ފުލުހުން ހާމަކުރަމުންދަނީ ސައްހަ ތަފާސްހިސާބު ތަކެއް ނޫންކަމަށްބުނެ އެމްޑީޕީން ފުލުހުންގެ މައްޗަށް ބޮޑަތި ތުހުމަތު ތަކެއް ކޮށްފިއެވެ.

އެމްޑީޕީން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓްވީޓެއްކަމަށެވެ.

އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދަކީ 110 ކަމަށެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 36 އަށް އަރާފަ ކަމަށެވެ. އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފަ ކަމަށެވެ.

އޭގެތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި އެބަތިބި ކަމަށާއި އަދި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު އެބަހުރިކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގޮޅޭ ގޮތުން ޢާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާތީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލާކަމަށްވެސް މިބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދޮންބެ

  ތިމީހުން ފުލުލިން ނާ ތުހުމަތު ނުކުރާޒަމާނެއް ދިޔަބާ

 2. ބައްދު

  އެމް.ޑީ.ޕީ ދޯ؟ ވަރަށް ތެދުހަދާބަޔެއް ލޮލް

 3. ނުރަބޯ

  ސަރުކާރުން ވެސް ފުލުހުން ވެސް ސިފައިންވެސް ބުނިއެއްޗެއް ދުވަހަކުވެސް އެމްޑީޕީ އަށް ގަބޫލު ކުރެވުނުތަ؟ ނުކުރެވޭ. އެހެންވީމާ އެމްޑީޕީން ތުހުމަތުތަކެއް ކޮށްގެން އުޅުނެކޭކިޔާފަ މިސަރުކާރަކަށް އިންޝާﷲ ހީނުވާނެ ކަހެރުވަކެކޭވެސް....!!!

 4. ހުސޭނުބޭ

  ރާއްޖޭ ސިފައިން ބޭއްވި ޕެރޭޑެއްގެ ތެރެއަށް ވަދެ ފަހަތުން އަވަގުރާނަގޮވަމުން ދުވުނީ އެވެސް ފާޑެއްގެ ތުހުމަތެއްތަ؟