ދިވެހި ބަހުގެ އެކެޑެމީ އިން ކުރިއަށް ގެންދިޔަ 33 ވަނަ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރޭ އޮލިންޕަސް ސިނަމާގައި ބޭއްވި ރަސްމިޔާތެއްގައި މި މުބާރާތުންގެ 13 އަހަރާއި ސޯޅަ އަހަރުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި އިސްކޫލުގެ ދަރިވަރު އިސްމާއީލް ރަޒީން އިމްރާން އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި މި އަހަރު 18 މަދަރުސާއަކުން 250 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި މަދަރުސާތަކުގެ ބައިން ވާދަ ކުރުމަށް ތިން އުމުރުފުރާ އަކަށް ހުޅުވާލިއެވެ. މީގެ ތެރޭގައި ހިމެނެނީ، 13 އަހަރުން ދަށުގެ އުމުރުފުރާ އާއި، 16 އަހަރުން ދަށުގެ އުމުރުފުރާ އާއި، 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރައެވެ. މީގެ އިތުރުން، ކޮލެޖު ޔުނިވާސިޓީތަކުގެ ދާއިރާއަށް ވެސް ވަނީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މުބާރާތުގެ މަގްސަދަކީ ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރިންތަކެއް އުފެއްދުމާއި، ތަފާތު މައިދާންތަކުގައި ދިވެހި ބަހުން ފަސޭހަކަމާއެކު ވާހަކަދެއްކުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ވާހަކަދެއްކުންތެރީން އުފެއްދުމެވެ.

"މި ފަންނުގައި ދަރިވަރުން ކުރިއަށްދިއުމަށް މަގުތައް ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތުގެ މަގުސަދެއް, މި މުބާރާތުގައި ބައިވެރިވި ދަރުވަރުންގެ ފަރާތުން އިސްލާހު ކުރަން ޖެހޭ ކަންތަށްތަކެއް އަޅުގަނޑަށް ފާހަގަވެގެން ދިޔަ" އަޝްރަފް ވިދާޅުވިއެވެ.

ރޭގެ ރަސްމިޔާތު ޝަރަފްވެރިކޮއްދެއްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ މި މުބާރާތުން ފެނިގެން ދިޔައީ ވަރަށް ރީތިކޮށް ދިވެހި ބަހުން ވާހަކަ ދެއްކެވިގެން ދިޔަ މަންޒަރު ކަމަށާއި ވާހަކަ ދެއްކުމުގެ ހުނަރަކީ އަދި ފަންނަކީ ވަރަށްވެސް އަގުހުރި ނިއުމަތެއް ކަމަށެވެ.

"މި ފަދަ މުބާރާތެއް ކުރިއަށް ގެންދިޔުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން , ވާހަކަ ދެއްކުމުގެ ހުނަރަކީ ވަރަށް މަތިވެރި ނިއުމަތެއް ކަން އިހުސާސު ހަގީގަތުގައި ކުރެވޭނީ އެ ހުނަރު ހިބިފައި ހުރެ ނަމަމަވެސް އެހުނަރު ދައްކާލުމުގެ ފުރުސަތު ނުލިބޭ މީހުންނަށް " މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑެނީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑެނީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ދިވެހި ބަހަށް ދަރިވަރުން އަހުލުވެރި ކޮށް، ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ތަރައްޤީ ކުރުމަށްޓަކަިއ ކުރިއަށް ގެންދިޔަ މި މުބާރާތަކީ މަރުޙޫމު އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ މުބާރަތެކެވެ. މި މުބާރާތައް އެއް އަހަރުން އަނެއް އަހަރަށް ލިބެމުން އަން ތަރުޙީބު އިތުރުވަމުން އަންނަ ކަމަށް ދިވެހި ބަހުގެ އެކަޑަމީޢިން ވިދާޅުވެއެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ދަރިވަރުން ވާހަކަ ދެއްކި މަޢުލޫތަކަކީ، ދިވެހި ބަހާއި އަދަބިއްޔާތާއި، ތާރީޚާއި ތަގާފަތާއި ޤައުމިއްތާއި ތިމާވެއްޓާއި، އިޖުތިމާޢީ އެކި ކަން ކަމާއި ގުޅޭ ދާއިރާތަކުން ޚިޔާރުކޮށްފައިވާ މަޢުލޫތަކެއް ކަމަށް އެކަޑަމީއިން މަޢުލޫމާތުދެއެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1985ވަނަ އަހަރުގައެވެ.