އި ރާއްޖެ އޮތީ ނޮވެމްބަރު 3 ގައި ދިމާވި ފަދަ އުދުވާނީ ހަމަލާއެއްގެ ތެރޭގައި ނޫން ކަމަށް

އިންޑިއާއިން ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އިންޑިއާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަދި ކުރީގެ ފޮރިން ސެކްރެޓަރީ ޝިވްޝަންކަރް މެނޮން ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ސަރުކާރު އިންޑިއާއިން ކަނޑައަޅަންޖެހޭ މަސްލަހަތެއް އޮތް ކަމަކަށް ނުދެކެން،" ބޮޑުވަޒީރު މަންމޯހަން ސިންގްގެ ވެރިކަމުގައި 2011 އިން 2014 އަށް ގައުމީ ސަލާމަތާ ބެހޭ މުޝީރުކަން ކުރެއްވި މެނޮން ވިދާޅުވި އެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަށް އިންޑިއާއިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަސްކަރީ އެހީތެރިކަން ދީފައިވީނަމަވެސް، މިއަދުގެ ހާލަތު ވަރަށް ތަފާތުކަން ހާމަކުރައްވަވާ މެނޮން މިދާޅުވީ ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ގިނަ ގޮތްގޮތުން އިންޑިއާ އިން ވިސްނަންޖެހޭނެކަމަށެވެ.

 

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ޣައިރު ޤާނޫނީ އަމުރު ތަންފީޒު ނުކުރުމުން އިންޑިއާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފަ އެވެ. އަދި ވުޖޫދުގައި ނެތް މިއަމުރު ތަންފީޒު ކުރުމަށް އިންޒިޔާއިން ގޮވާލަމުންދާއިރު، އަމިއްލަޔަށް އިސްތިއުފާ ދެއްވި އަދި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދުވަނީ އިންޑިޔާގެ އަސްކަރީ އެހީތެރިކަމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޛެެބޮަގެރި

    ކޮބަ ތިއޮތި ރަކަނިމަސޮ ކެވިފަ

  2. ބުއްޅަބޭ

    ރަނގަޅުވާހަކަޑައްކާމީހުންވެސް އިންޑިޔާގައި އުޅޭ!

  3. ނުރަބޯ

    އިންޑިއާ ފަދަ ބޮޑުގައުމަކުން މި ކުޑަކުޑަ ދިވެހިރާއްޖޭގެ ދާޚިލީ ކަމެއްގެ ތެރެއަށް ދަނޑިދިގު އުނދުޅި ބޭނީ އިންޑިއާގެ ޕަޕެޓަކު ކުރިން މިގައުމުގައި ވެރިކަން ކުރިއިރު އޭނާގެ ސަބަބުން އިންޑިއާ އަށް ލިބުނު ބޮޑުފައިދާ އާއި މަންފާ އަލުންހޯދުމުގެ ބޭނުމުގަ އާއި ޗައިނާ އަށް ޖެއްސުންކުރުމުގެ ބޭނުމުގައެވެ. މިކަން ޔަގީންވަނީ ދިވެހިރާއްޖޭގެ އެއްމެމަތީ ކޯޓުގައި ތިބި ދެ ފަނޑިޔާރަކު ސަރުކާރާ އިދިކޮޅު ބައިގަނޑުގެ އަތުން ރިޝްވަތު ހިފާފަ އެމީހުންނަށް ފައިދާވާގޮތަށް ނެރެދިން އާދަޔާޚިލާފު އަމުރު ސަރުކާރު ލައްވާ ތަންފީޒުކުރުވަންވެގެން އެ ކުރިމަތި ކުރުވި ފިއްތުންތަކެވެ. އަދި އެހެން ގޮތެއްނެތިއްޔާ ޢަސްކަރީބާރު ބޭނުން ކޮށްގެންވެސް އިންޑިއާގެ ޕަޕެޓް ވެރިކަމަށް ލައިގެން ކުރިންވެސް އެ ލިބުނު ފައިދާގަނޑު ހޯދަން އިންޑިއާއިން ތައްޔާރުވެސް ވިއެވެ. އެހެންނަމަވެސް މާތްﷲގެ ރަޙްމަތް ފުޅުން މިގައުމުގެ މިނިވަންކަމާ މާތްވެގެންވާ އިސްލާމް ދީން ރައްކައުތެރި ކުރެއްވުމުގައި މިފަހަރު މެދުވެރިކުރެއްވީ އެކުވެރި ގައުމެއް ކަމަށްވާ ޗައިނާއެވެ. ޗައިނާއިން އެދިން ވަރުގަދަ އިންޒާރަކީ ކުޅޭކުޅޭ ކަމެއްނޫންކަމާ ޗައިނާގެ ޢަސްކަރީ ބާރުގެ ގަދަކަން އިންޑިއާއަށް ގަބޫލު ކުރެވިފައިއޮތުމުން، ދެން އެގޮތުން ކުރެވޭނެ ކަމެއްނެތަތީ ރާގު ބަދަލު ކޮށްލީއެވެ.

  4. ހުސޭނުބޭ

    އޮޅެގެންވެސް ތި ބުނެވުނީ ރަގަޅަށް. ކަލޭމެން އަހަރެމެންނަށް ދަތިކޮށް ބިރުދައްކާ ކޮންމެ ފަހަރަކު ކަލޭމެންގެ އެންމެ ބޮޑު ވާދަވެރިޔާ އަހަރެމެންނާ ކައިރިވާނެކަން ހަނދާން ބަހައްޓާތި. އަހަރެމެންގެ ފަހަަތުގައި ޗައިނާ އޮންނާނެ.