ޝެއިޚް އިމްރާން އައިޖީއެމްއެޗްގައި ހުންނެވި ފޮޓޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

ޓެރެރިޒަމްގެ ދައުވާ ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އައިޖީއެމްއެޗަށް ގެނެސްފައިވަނީ މިއަދުއެވެ.

ޝައިހް އިމްރާން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު، އިމްރާނަށް އެކަށީގެންވާ ފަރުވާ ނުލިބި ހާލު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށް މިދިޔަ ބުދަ ދުވަހު އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އަދާލަތު ޕާޓީން އެދުވަހު ބުނި ގޮތުގައި ދެމަސް ކުރިން އިމްރާން ޑޮކްޓަރަށް ދެއްކުމުން ލޭގައި ސޯޑީއަމް މަދު ކަމަށް ބުނެފައިވެއެވެ. އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ކުރި މޭޑޭގެ މުޒާހަރާއާ ގުޅިގެންނެވެ.

މިހާރު އިދިކޮޅު ފަރާތްތަކުން މާލޭގެ އަމާންކަން ނަގާލަން ހިންގަމުންދާ މުޒާހަރާތަކުގައި އިމްރާންގެ އަނބިކަބަލުން ބައިވެރިވެސް ވަޑައިގަންނަވާކަންވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އަވަހަށް ލަންކާއަށް ފޮނުވާ ފަރުވާއަށް! ދެން ފިލައިގެން ދާނީ ޒަބީދަށްކަންނޭގެ!

  2. އަހަންމާބެ

    އެންމެފަހުން އަނބިކަނބަލުންވެސް މިވެރިންގެ މަޅީގައި ޖެހުނީތާ! އީވާމެން ބުނިހެން ޢިމްރާނުވެސް އެހެރީ އެމީހުންގެ މަޅީގައި ޖެހިބެދިފައި، ދެން އެވެރިންގެ ދަލުގައި އަނބިމީހާ ޖެހި ޢަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވުނީމަ ހުންނާނީ ރަނގަޅަށްތާ.

    • ވަކަހަންގަނޑު

      މޫނު ވެސްނަގާ... ހަދީސްގަ ވާގޮތުން އެމީހަކުވާނީ އެމީހަކު ލޯބިކުރާބަޔަކާއެކު. އީވާ، މާރިޔާ މެންގެ ނަން އިވުނަސް ލަދުގަނޭ

  3. ށުމަން

    މީ އިމުޜާނެއް ނޫން. މީ ތ.ނޭކުރެންދޫ މީހެއް. މީނާގެ ނަމަކީ. މޫސާ އިދުރީސް. ރަށުމީހުން ކިޔާނެ ޗީފްބެ ވެސް މީނަ އަށް.ކުރީގަ ބޯޓު ދަތުރު ކުރިީ މީހެއްމީ.. ދޯންޔެއްގެ އިންޖީނު ގަންނަން ކުރި ފައިސާ މުއާމަލާތަކާ ގުޅުގެން ބަޔަކު ކުޜާ ދައުވާ އަކާ ގުޅިގެން ދޫނިދޫގަ 1މަސް ޖަހާފަ ހުރި ގައިދީ އެއް. މީސް މިޑިއާގަ އެބުރޭ ފޭކް ފޮޓޯ ކޮމެންޓް ތައް ނޫސް ތަކަށް މިގޮތަށް އެރުން ދެރަކަމެއް

  4. ވަކަހަންގަނޑު

    އީމާންކަމަށްފަހު ފާސިގު ވުމަކީ ހާދަނުބައިކަމެކޭ

  5. أحمد

    އެހެންތާވާނީ ފިރިމީހާ ވެސް މުޒާހަރާކުރައްޏާ އަނބިމީހާވެސް މުޒާހަރާނުކިޮށް ގޭގަ ހުއްނަންވީ ކީއްކުރަންތޯ!؟
    މުޅިމީހާނިވާވެފަ ހުރި ހުރުން ތީކީ ތަޤްވާވެރި ނިވާވުމެއްނޫންކަން ތިއޮތީ ހާމަވެފަވިއްޔާ!
    އިޙްލާސްތެރި ކަމެއްނެތް ޢަމަލުތަކުގައި ﷲ ބަރަކާތެއްނުލައްވާނެއެވެ.
    މިއަންހެނާގެ ކަންތަށް ދާގޮތްވެސް ދުނިޔޭގައި ތިބިބަޔަކަށްފެއްނާނެ ތޯއްޗެ،

  6. އާއިންތު

    އަތުން ފައިން މަސައްކަތެން ނުކުރަމޭ ތިމައްނައެއް ދުވަހަކުވެސް ވަޒީފާއަކައްވެސް ނުދަމޭ އެކަމު ކައިގެންބޮއެ