެ ނަން ހަދައިގެން އުޅިނީ މިމީހުން

  45. ޚގ

    ސާބަހޭ "ވަގުތު" ކިހާވަރެއްތަ ދެނީ.

  46. އިބްރާހީމް

    ކަލޯ އިލްޔާސް ކަލޯގެ ރަޙްމަތްތެރި ތުނބުޅި ސޭކުން ކުރެ އަހާބަލަ އަފްރާޝީމް މަރާލީ ކީއްވެތޯ!އަފްރާޝީމް މަރާލަން ޕާކިސްތާނުންގެނައި މީހުނަށް ފައިސާދިނީ ކާކުތޯ މިއުޒިކް ކުޅުމާއި ލަވަކިމަކީ ހުއްދަކަމެއކަމަށް އަފްރާޝީމް ވިދާޅުވާތީ ކަލޯގެ އެކުވެރި މެދުކަށިމަތި ޝޭޚުން އަފްރާޝީމް މަރާލިކަން ކަލޯޔަށް އެގޭނެ،

  47. ފާތިމާ

    އެކަން ތަހްގީގު ކުރުމަށް އިސްވެ ހުންނެވި ރިޔާާާާޒު ބުނެފަވަނީ ހަމަގައިމުވެސް އެކަމުގަ ޔާމީނު ނުހިމެނޭކަމަށް އެއީވެސް ރިޔާޒު ޔާމީނާ ދެކޮޅުވީފަހުން ހެއްކެންނެތި މީސްމީހުންގެ ބޮލުގަ މިފަދަ ބޮޑެތި ތުހްމަތު އަޅުވާ މީހުނަށް އިސްލާމްދީނުގަ ޢޮތީ ކޮން ޙުކުމެއްކަންވެސް އިލްޔާސް ވިދާޅުވެދެއްވި ނަމަ ތާހިރުވީސް

  48. ހަސަން މާހިރު

    މިއީ ދިވެހިންނަސް ފަހަކަށް އައިސްދިމާވެފައިވާ ވަރަށްބޮޑު ވަބާއެކެވެ. އިލްޔާސް ފާޅުވަނީ ކޮންމެ އިންތިޚާބަކަށް މީހުން މަގުފުރައްދާ ބޮޑެތި މުންކަރާތްތައް ހެޔޮ ކުރުމަށެވެ.

  49. ކެރެޓް

    ބޭފުޅާ އެއްބަސްވަންތޯ އަންނިއަކީ މުރުތަދު ވެފަތޯ ؟

  50. ނުރައްކާ!

    އިލްޔާސަކީ ދިވެހިރާއްޖޭގެ ކުރިމަގަށް ހުރި އަމިއްލަ އެދުންބޮޑު ޤައްދާރެއް! ވިސްނާ ފިޔަވަޅު އަޅަންޖެހޭ

  51. ކެރަފާ

    މުނާފިގު އިލްޔާސް އަނެއްކާވެސް މުޖުތަމައަށް ފާޅުވީދޯ މީނައަށް ހަލާކުހުރި.

  52. ބާރީ

    هل هذا شيخ ام فاسق؟ މީ ސޭޚެއް ހޭ ނުވަތަ ފާސިގެއްހޭ؟ އަޅުގަޑަށް ވާޖިބުު އަދާ ވެއްޖެ. ހެޔޮ މަރާލިއަސް.

  53. Anonymous

    ކޮއްމެ ވެރިކަމަކަށް عقيدة ބަދަލުވާ ދެމޫނުގެ ޝޭޙުން ތީ!
    ޖާހާއި، މުދަލާއި، ފައިސާއަށް ދީންވިއްކާ އަމިއްލަޢަށް ޝޭޙް ހެދިގެން އުޅޭ "މިހިޒްބީން" އިސްލާމްދީނުގެ ބުރުސޫރާ ކިލަނބުކޮށް ޙަރާބުކުރުން މިބައި މީހުންގެ މަސައްކަތީ!
    މި މުޑުދާރު ފިކުރުގެ ހިޒްބީ ޝޭޙުންގެ ނުބައިކަމުން ﷲ ގެރައްކާތެރިކަމުން ރައްކާތެރި ކަމަށް މިއަޅާ އެދެމެވެ.

  54. އެހެންދޯ

    މިމައްސަލާގެ ތަހުގީގު ނުނިމިގެންތަ މިހާދުވަސްމިވަނީ؟ އެކަމަކުދޯ؟ ހާދަ ދުވަހެކޭ،..

  55. ކަންނެލި އޮޑި

    މިހާރު ކަލޭ ތިހިރީ އެކަން ހިންގި މީހުންނާ އެކީ ކަންނެލި ބާނަން ގޮސް ވިއްޔަ. މިހާރު ކަލެއަށް އެނގޭނެ ތިހުރިހާ ކަމެއް. ރީނދޫ ޕޯޑިއަމްގަ އޮއްސާ ހުރިހާ ކަރުނަ ހުސްކޮށްލާފަ މިހާރު ކަރުނަކޮޅެއްވެސް ނާދޭތަ ކަލޭ ލޮލުގަ؟ އެއްވެސް ތަނެއްގަ ލައްވާނުލި މީހެއް ކަލޭ ތީ. މިއެއްޗަކު ދެކެ ހާދަ ރުޅިއެއް އަބަދުވެސް މަ އާދެއޭ.

  56. ސާރާ

    އިލްޔާސްގެ ވާހަކަ ބެލިމީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދޭހަވީ އެކައްޗަކީ އިލްޔާސް މަރުހޫމް އަފަރާޝީމްގެ މަރާމެދު ތުހުމަތު ކުރަނީ ޔާމީނަށް ކަމަށެވެ.ސިޔާސީގޮތުން މާފުންނާބު އުސް އަދި ޔާމީން އާ މާޖެލެންޖުކުރެވޭނެ ބޭފުޅުންތިއްބާ އަފްރާޝީމް އަވަހާރަކޮށްލަން ޔާމީން ޖެހެނީ ކޮންސަބަބަކާއި ތޯއަޅުގަނޑު ހިތަށް އަރައެވެ. އަދި އެހާ ދަށު ދަރަޖައިގެ ޢަމަލެއް ކޮށްފާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވެއެވެ. އފްރާޝީމް ރާއްޖެއަށް އައި ދުވަހުން ފެށިގެން އެމަނިކްފާނަށް ތަފާތު އެޓޭކް ދެމުން އަންނަކަން ހުރިހާ ދިވެހިރައްޔިތުންނަށް ވެސް އެނގއެވެ.މިިސްކިތުގައި ނަމާދު ކުރަންހުންނައިރުވެސް ހަމަލާދީފައެބަހުއްޓެވެ. މިސްކިތުން ނިކުންނަން ނުކެރިގެންވެސް އެބައިންނެވިއެވެ. މިކަމަކީ ޔާމީނާ ކޮންގުޅުިމެއް އޮތްކަމެއްކަމަށް ވެސް އަޅުގަނޑުމެން ވިސްނާ ވިސްނާ ނޭގުނެވެ.ސިޔާސީ ގޮތުން ޖެހެންޏާ ޔާމީނަށް މާފާޑު ކިޔާފަރާތްތައް އޭރުވެސް ތިއްބެވެ.މިކަމަކީ ކިހިނެއް ދިޔަކަމެއްކަމަށް އެނގޭނެ ދުވަހެއް އަދި އަންނާނެއެވެ.

  57. ައައިމަން

    ޑރ. އަފްރާޝީމް މަރާލިބައެއް އެންމެރަގަޅަށް އެގޭނީ އަންނިއަށް ، އަންނިއޮތީބުނެފަ އެކަންކުރިމީހުން އެރޭ ފުރައިގެން ބޭރަށް ދިއަކަމަށް . ވީމާ އަންނިއަށް ވަރަށް ރަގަޅަށް އެގޭނެ އެކަންކުރިބައެއް ،އިލްޔާސް އަންނިއާ ސުވާލުކުރުން ރަގަޅުކަމަށް ދެކެން.....

  58. ބޭބެ ޕީވީ

    ހައްގު ބަސް ބުނީމަ ލާރިކޮޅު ލިބުނީ. ހައްގު ބަސް ދޮގުހަދާގެން ދެއްކީމަ ވެސް އޯކޭ ދޯ.

  59. އަހަންމަދު

    އިލްޔާސް މެން ކިތަންމެ ވަރަކަށް އިނގިލި ދިއްކޮށްފަ ވާހަކަ ދެއްކިޔަސް މާތް ﷲ ދެމޫނުގެ އަހުލުވެރީންގެ ދުޢާ އިޖާބަ ނުކުރައްވާނެ.އެއީ ޙައްޤަށްވާހަކަ ދައްކަނީ ކޮންބައެއްކަން ދެކެދެނެވޮޑިގެންވާ ފަރާތް.އެއީ އެއްމެ އިންސާފުވެރިގޮތުގައި ކަންތައްތައް ނިންމަވާ ރަސްކަލާނގެ.އެކަނަލާގެ އަށް ވަންހަނާވެގެންވާ އެއްވެސް ކަމެއް ނެތް.ދީނަކީ ހަމައެކަނި އިލްޔާސްމެން އެއްޗެއްނޫން.ބޭނުން އިރެއގައި ބަދަލުކޮށފަ ބޭނުން ވާހަކަ ދައްކާކަށް.

  60. ޟޫޒާރީ

    ކޮން އެޖެންސީ އެއްގެ ރިޕޯޓެއްބާ!

  61. މިޝީ

    ގައިމުވެސް ކޮންމެވެސް މީހަކު ރުފިޔާދީގެން މަރާލީ......

  62. ކޮކަޑި

    އިދިކޮޅު ފަރާތްތަކުގެ މީހުން ނަށް ތިހުރިހާކަމެއް ތިއެގެނީ އެމީހުން އެކަން ކަމަށް ހިތްވަރު ދޭތި އެމީހުން 9 ދަސްމިކުރީވެސް

  63. ސާބިތު

    ދެނެވޮޑިގަތުން މޮޅީ ﷲسبحانه وتعالى

  64. ސޫރަ

    ހިޔާލު ފާޅުކުން އެމީހަކަށް އަޑުއިވުނު ގޮތަކަށް

  65. ކަލޯބެއްޔާ

    މިފަހަރު ރިޔާސީއިންތިހާބުގައި އަހަރެންވޯޓުލާނީ ގޭންގުތައް ނެތިކޮށްލާ އަދި މިގައުމުން މާރާމާރީތައް އެއްއަހަރުތެރޭ ފޮހެލާނެކަމުގެ ވައުދެއްވާ މީހަކަށް.

  66. ސިމް

    އެމްޑީޕީ މީހުން މިކަލޭގެ ވޯޓާ ކައިރިކޮށް ނެރެެގެން މިއުޅެނީ ޔާމީނަށް ވޯޓް ލިބިދާނެތީ ވޯޓަށް ނުފޫޒް ފޯރުވަން ވެގެން. މީނަ ދައްކާ އެއްވެސް ވާހަކައެއް އެއްވެސް ދިވެހިރައްޔިތަކު މިހާރަކު ޤަބޫލެއްނުކުރާނެ.މިއީ ދެމޫނުގެ އަހުލުވެރިއެއް. ތިމަންނަ ކުރިން ކީ އެއްޗަކާ މިހާރު މިކިޔޭ އެއްޗެކާ ދިމަލެއް ނުވޭ.