ސަރުކާރުން ބެނުންވަނީ ރިޔާސީ އިންތިހާބެއްގެ ތެރެއިން ކުރިއަށްއޮތް ފަސް އަހަރަށް ރައީސް ޔާމީން ހޮއްވެވުމަށް ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ މަޝްވަރާ މަޖިލީހުގެ ޗެއާމަން އަދި ފިޝަރީސް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ސަރުކާރުން އިންތިހާބެއް ބޭނުންވިޔަސް ހަގީގަތަކީ އިދިކޮޅުގެ ވިސްނުމުގައި މިނިވަން އިންތިހާބެއް ބާއްވައިގެން ވެރިއަކު ހޮވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ސަރުުކާރުން ބޭނުންވަނީ އިންތިހާބެއްގެ ތެރެއިން ކުރިއަށްއޮތް ފަސް އަހަރަށް ރައީސް ޔާމީން ވެރިކަމަށް އައުން ކަމަށާއި، އެ މަގު ރައްޔިތުން ތަނަވަސް ކޮށްދޭނެ ކަމާމެދު ޝައްކެއްނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މިނިވަން ކަމާމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ މައްސަލާގައި ޝައިނީ ވިދާޅުވީ މިއަހަރު ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ޝައިނީ ވަނީ އިިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ހުށައަޅާފައިވާ ޝަރުތުތަކަށް ފާޑު ވިދާޅުވެފައެވެ. ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާއަށް ދިއުމަށް ބޭނުން ނުވަނީ އެމްޑީޕީން އެ ޕާޓީގެ ވަކިވަކި މެމްބަރުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކާ ގުޅޭ ޝަރުތުތައްވެސް ހުށައަޅާފައި އޮތުމުންކަމަށެވެ.

"މަޝްވަރާއަށް ހުޅުވާލުމުން މި ހުށަހަޅަނީ ބައިވަރު ޝަރުތުތަކެއް. އޭގެ ތެރޭގައި އެމްޑީޕީން އެބައޮތް މީގެ ކުރިން އެ ޕާޓީގެ ވަކިވަކި މެމްބަރުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކާ ގުޅޭ ޝަރުތުތައްވެސް ހުށަހަޅާފައި،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އިތުރަށް ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކާއެކު 10 ފަހަރަށް މަޝްވަރާގެ މޭޒަށް ދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދަވޭ

  ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި ކަމަށް އެވާހަކަ ދައްކަނީ އެއީ އެމްޑީޕީ އާއި އަދި ޖޭޕީ އަށް ތާއީދު ކުރާ މީހުން. މިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކޮށް އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ތިބި ގައުމަށް ގައްދާރުވެފައިވާ ހަރާމްކޯރު ދެ ފަނޑިޔާރަކު ކުރި ދަ ނަހަލާލު އަމުރާއި އެއްގޮތަށް ކަންކަން ކުރި ނަމަ މިގައުމު މިހާރު އޮންނާނީ ލީބިއާ އޮތް ހާލަތުގައެވެ. އިދިކޮޅު ގައި ތިބި ކުށް ވެރިން ޖަލުން ދޫކޮށްލާ ވެރިކަމާއި ގެން އެމެން ބަގުޑި ބައްދަން ވެގެން މުޅި މާލޭގައި ހަމަ ނުޖެހުން ހިންގުމުގެ ނަތީޖާ އަކީ ރާއްޖޭގެ އިގްތިސާދު ދާއިމަށް ފުނޑިގެން ދިއުމެވެ. މަޓީން ބުންނަސް އަދި މަޓާޓޯ އިން ބުންނަސް އަދި ހައި އެންޑް ރިސޯރޓް ތަކުން ބުންނަސް އަދި ޓްރެވެލް އެޖެންސީ ތަކުން ބުނި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލެވޭނެއެވެ. އެމެންނަށް ނޭގޭނެ ރާއްޖޭގެ ސިޔާސީ ދާއިރާ ޕްރެޑިކްޓް ކރުަން އެމެންގެ އަމިއްލަ އެދުން ކުރިމަތީގައި. ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާ މިއަހަރުގެ ނިޔަލަށް.

 2. ސަރުދާރު

  މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭނުމީ، ބޭރުގެ ފަރާތްތަކުން އަތް ނުބާނާ، ބަސް ނުކިޔާ ، ނުބެހި ތިބޭ އިންތިޚާބަކަށް. ބޭރުގެ ފަރާތްތަކުން ބެހޭ އިންތިޚާބެއް، ގޮތްކިޔާ އިންތިޚާބެއް ނުވާނެ މިނިވަން އިންސާފުވެރި އިންތިޚާބަކަށް.

 3. މިނިވަން

  ތެދު ވާހަކަފުޅެއް... ހުރިހާ ވާދަވެރިން ޖަލަށްލާފަ ފުރިހަމަ މިނިވަންކަމާއެކު އިންތިޚާބަކާނުލާވެސް ހޮވޭނެއެއްނު؟

 4. ައާޒިމާ

  ކޮންތާކު އުޅެފަތިއައީ ހާދަމިސްވިއޭ ލޯބިމަތިން

 5. ޢަހާނަމަ

  މިނިވަން އިންތިހާބޭ... އެހެންވީއައި އަޅުގަނޑަށް ފެންނަނީ އިލެކްޝަން ކޮމިޝަނަށް މެޑަމް ފާތުން އައްޔަންކުރަން... އޭރުން %200 ފްރީ އެންޑް ފެއަރ ވާނެ... ލަދު ކޮބާ...

 6. މަ މިއު މަ

  ދެން އެއީ ވަރަށް މާތް ކަމެއްތަ؟ ބުނާ އިރު ހީވަނީ އަސްލު ކުރަން ނުޖެހޭ ކަމެއް އޭނަ ހެޔޮ ފުޅު ކަމުން ކުރަނީ ހެން.

 7. މަލަކުރި

  ކަނޑައެޅިފައިވާ މުއްދަތުގައި ރިޔާސީ އިންތިޚާބު ބޭއްވި އޭގެ ނަތީޖާ ފެންނާނެ

 8. ހަހާ

  މިނިވަން އިންތިޚާބު! ކަލޭމެން! ފެނުގައި އަލިފާން ރޯކުރުން.

 9. ދަވޭ

  ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ތިޔާ ބުނާ ބޮޑު އަސަރެއް ނުކުރޭ ނެގެޓިވް ކޮށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން. މާލޭގެ ގެސްޓް ހައުސް ތަކުގެ އޮކިއުޕެންސީ ދަށަށް ހިނގައިދާނެ ފަހަރުގައި އެކަމަކު އެއީ މާލެ ކަމަށްވާނަމަ އެވަރަށް އަވަހަށް ޕިކް އަޕް ކުރާނެއެވެ. ވެލާނާ އެއާރޕޯރޓް ފުރި ބާރުވެފައި ދޯ އޮތީ. މިދުވަސް ކޮޅަށް ރިސޯރޓްސް ތަކުން ރޫމް ރޭޓްސް ތައް %85 އަގު ހެޔޮ ކޮށް ވިއްކުން އެއީ މިފަދަ ސިޗުއޭޝަންސް ތަކުގައި ރޯޑް ޓު ރިކަވަރީ އަށް ލިބޭނެ ގޯލްޑެން ޗާންސް އެކޭ. އޯއް އައި ކާންޓް ބިލީވް ހައު ސްޕާރކްލިންގް ދަ ވައިޓް ސޭންޑީ ބީޗްސް އޮފް ރިސޯރޓްސް އާރ. އޯއް އިޓްސް އަ ބިއުޓިފުލް ސޭންޑް ބީޗް އައި ހޭވް ނެވަރ ސީން ފްރޮމް އެނީވެއަރ.

 10. ހޮނޑާފުށީބޮޑުހުސޭނު

  ނަތީޖާ ވަރަށް ސާފް ، 12% އިދިކޮޅުން ބުޅަލެއް ނެރުނަސް އެސޮރުވެސް ހޯދާނެ 88%، ރައްޔިތުން ކުރިމަތީ ވޯޓުލައި ވޯޓުގުނާކަމުގަ ވިއްޔާ ބަލާނެ ކަމެއްވެސް ނެތް ، ކިތަންމެ ވަރަކަށް ވަގުހަދައިގެންވެސް ހިޔެއްނުވޭ އިތުރަށް 10% ވެސް ވަގުވޯޓު ފޮށިތަކަށް އެޅިދާނެހެނެއް ،

 11. ބޮންދު

  މި ޤައުމުގައި މިނިވަން އިންތިޚާބެއް ބޭއްވޭނޭ ކަމާއި މެދު ޝައްކު. އަދި މިވިހާތަނަށް މިނިވަން އިންތިޚާބެއް ބޭއްވިފައިވާ ކަމަކަށްވެސް ޤަބޫލެއް ނުކުރަން.

 12. ޒިމް

  ޔާމީނު ބެނުންވަނީ އޭނާ އެކަނި ވާދަކުރާ އިންތިހާބެއް..ނޫނީ އިދިކޮޅުން ވެސް ކެނޑިޑޭޓަކަށް ނެރެންވީ އޭނާ ބުނާ މީހެއް ރީކޯމެން އަލްހާނުމެންކަހަލަ...

 13. ބީރުބޭ

  އެހެންތަ. ވާސަރީ.

 14. ބަކުރު

  މިއަދު ޔާމީންގެ މީހާ އިލެކްޝަން ކޮމިޝަނަށް އައްޔަންކޮފައި މިނިވަން އިންތިޚާބެ ބާވާނެޔޭ ބުނީމަ ކާކު ޤަބޫލްކުރާނީ....! ޔާޤުންޑާއަށް ތާއިދު ނުކުރާމިހަކު އެލަނީ ޖަލަށް...