މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި ހޯދަމުން ދިޔަ މީހާ ފުލުސް އޮފީހަށް އަމިއްލަ އަށް ހާޒިރު ވުމުން އޭނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްއޭ ކައިރީގައި ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔަ ހަމްދޫން ހަމްޒަތު ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމްދޫން ހަމްޒަތުގެ އިތުރުން އާގިލްގެ މަރާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި އެމައްސަލައިގައި އިތުރު ބައެއް ނުވަތަ މީހެއްގެ މައްޗަށް ފުލުހުން ތުހުމަތެއް ކުރާކަމެއް ވެސް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އާގިލްގެ މަރާއި ގުޅިގެން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާގޮތަށް ހަރަކާތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާކަމަށެވެ.

"ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތެއް ނުދޭނެއެވެ.

އާގިލްގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލުމުން އޭނަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަސްލު

    އޭނާައަމިއްލައަށްގޮަސް ފުލުހުންނާ ހަވާލުވީ ހައްޔަރުކުރީއެއްނޫން

  2. 3ނިރު

    އެވަރުންވެސް ބުނަަނެ އޭނަކުރިކަމެއްނޫނޭ

  3. ނުރައްކާ

    މާލެ އަކީ ރައްކާތެރި ތަނަކަށް ކޮން އިރަކު ކަލޭ މެނަށް ހެދުނީ އަޖާިބު

  4. ގޫބައްޑާ

    އޭނަ އަމިއްލައަށް ހައްޔަރު ވީ އޯ. ކަލޭމެނަށް ހައްޔަރު ކުރެވޭ މީހުން ދޫ މިތިބީ؟ ކަލޭމެނަށް ހައްޔަރު ކުރެވޭނީ ސިޔާސީމީހުން

  5. ކެޔޮޅު

    މަރައް މަރު ގިސޯސް ހިފުން އަވަސް ކުރައްވާ އެއިރުން ތިކަންނިމޭނީ ޔަޤީން ،

  6. އެމީހާ

    ކޮންމެމީހަކުގެމަރުގެހަބަރުލިބުމުންތޮގޮތައްފުލުހުންތިހެންބުނާނެވާކަމެއްނުހުރޭމަރައްމަރުނިކަންހިފާބަލަ އޭރުންނުކެރޭނެރަހުމްކުނޑަކޮށްމީހުންމަރާކައްމިހާރުރާޖޭގަގަތުލުއާމުވެއްޖެމީދެންކިހާދެރަކަމެއް

    • Haha

      ކޮބާ ސްޕޭސް؟

      • އަހުން

        އިބޫ ފޮނުވާނެ ޒުވާނުން ސްޕޭސްއަށް ހާސްނުވޭ އަދި ފެންނާނެ ނަނާ ހުވަފެނުން

  7. އެޑަމް

    މަރަށް މަރުވެސް ހިފަންވީއެވެ. ހަމައެއާއިއެކު މި މުޖުތަމައުގަ ތިފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަން ހައްލުކުރުމަށް މަސައްކަތްކޮށް އަދުލް އިންސާފުގެ ނިޘާމް ހަރުދަނާކޮށް މަސްތުވާތަކެތި އުފެއްދުމާއި އެތެރެކުރުން ހުއްޓުވުމަށް ބަޑިއާއި ބޮން ފަދަ ތަކެތި އެތެރެ ކުރުމާއި ހުއްޓުވުމަށް މަސައްކަތްކުރާ މިންވަރަށް މަސައްކަތް ކުރަންވީއެވެ.

  8. ޖ

    އޭނައަމިއްލަޔައްހަވާލުވީ ދެންޕޮލިހުން އޭނަދޫކޮއްލާނެ

  9. ގަންޖާ

    ގޫބައްޑާ ކަލޯތީ މިއުޅޭ ބައިގަނޑުގެ އައުވާނެއްކަން އެނގޭނެ ތިހެން ކޮމެންޓު ނުކުރިޔަސް އެކަމު ކީއްތޯ ކުރާނީ ކަލޯވެސް ހުންނަން ޖެހޭނީ ބިރުވެރި ކަމެއްގަ ކުއްކުށަ އަރަންޏާ

  10. Anonymous

    އޭނަގެ ބްރޯޒް ބުނޭ ހާސް ކަނޑާޔާށޭ އޯކޭ ވާނޭ. މާނަޔަކީ 2 ދުވަސް ފަހުން އޭނަ މިނިވަން ވާނޭ. ޕޮލިހުންނަކައް ނުކުރެވޭނެ އެއްކަމެއްވެސް.

  11. ކަލޯބެއްޔާ

    މިފަހަރު ރިޔާސީއިންތިހާބުގައި އަހަރެންވޯޓުލާނީ ގޭންގުތައް ނެތިކޮށްލާ އަދި މިގައުމުން މާރާމާރީތައް އެއްއަހަރުތެރޭ ފޮހެލާނެކަމުގެ ވައުދެއްވާ މީހަކަށް.

    • ާސަކީނާ

      ބަރާބަރު، ތީ މަވެސް އެންމެ ދެކެން ބޭނުންވާ ދުވަހަކީ.

  12. ނާނު

    އޭނަ އަމިއްލަޔަށް އެތަނަށް ދާނެތަ އޭނަ ކުރިކަމެއްނަމަ. ތިމީހުނަށް އެނގޭތަ އެކަން ކުރީ އެކުއްޖާކަން. އެކަން ކުރިކަމުގެ ހެކި ލިބިއްޖެތަ!! ތި ތެޅި ބާލަނީ؟

  13. ފާރިޝް

    އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އާދޭހާއެކު ފުލުހުންނަށް ދަންނަވާލަން. ތިޔަ ބޭކަލުން މިހާރު ފެއިލްވެއްޖެ. ދެ ކިލޯމީޓަރ ހަމަނުވާ ރަށެއް ބަލަހައްޓާލުމަކީ ތިޔަ ފޯސްއަށް ނުކުރެވޭވަރު ކަމެއްނޫން. އެކަން ކުަރަންވީ ގޮތް ނޭގޭނެކަމަށްވެސް ގަބޫލުނުކުރަން. ކޮންމެ ކަމެއް ކުީމަ ކޮންމެވެސް ގޭންގެކޭ ކިޔައިގެން ނުލަފާމީހުނަށް ހިތްވަރުދެނީ. ރާއްޖޭގައި ކޮން ގޭންގެއްތޯ ހިންގޭނީ. ތިޔަ ބޭކަލުން އެހެން ކިޔާތީ ގޭންގްވެގެން އެ އުޅެނީ.

  14. މާމޫނު

    އޭނާ ފިލައިގެން އުޅެނިކޮޮން އަނެއް ގުރޫޕަށް ފެނި އޭނާއަށް ހަމަލަ ދީފާނެތީ ފުލުހުންގެ ހިމާޔަތް ހޯދީ