ރިޔާސީ އިންތިހާބުގައި މާލެ ސިޓީން ވެސް ރައީސް ޔާމީނަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގައި ވާހަކަފުޅުދައްކަވަމުން މޫސާ ވިދާޅުވީ، ރިޔާސީ ރޭހުގައި މާލޭ ސިޓީންވެސް ރައީސް ޔާމީން ކުރިހޯއްދަވާނެކަމަށާއި އިޤްތިސާދީ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެ ރޮންގުން ރާއްޖޭގެ މިހާތަނަށް ދެކެފައި ނުވާވަރުގެ ބޮޑު އަދި ބިޔަ މަޝްރޫޢުތައް މާލޭގައި ކުރިއަށްގެންގޮސްފި ކަމަށެވެ.

މޫސަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙްގެ ހަޤީގަތް މާލޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށާއި މާލެއަށް އަންނަމުންދާ ބޮޑު ބަދަލާއެކު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެކަމުގެ އިޤްތިސާދީ ފައިދާތައް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

"މާލޭގެ ރައްޔިތުން މިމަންޒަރުތައް ވަރަށް ގާތުން ދަނީ ބަލަމުން, ރައީސް ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެންވެސް ޤައުމީ ކަންކަމާއި ޚާއްސަކޮށް މާލެ ކުރިއެރުވުމަށް އިސްސަފުގައި ހަރަކާތްތެރިވަމުން ދިޔަ ބޭފުޅެއް" މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ވަރަށް ބޮޑު ތަފާތަކުން މާލޭގެ ރައްޔިތުން ރައީސް ޔާމީނަށް ތާޢީދުކުރާނެކަން މަގުމަތިން ފެންނަމުން ދާކަމަށާއި މާލޭގެ ރައްޔިތުންނަކީ ވަރަށް ތަންދޮރުދަންނަ ބައެއް ކަމަށެވެ.

"ހަމަގައިމުވެސް އަޅުގަނޑު ދަންނަވާނީ މިފަހަރުގެ މި އިންތިޚާބުގައި ވަރަށް ބޮޑު ތާއީދެއް މާލޭގެ ރައްޔިތުންގެ ފަރާތުން ލިބިގެންދާނެއޭ. ރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވާލާނީ، ބައެއް މީހުން އެބަކިޔާ މާލޭގަ ޕީޕީއެމް އަށް ނުވަތަ ރައީސް ޔާމީނަށް ތާޢީދެއް ނެތޭ. އެހެނެއް ނުވާނެ އިނގޭތޯ" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ މާލޭ ރައްޔިތުންނަކީ ޑިމޮކްރަސީ ވެގެން ކެނެރީގޭ މުޙައްމަދު ނަޝީދު ފަހަތައް އަރައިގެން އޭނަގެ ފޮޓޯއެއް ފާރުގައި ހިއްޕައިންގެން ތިބޭވަރުގެ ގަމާރު ބައެއް ނޫން ކަމަށެވެ.

"ވެރިކަން ހޯދުމުގެ ބޭނުމުގައި ކޯލިޝަނެއް ހަދައިގެން މަސައްކަތްކުރާ މީހުންގެ ތެރޭގައި ދުވަހަކުވެސް ރާއްޖެއަށް ހެޔޮނޭދޭނެ ބައެއް މީހުން އުޅޭ, ރާއްޖޭގެ ޖީލެއް ހަލާކުވެގެންދިޔައީ އެފަދަ ލީޑަރުންގެ ވެރިކަމުގައި, އަދި އިދިކޮޅު ލީޑަރުންންނަކީ ފޮޓޯ ނަންގަވައިގެން މަޤުބޫލުކަން ހޯއްދަވާ ބޭފުޅުން، ރިޔާސީ އިންތިޚާބު މިހާ ކައިރިވެފައިވާއިރުވެސް ފެންނަނީ މިމަންޒަރު" މޫސާ މަނިކު ވިދާޅުވިއެވެ.

މިހަތަރު ލީޑަރުންގެ ފޮޓޯ ބޮޑެތި ފްލައިވުޑް ފިލާގައި ޖަހާގައި ކަމަށް ވިދާޅުވެ މޫސަ ވިދާޅުވީ އެމީހުންގެ ފޮޓޯއާއި ހެދި އިބްރާހިމް މުޙައްމަދު ސާލިޙްގެ ފޮޓޯ ހުންނަނީ ފަންސުރަކުން ކުރަހާފައި ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަށަވަރޭ

    މާލެ ސިޓީން ރައީސް ޔާމީން އަށް ބޮޑު ކާމިޔާބީ އެއް ހޯދަން ޖެހޭނަމަ އެބަޖެހޭ މާލެ އޭރިޔާގެ ވޯޓްލާމީހުންގެ %95 ރައީސް ޔާމީން ހޯއްދަވަން އެކަން ކުރެވޭނެ ގޮތަކީ އެއީ މިހާރު މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް ތިލަފުށިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާނެ އުސޫލުން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން މާލެ ސަރަހައްދުން 100 އަހަރަށް ކުއްޔަށް ދޭނެ ކަމަށް ސަރުކާރުން އިއުލާން ކޮށް އެ އެންމެންނަށް އެބިން ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރުން. އެކަމަކީ އެއީ ކުރެވޭނެ ކަމެއް ކަން ޔަގީންވެ ކަށަވަރޭ މަމެންނަށް.

  2. އައިމިނާ

    މީނަ ލޮލަށްނިދިނާދޭ އެއް އިރެއްގައި މައުމޫނުގެ ނަންފުޅުނުކިޔާ. މިހާރު ކެނެރީގެ ނަޝީދުގެ ނަންފުޅު ނުކިޔާ ނުނިދޭ. ައަބަދުވެސް ކޮންމެވެސް މީހަކާ ޒާތީވެގެން އުޅޭ މީހެއް. ސިޔާސީމީހެއްނޫން

  3. އަލީ

    ޔަގީން ކަމެއް ނެތް ދޯ އެހެންނޫންނަމަ ރީކޯ ބުނާނީ ނުވަތަ ސުރުހީގަ އޮންނާނީ މެޖޯރިޓީ ނަގާނެ ވާހަކަ ދޯ. އިރާދަކުރެއްވިޔާ ޔާމީނުއެއް ނުހޮވޭނެ

  4. ޔާމިން

    އިރާދަކުރެއްވިއްޔާ%54ޕަސަންޓައްވުރެމަތިންރައީސްޔަމިންމިއިންތިހާބްކާމިޔާބްކުރައްވާނެއިންޝާﷲ

  5. Anonymous

    މޫސައާއި ދޭތެރޭ ދެރަވޭ އެމްޑީޕީގައި ހުރިނަމަދޯ ޕޕއެމް އަލަށް ނުލިބޭނެ އެއްވެސް ތާއީދެއް ވަގުވޯޓްއަޅަން ތިއުޅެނީ

  6. ައާބި

    މީނަމީ ހިމާޔަތްކޮށްފަ ހުންނަ މީހަކާ ހާދަ ވައްތަރޭ، ކިއެވި މަދަރިސާއެއް މަކްތަބެއް އެދުރުގެއެއް ނެއް މީހެއް

  7. ޓިނު

    ތި މޫސަގެ ވޯޓްވެސް ލިބިދާނެކަމާމެދު ސައްކު

  8. ބޮކި

    މޫސާ ކަލޭދާންވީނުން މަހަށް ؟

  9. ރީނދޫ

    2018 ޔާމީން ޝަހީމް

  10. ފަދަ

    މޫސަ ބުނީމަ ލިބޭ އެއްޗެއްތަ އެއީ