އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނާތީ ނުވަ ބިލެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
އެ ބިލްތަކުގެ މަސައްކަތް ކުރިއަށްދާތަން ނުފެންނާތީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ، މިހާރުވެސް ސަރުކާރުން ފޮނުވާފައިވާ ނުވަ ބިލެއް 'ސްޓޮކްގައި' އެބައޮތް ކަމަށެވެ. އޭގެތެރެއިން މިވަގުތަށް ފާސްކުރެވެން ހުރި ގާނޫނުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ މިދައުރު ފެށުމުގެ ކުރިން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގިނަ ގާނޫނުތަކަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ރައްޔިތުން އެއެއްޗެއްގެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް މަޖިލީހުން ފާސްކުރާއިރު 43 މެމްބަރުން ތަޅުމުގައި ތިބެން ޖެހޭނެކަމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުަމަށް ވަދެވަޑައި ނުގަތުމުން ރައްޔަތުންގެ މަޖިލީހުގެ މަސައްކަތް ފުރިހަމައަށް ނުކުރެވޭކަމަށް ނިހާން ވިދާޅުވިއެވެ.
" އިދިކޮޅު މެމްބަރުން މަޖިލީހަށް ސޮއިކޮށްލާފައި ގޮސް ބޭރު ކުޑަ ދޮށުގައި އެބަ ތިބޭ. ކޮމިޓީއަށްވެސް ސޮއިކޮށްލާ އެބަ މުސާރަ ނަގާ ބަރާބަރަށް. އެކަމަކު ރައްޔިތުން އެމީހުން އިންތިހާބު ކުރި ބޭނުން ފުރިހަމަ ކުރެވޭތޯ މިއީ ހަމަ ސުވާލު އުފައްދަން ޖެހޭ ކަމެއް،" ނިހާން ވިދާޅުވި އެވެ.
ނިހާން އިތުރަށް ވިދާޅުވި ގޮތުން ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ބިލެއް ފާހެއް ނުކުރާނެކަމަށާއި މިވަގުތަށް ކުރިއަށް ގެންދަނީ ފާސްކުރެވެން ހުރި ބިލުތަކުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން މަޖިލީހަށް ނުވަންނަންވީ ސަބަބެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައިނުވާއިރު، އިދިކޮޅު ފަރާތްތަކުން މިފަދަގޮތަކަށް އަމަލު ކުރުމުން އެކަމުގެ ގެއްލުން ރައްޔަތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދަނީ ކުރަމުންނެވެ.
އަދި ގިނަ ފަރާތްތަކުން ބުނަމުންދަނީ ޤާނޫން އަސާސީން މެންބަރުންނަށް މަތިކޮށްފައިވާ ޒިންމާ އެފަރާތްތަކުން އަދާކުރަމުން ނުދާތީ އިދިކޮޅު މެންބަރުންނަށް މުސާރަ ހައްޤު ނޫންކަމަށެވެ.
ޢެބޭފުޅުން ކުރަނީ ގައުމީ މަސައްކަތެއް، އަހަރެމެއް ނިހާންޓެމެން މި ކުރަނީ މަޖިލިސް ބޭނުންކޮއްގެން ކާމިނީގެ ވެރިކަން ދެމެހެއްޓުން. ވީމާ އަސްލު މުސާރަ ހައްޤީ އިދިކޮޅު ބޭފުޅުންނަށް
ކޮންމެހެން ނުޖެހޭ 43 ހަމަކުރާކަށް، ކުއްލި ނުރައްކާ ދިގުދަންމާލަންވީމަ ތިބުނާ 43 ހަމަ ނުވިޔަސް އޯކޭ، މިހާރުވެސް ހަމަ އެގޮތަށް ކޮށްލާ. މި ޕީ ޕީ ކުދިންނަށް ހީވަނީ ދިވެހިން ވަރަށް ބޯގަޅިކަމަށް ދޯ!
ޙުރިހަަ ބަޔަކަ ހަރަނ
އިދިކޮޅު މީހުން ތިބެގެންތަ ކުއްލިނުރައްކަލުގެ މުއްދަތު ދިގުކުރީ ؟ ނިހާނުމެންގެ އަތުގައި މިވަގުތު ބާރު އޮތީމާ ޤާނުނާއި ޚިލާފް ހުރިހާ ޖަރީމާއެއްވެސް ތިޔަގެންދަނީ ހިންގަމުންނު؟ ދެން ކޮން އިދިކޮޅުމީހުނެއް މަޖްލީހުގައި ނެތްވާހަކައެއް ؟ ކަލޭމެން ބޭނުންގޮތަކަށް ޤާނޫނުތަށް އަންބޮޑިއަށް ޖަހަމުން ގެންދަން ވީނު ؟
ސަރުކާރު މުވައްޒަފުން ހާޒިރު ނުވާ ދުވަހެއް އޮތިއްޔާ މުސާރައިން ކަނޑާ، މެމްބަރުން ވީމަ މި އޮންނަނީ ކޮން އުސޫލެއްބާ، ހާޒިރުނުވާ އެކަކަށްވެސް މުސާރަ ދެވިގެން ނުވާނެ، އަދި ތިމާމެންގެ މުސާރައަކީ ތިމާމެންނަށް އަމިއްލައަށް ކަނޑައެޅޭ އެއްޗަކަށްވެސް ވެގެން ނުވާނެ،
ހައްގުނޫން ލާރިކައިގެންތިބޭ. އިރާދަކުރެއްވިއްޔާ ގިޔާމަތް ދުވަހުން އެލުއްޗާ ތަކުގެ ބަނޑުންާއި އެލުއްޗާތަކުގެ ދަރިންގެ ބަނޑުންވެސް ހުޅުފަޅާނެ. އިންޝާ ﷲ.
އިދިކޮޅު ފަރާތްތަކުން މުސާރަ ފޭރިގެންވެސް ހޯދާނެ، ޤައުމު ފުނޑާލައިގެންވެސް އެމީހުންގެ އަންބޮނޑިއަށް ބޮޑޫވަނިކޮށް ވީ
ހީވަނީ ސަރުކާެރު މެންބަރުނަށް ހެން ހަލާލަްނުަވާނީ ޔާމިނު އސިްތިއުފާ
ތިތާ ތިތިބަ އެކަކައްވެސް މުސާރަ ހަލާލަތޯ ނިހާން 85 ހާސް 3މިނިޓްމިހިސާބުންޖަލްސާނިމުނީ ވައްސަލާމްއަލައިކުމް