ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ދީނީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށާއި ކުރީގެ ސަރުކާރުތަކުން ދީނީ ގޮތުން އެއްވެސް ވަރަކަށް އިސްކަމެއް ދެއްވާފައި ނުވާ ދާއިރާތަކުންވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްކަން ދެއްވާފައި އެބަހުރި ކަމަށް، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އޮންލައިން މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިސްކިތްތައް ބިނާ ކުރުމާއި ދީނީ ވަހުދަތު ހިމާޔާތް ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ފަދަ ކުރީގެ ސަރުކާރުތަކުން ދީނީ ގޮތުން އެއްވެސް ވަރަކަށް އިސްކަމެއް ދެއްވާފައި ނުވާ ދާއިރާތަކުންވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްކަން ދެއްވާފައި އެބަހުރި ކަމަށެވެ.

" ވަރަށް ބޮޑަށް މި ސަރުކާރުން މިސްކިތްތައް އިމާރާތް ކުރުމަށް އިސްކަން އެބަދެއްވާ. އެއީ އުފާކުރަންޖެހޭ ކަމެއް. ސައުދީ ސަރުކާރާ ގުޅިގެން މިހާރު އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތަކީ އެ ކަންކަމުގެ ވަރުގަދަ ހެއްކެއް. އަދީ މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ އިސްލާމިކް ސެންޓަރު ތަކަކީވެސް އޭގެ މިސާލެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދީނީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން މިވީ މުއްދަތުގައި ދިނީ ގޮތުން ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި އެންމެ ފުރިހަމައަށް މި ސަރުކާރުގައި ހިނގަމުންދާ އެއް ދާއިރާއަކީ އިސްލާމް ދީނާ ގުޅޭ ކަންކަން ކަމަށެވެ. މިސާލެއްގެ ގޮތުން ޝަހީމް ނެންގެވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް އުފެއްދެވީ ރައީސް ޔާމީން ކަމަށް އިޝާރާތްކޮށް ވިދާޅުވީ އެކަމުން ހެކި ދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ދީނަށް އޮތް ލޯބި ކަމަށެވެ.

" ރައީސް ޔާމީންގެ ސަރުކާރުން ދިނީ އެއްބައިވަންތަކަމާއި ދީނީ ގޮތުން ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާފައި އެބަހުރި. އޭގެ މިސާލެއް އިސްލާމިކް ޔުނިވާރސިޓީއަކީ. މިއަދު އެތަނުގެ ހިޔާވަހި ކަމުގެ ތެރެއިން އެތައް ކުދިންނެއް އެބަނުކުމޭ އިސްލާމީ ތައުލީމް އުނގެނިގެން،" މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވިއެވެ.

 

މިއަދު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަށް އިޝާރާތްކޮށް ޝަހީމް ވިދާޅުވީ، އިސްލާމީ އުސޫލުގައި ވާގޮތުގެ މަތިން މަޝްވަރާގެ އުސޫލު އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ.

"ދެބަސްވުމެއް އުފެދުމުން މި އޮންނަ ގޮތަކީ މަޝްވަރާގެ އުސޫލު އިހްތިޔާރު ކުރުން. އިސްލާމީ ގައުމެއްގައި އިޖްތިމާއީ އަދާލަތުގެ ތެރެއިން ހަމަހަމަ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ލިބިދޭން ޖެހޭނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި ޝަހީމް ވިދާޅުވީ، މަޝްވަރާގެ އުސޫލު ބޭނުން ނުކޮށް ބޭރުގެ ސިފައިން ގެނެސްގެން ކަންކަން ހައްލުކުރުމަށް ގޮވާލައި އެގޮތަށް އަމަލު ކުރުމަކީ ދީނީ އުސޫލުތަކާ ހިލާފް ކަމެއް ކަަމަށެވެ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އިސްތިއުފާ ދެއްވި ކުރީގެ ރައީސް ދިވެހި ޤައުމަސް އިންޑިޔާގެ ލަޝްކަރެއް ފޮނުވުމަށް ގޮވާލާފައިވަނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުވަދޫ ބެއްޔާ

    ޝަހީމް ވިދާޅުވިޔަސް ތެދެއްވާނީ ތެދަކަށް މިސަރުކާރުން ނޫނީ އަންހެނުން ބަރަހަނާ ކޮށްގެން ޕަބްލިކަކަށް ނުދައްކާ!

  2. ޚުރާފަތހު

    ??????????????????????????????

  3. ވިލުފުށި

    ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް އުފެއްދެވީ ރައީސް ޔާމީން އެކަމުން ހެކި ދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ދީނަށް އޮތް ލޯބި .. އިދިކޮޅޭމެން ވިސްނަބަލަ ބަޔަކުބުނީމަ ދީނޭ ނުކިޔާ އަމިއްލަ ސިކުޑިން ވިސްނަބަލަ.

    • ކޫކު

      ދެން ވަރިހަމަތަ އެމީހުނަށް އެހާ ދަށް ސެލެރީ އެއް ދެވުނަސް؟

  4. އަލީ

    ދެން ތިވަރަށް ދީނުގެ ކަންތައް އޮޅުން ފިލާފައި ތިބޭ މީހުން ސަނާކިޔަން ތިޒާތުގެ ވާހަކަ ދެއްކީމާ ހައިރާންވޭ. ނުޙއްޤުން އެތައް ބަޔަކަށް އަނިޔާދޭއިރުވެސް ހަމަ އެކަމާ ދެކޮޅަށް ބަހެއް ނުބުނެވިފަ ތިހުންނަނީ މަޤާމުގެ ދަހިވެތިކަމުގައި. ސާބަސް

  5. ހުވަދޫ ބެއްޔާ

    ޥަރަށްވެސް ބޮޑު ތެދުފުޅެއް!

  6. ޮމީކާކު

    މީހަކު ހޭ ބައްޔެއް ނުވާނެތަ އަޅެެ

  7. ޙުސެން މާނިއު

    ޢެހެން ވެރިކަންތަކާ އަޅާ ބަލާއިރު މިވެރިކަމުގައި މީހުން މަރާފައިވާ އަދަދު ގިނަ

  8. Anonymous

    ކިޔާ ޝޭރުމާރާހޭ

  9. ޝަހީމް

    މޫނު ބުރުގާ އަޅާ މީހުން ވަޒީފާއިން ވަކިކުރީ ވެސް ތި ވަހުދަތު ބޮޑުވެގެން. ހުކުރު ހުތުބާވެސް ސިޔާސީ ކުރީ އެހެންވެ.

  10. ކދހދިދ

    ދީނީގޮތުން މިސަރުކާރުން ކުރި ގޯސް ކަންތައް.
    1. މޫނުބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކިކުރުން
    2. މުސްލިމު ދެ ގައުމާއި ގުޅުން ކަނޑާލުން