ޕީއެސްއެމް ހަރާބު ވެއްޖެކަމަށް ބުނެ ކުޅިވަރު ޚަބަރުތައް ކަވަރު ކުރާ ނޫސްވެރިޔާ ހަފްސީ އަބްދުﷲ ޕީއެސްއެމް އިން އިސްތިއުފާދީ އޭނާގެ ސިޔާސީ ފިކުރު ޕްރޮމޯޓް ކުރަން ނިކުމެއްޖެއެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކަށް ތާއިދުކޮށް އެކި ފޯރަމްތަކުގައި ވާހަކަ ދައްކާފައިވާ ހަފްސީ ޕީއެސްއެމް އިން އިސްތިއުފާ ދިނީ އިއްޔެ އެވެ.

އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ނ.އަތޮޅު މަނަދޫ ދާއިރާ އަށް ކުރިމަތިލުމަށް ހަފްސީ މިހާރު ވެސް ކެމްޕޭން ކުރަމުންގެންދާ ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ.

ހަފްސީ އިއްޔެ ޕީއެސްއެމް އިން އިސްތިއުފާ ދިނުމަށް ފަހު އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނީ އޭނާ ދައުލަތުގެ މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން މިނިވަން މީޑީއާއެއްގައި މަސައްކަތް ކުރުމުގެ ނިޔަތުގައެވެ.

"އެހެންނަމަވެސް މިއަދު ދައުލަތުގެ މީޑިއާ ޕީއެސްއެމް ގައި ކަންކަން ހިނގަމުން ދަނީ އެގޮތުގެ މަތިން ނޫންކަމުގައި ހިތާމައާއި އެކު ދަންނަވަމެވެ. ދައުލަތުގެ މީޑިއާގައި އަޅުގަނޑު ހޭދަކުރި ދިގު މުއްދަތުގައި މިމިންވަރަށް ދައުލަތުގެ މިީޑއާގެ ހިންގުން ޚަރާބުވެގެން ދިޔަ ފަހަރެއް ނާދެއެވެ." ހަފްސީގެ ބަޔާނުގައި ވެއެވެ.

ހަފްސީ ކުރި ޓްވީޓެއްގައި ބުނީ އޭނާ އަނިޔާވެރިކަމާއި ދެކޮޅު ކަމަށާއި އިދިކޮޅު ކޯލިޝަނާއި އެކު ސާބިތުވެ 23 ސެޕްޓެމްބަރ ގައި އަނިޔާވެރިކަން ނިންމާނަން ކަމަށެވެ.

ހަފްސީ ޓީވީއެމް އާއި ގުޅުނީ 2005 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ލަމްޙާ

    މީނަ މަރުވެފައޮއްވާތާ ޓީވީމޯލްޑިވްސް އެހެންނަމަކަށް ރިބްރޭންޑްކޮށް އަންނިގެ ކުޅިގަނޑުކުޅޭ ޖާޑީއަކަށް ޓީވީއެމްހަދައިގެން ބަޔަކު އެ އުޅުނީ؟ މިޙާރު ދިރުނުއިރު އެކަން ނެތީމާތާ މީނަ ޚަރާބުވެގެން މި އުޅެނީ؟

    • ލިއޯ

      އޭނަ ޖޮއިން ކުރީ 2015ގަ

  2. ކޮޔާ

    ޕީއެސްއެމް ދޫކޮށް ރައީސް ކަމަށް ކުރިމަތި ލިނަމަ

  3. ކުޑޫ

    ގޮނޑި ބޭނުންވީމަ ސިއާސީ ގޮތުން ވަކި ކޮޅަކަށް ޖެހުނީމަ މިހުރިހާ ދުވަހު ކާންދިން މީހުންމަތިން ހަނދާން ނެތުނީ. މީނަ ހޮވުނަސް ވާނީ އެހެން. ރައްޔިތުން ހޭއަރާ

  4. ބުއްޅަބޭ

    23 ސެޕްޓަމްބަރގައި ޔާމީނު ހޮވުނީމަ ދެން ކޮންތާކަށް ވަންނާނީ!

  5. ހައްހައް

    ހަފްސީ ތީމާއެނގިގަނެގެން އުޅޭމީހެއް
    ކުލަބުތަކުގެ ނަންވެސް ކިޔާނީ ރޯނުބައިކޮށް

  6. ސިއްރު ހެއްކެއް

    ޑޮޅަރު ބޮނޑި ޅިބުނީތާދޯ

  7. ޣާދިރު މަނަދޫ

    ކަލޯ ކަލެއަކީ އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން.. މަނަދޫ ދާއިރާގެ ގޮޑިލިބޭނީ މަނަދޫ މީހަކައް..ވަރައް. ސަލާމް..

  8. ރާޅު ބޯއީ

    ހަފުސީއަކީ ކާކުކަން އެނގޭ. އޭނާގެ ފިކުރާ ވިންދު އެނގޭ މޮޔައިންނާ ގުޅޭނީ މޮޔައިން

  9. މެޑަމް އައިސަ

    ފަހުން ދެރަވާނެ

  10. އައްބެ

    ޑީ.ޕީ.ޕީ.އެމް މިޑީއާ....

  11. Anonymous

    ދައުލަތުގެ މީޑިޔާއަކީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާ އެކު އޮންނަ މީޑިޔާއެއް. ހަފްސީ ހުވަފެނުގަ އެތަން އދ ހެދިފަ އޮއްވަ ފެންނާނީ.

  12. ޖާނަލަިސްޓް

    އޭނަ އެ ދައްކާ ވާހަކަ އެއީ އަހަހރުންނަށް އާ ވާހަކަ އެއް ނުނ. ޢެކަމ އެތަން ފެންނާނެ ދެލޮލެއް ނެތް. ޕީއެސްއެމް ގަ އުޅެވޭނީ ޕަޕެޓަކަށް ވެގެން. ކީތް ކުރާނީ، ވަޒީފާ މުހިންމު އެންމެނަށް ވެސް. ލާރި ވެސް ބޭނުން ވާނެ?

  13. އަފީފު

    މި ދެން ކާކުތަ. މީހެއްނަމަވެސް ރަނގަޅު. ފުރަތަމަ އަމިއްލަ ދިރިއުޅުމުގަ ހާވާފަ ހުރި ހަނޑިއާދޭތެރޭ ވިސްނާލާ.

  14. ފާތުމަ

    ޙަފުސީ ކަލެއަށް ވަރަށް ވިސްނޭ.???

  15. މަރީ

    ހަފްސީގެ ތިޔަ ނިންމުމަށް ހަމަ ސާބަސް.. ސާބިތު ކަމާއެކު ކުރިޔަށްދޭ. ތިހެން ކެނޑެމުންގޮސް ހީނުވެ އެކަކުވެސް ތިތާ ހަރުލާނެހެން.

  16. އަލިބެ

    ޕީއެސްއެމް ގައި އަޅުގަނޑުވެސް މަސައްކަތް ކުރި މީހެއްގެ ހައިއްސިޔަތުން ބުނެލާނީ އެތާ މަސައްކަތް ކުރެވޭނީ ހަލީލް ބުނީމަ ގުދައް އޮންނަ މީހުންނަށެ. އެކަނލޭގެ މުޅި ޕީއެސްއެމް ހަރާބު ކޮއްލާ މުޅިތަން ރަވަޑި އަރުވާލާފި. ވިކި ހުސްވެފަ ހަލީލް ހުރީ. ހަފޮސީ ނޫނަސް ތިތާ ރަނގަޅު އެކަކު ހަރު ލިޔަސް. ހަސްސީ އަކީ ހަމަ ލާމަސީލު ނަމޫނާެއެއް.

  17. އުސްމާން

    މަނަދޫ ދާއިރާގައިވެސް މުޅި ނޫނު އަތޮޅުގައިވެސް ހަފްސީއަށް ތާއިދު އޮންނާނެ. އެހެންވީމާ ތިނިއްމުމަށް ވަރަށް ތާއިދު ހަމަ. ކުރިއަށް ކުރިއަށް ޞަޜާށް ޚޫޜިޢަށް

  18. މމިސނޖދޖ

    މީދެން ކާކު. ތަންކޮޅެއް ފަރިތަކޮށް ހަބަރު ކިޔާލެވުނީމަ މިވަރެއް ނެތިގެން މިއުޅެނީ.

  19. Anonymous

    ބަލާއެއް މި ވަގުތު ނޫސް
    ޙަފްސީ ބުނީ ޕސމ އާއި ގުޅުނީ މިނިވަން ނޫސްވެރި ކަމެއް ކުރަންށޭ
    އެކަމު އޮލުވަލީ

  20. Anonymous

    ތީ ވަރަށް މުހުންމު ނިންމުމެއް. ދެމީދާ ފެހި ބުޅަލަށް ހަފްސީނުވިއްޔާ ހަމަރަނގަޅު