ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އަލަށް ހެދި ފުޑް ކޯޓަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 19 ފަރާތަކުން ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯއިން ބުނީ އަލަށް ހެދި 26 ފުޑް ކޯޓު ކުއްޔަށް ދޭން ޖެނުއަރީ މަހު އިއުލާންކުރުމުން ބިޑް ހުށަހެޅީ 22 ޔުނިޓަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެވޯޑް ނޮޓިފިކޭޝަން ފޮނުވާފައިވާ 19 ފަރާތަކާ އެކު ކުރިޔަށް އޮތް ހަފުތާގައި އެގްރިމަންޓްގައި ސޮއިކުރަން ފެށޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ..

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޑްކޯޓުގެ 26 ޔުނިޓްގެ ތެރެއިން އަމީނީމަގާވީ ފަޅީގައި ހަދާ ދެ ބްލޮކް ނިމި، މިހާރު ވަނީ އެތަނުގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ފަށައިފަ އެވެ. އަދި އެ މަސައްކަތް މިމަހު ނިންމައި އޮޕަރޭޝަން ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އިއްޒުއްދީން މަގާވީ ފަޅީގައި ހަދާ ދެ ބްލޮކްގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމައި މެއި މަހު އޮޕަރޭޝަން ފެށޭނެ ކަމަށެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ. އެ ތަނުގެ އަކަފޫޓެއް ކުއްޔަށް ދޭން ނިންމީ 53ރ. ގެ ރޭޓުންނެވެ. އަދި އެތަނުގެ ޔުނިޓެއް ކުއްޔަށް ދެނީ ފަސް އަހަރަށެވެ. އޭގެ އިތުރުން ތިން މަސްދުވަހުގެ ކުލި އެއް ފަހަރާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ކުލީގެ މުއްދަތަށް ބަހާލައިގެން މަހަކަށް ޖެހޭ މިންވަރުން އުނިކުރެވެ އެވެ.

އާ ހާބަރުގައި ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ހަވާލުކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ގެޔަށް ސައިތަށި ގެނެސްދޭންވީނު!

  2. ަޖޙށޙާޛޚށޙާޣާޙ

    ޛާޙޖހާަާޚަޖޙޛާށ