ވުޖޫދުގައި ނެތް ޙުކުމެއް ތަންފީޒުކުރުމަށް ގޮވާލުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށާއި އެހެންކަމުން އިތުރު ތަހުޤީގަކާ ނުލާ އިދިކޮޅު ފަރާތްތަކަށް ހުކުމް ކުރަންޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް މަގުތަކަށް ނުކުތުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާތީ އެކަމާ ހައިރާންވާ ކަމަށާއި، އެއަމުރުގައި ހިމެނޭ ބައިތައް ވަނީ ބާތިލްކޮށްފައި ކަމަށާއި އެބައިތައް ބާތިލްކޮށްފައި ވަނިކޮށް އެކަމަށް ގަދަބަސް ބުނެ، އިދިކޮޅު ފަރާތްތަކުން ނުކުތުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ، ކޯޓުގެ ގަވާއިދު ބުނާ ގޮތުން އިތުރު ތަޙުގީގަކާނުލާ ހުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށާއި އެބާރުގެ ބޭނުންކުރާ ހިސާބަށް ހިނގައްޖެ ކަމަށެވެ.

"އެއީ މިހާރު ނެތް އަމުރެއް ތަންފީޒު ކުރުމަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުތުމަށް ގޮވަނީ. މަގުމަތި ހަލަބޮލިކޮށް ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރަމުންދަނީ. އެބޭފުޅުންނާމެދު ފިޔަވަޅު ނާޅާ ތިބެން ހެޔޮ ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ އެއްވެސް ތާކުންތާކު ނުޖެހޭ އަމުރެއް ކަމަށާއި ބޮޑެތި ނުވަ ކުށްވެރިއަކު ދޫކޮށްލަން އެބޭފުޅުންނަށް ދެއްކިފަ އޮތް ހުއްޖަތަކީ އަވަސް އަރުވާލައިގެން ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަތައް ނިންމަވާފައިވާ ނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހެއް

    ގަދަބަސް ބުނަާ މީހުން އޮޅިއްޖެ މަށަށް... ވ ވާހަކަ،

  2. އަދުރޭ އަމާ

    ކަލޭ ވައްކަން ކުރާހެން ހުރިހާ ކަމެއް ކުރަން ނުވިސްނާ. ރައްޔިތުންގެ ބާރު އަދި ކަލޭ އަށް ފެންނާނެ

  3. މުޙައްދަދު.../........

    އަސްލު އެ ނުވަފަރާތް ކުށުން ބަރީއަ ވަނީކީނޫނެއްނޫންތޯ! އެފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށްތަކަށް އަޅުން ޝަރީޢަތްހިންގުމާ އަލުން އެކަންކަން އިތުރަށް ރަނގަޅުކުރުމަށް ނޫންތޯ އެފަހަރު އަމުރު ނެރުއްވީ. މިހާރި އެބައޮޅޭ މިމައްސަލާގަ ވާހަކަދައްކަވާ ބޭފުޅުން ބަސް ބޭނުންކުރައްވާގޮތުން....

  4. ހާއްޕެ

    ތިކަން ކުރާނީ ޔާމީނުގެ ވެރިކަން ނިމުނީމަ. އަދުރޭމެންނައްވީ ގޮޅިތައް ހަދާ ނިމުނީމަ ތިކަން ފަށަންވީ.

  5. ޖަސްޓިން

    ނުޖެހޭނެ.. ނުއިއްވޭނެ.. މިދެން އަޅެފަހެ ކާކުތަ؟

    • ހެހެ

      ޖެނެރަލް އަދުރޭ އޭ ކިޔާތީ އަމިއްލަ އަށް ވެސް ޖެނެރަލެކޭ ހީވީ ކަންނޭނގެ. ޓިނު އަދުރޭ ވާނުވާގަ

  6. ސަޑަމޯ

    އަދުރޭ މީ ކަލޭ މަންމަ ފަތަފޮޅިން ނިކުތް ގައުމެއް ނޫން ބަކައްޓާ މައިތިރިވޭ ކަލެއަށް އަދި ދިވެހިންގެ ވައްތަރު ނޭނގޭތީ ތިފާޑަށް އަނގަގަޅަނީ

  7. ސާޒަން

    ތަނެއްދޮރެއްނޭގޭ މީހުނަށް ބާރުލިބުމަކީ ހުރިހާކަމެއްހަލާކުވާނެކަމެއް! މިދައްކާ ވާހަކައިންވެސް ވަރަށްސާފު މިމީހުން ޕްރެކްޓިސްކުރަނީ ޖަންގަލީގެ ގާނޫނުކަން!

  8. މަރި

    ތަހުގީގަކާއި ނުލައި މީއަދުރޭ ހިފާހައްޔަރުކޮށް ޖަލަށ ލާންޖެހޭ . މީނާ ވަނީ 9 މިލިއަން ރުފިޔާގެ ވައްކަމެއްކޮށް ފްލެޓް ގަނެފައި