ރައީސް އަބްދުﷲ ޔާމީން އޮޑިއެއްގެ ކައްޕިއެއްގެ ހުވާ ނުކުރައްވާކަމަށާއި ކުރައްވާފައިވަނީ ޤާނޫނު އަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ހުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޔާމީން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހުވާކަމަށާއި އަދި އެ ހުވާކުރެއްވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ކަންކުރެއްވުމަށް ކަމަށާއި އެކަމަށްޓަކައި "ﷲ ގަންދީ" ކަމަށެވެ. އިތުރަށް ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ވެރިކަން ކުރެއްވުމަށް ﷲ ގަންދީ އެދުވަހު ހުވާކުރެއްވުމަށްފަހު، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ވެރިކަން ނުކުރެއްވޭނެކަމަށް ރައީސް ޔާމީނަށް ވިދާޅު ނުވެވޭނެ ކަމުގައެވެ.

އޮޑިއެއްގެ ކައްޕިއެއްކަމަށް މިސާލުޖައްސަވާ ބޭނުންގޮތަކަށް ކަންކުރައްވާނެނަމަ އެދުވަހު ހުވާކުރެއްވިއިރު އެހެން ވިދާޅުވާން ޖެހޭނެކަމަށް ޝާހިދު ވިދާޅުވިނަމަވެސް، ރައީސް ޔާމީންގެ ވާހަކަފުޅުގައި ރައީސް ޔާމީން ކައްޕިއެއްގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ އެމަނިކުފާނު ޤައުމު ހިންގަވަން ޖެހޭނެކަން ސިފަކޮށެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބޮޑަތި ދޮގުތަށް ހަދާ އޮޅުވާލަމުންދާއިރު، ދިވެހި ރާއްޖޭގައި ޤާނޫނޫ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އެބޭފުޅުން ދަނީ ގިނަ މަަސައްކަތްތަކެއް ކުރައްވަމުންނެޗެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    މީ ކީކޭ ކިޔާ މޮޔައެއް! މީނަދޯ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްހުރެ އިސްލާމްދީނަށް ފުރައްސާރަކުރަންވެގެން ކުއތ ކީ ޕިއްލޭ ކިޔާ ބޅކ ރައްޔިތުންގެ މަޖިލީހަށް ވެއްދީ!

  2. ޙަފްޞާ / މާލެ

    މިކަލޭގެޔަށް މިހާރު ޖަހާ ސިފައެއް ދޯ؟ ހާދަ ހުތުރޭ !

  3. ޒަރީނާ

    މީނަ ފެބްރުއަރީ 1 ގައި އަމުރެއް ނެރުވާފަ އެހެރަ ތެޅުނު ގޮތަކުން މަވާ ހަމަ ކޮސްވި! ވިހައިގެން އުޅޭ ކުކުޅެއްވެސް އެގޮތަކަށް ނުތެޅޭނެ!

  4. ޏާގެ

    ބަލަ މޮޔަޔާ ކައްޕިކަން އެއީ ހުވާކޮއްގެން ހަވާލުވާ އެއްޗެއްނޫނެ ކާކުތަ ހުޜީ މި ދުނިޔޭގަ ހުވާކޮއްގެން ކައްޕިކަމުގަ
    ކައްޕިކަން ލިބޭނީ ކިހެނެއްކަން އޮޅުން ފިލުވާލަން ޓުރާސްޕޯޓު އޮތޮއިރިޓީއައް ގުޅާ އޮޅުން ފިލުވާލަބަަ

  5. ވިއްސާމީހާ

    ކޮބައި ޝާހިދު! މަރިޔަމް ސޫރަތް ކިޔެވީމާ ވިހެއީ ކޮން އެއްޗެއް! ކައިފައި ހުރި ޙަރާމް މުދާތަށް ނުކުތީތަ؟ ހާދަ ފާޑަކަށް ތި ހުންނަނީ. ކުރަން އުޅުނު ބޮޑުކަމެއް ނާކާމިޔާބުވީތަ؟

  6. ސާހިދުގެ ޅިޔަނު

    ސާހިދު ހިތުންތިހުރީ ރައީސުލްޖުމުހޫރިއްޔާގެ ހުވާކުރައްވައިގެން ސާހިދުއަކީ ދައުލަތުން ވަގަށް އެއްމެ ގިނައިން ފައިސާކާލިމީހާ ބޮޑުވަގު

  7. ސުއިޒާ

    ޝާހިދޫ، ކަލޭ ކިތައް ހުވާކޮށްފަ ބޭނުންހާވައްތަރަކަށް ތެޅިބާލަނީ. ޝާހާދަތުގެ 2 ކަލިމަކިޔާ މުސްލިމަކަށްވެވޭއިރު، ތިބޭ އެކުރެވެނީވެސް ހުވައެއް. ދުލުން ބުނެލުމަކުން ނުފުދޭނެ، ﷲ އެންގެވި ގޮތަށް އުޅެން ކުރާ ހުވަޔެއް އެއީ، އެގޮތައްތަ ކަލޭ އުޅެނީ؟ ވަރަށް ލަދުހަޔާތް ކުޑަ ނުބައި މީހެއްމީ. ޝާހިދު ކަލޭ ކުރަ ކޮންމެ އަމަލަކަށް ޖަވާބު ދާރީ ވާން ޖެހޭ ދުވަހެއް އަންނާނެކަން ގަބޫލްކުރާތި

  8. އެއްމެން

    ޝާހިދު ވެރިކަން ލިބޭތޯ އެކަން ހޯދަން އުޅުނު އެހެން މީހުންވެސް އުޅުނު މަގުން އުޅުމަކީ އެއްގޮތަކަށް ވެސް ގޯސް ކަމެއްނުން. ވީމާ ވެރިކަންލިބޭތޯ ކުރިމަތި ލައްޗެވެ. އަންނި އާއި ޔާމީނަށް ވޯޓް ނުދިނަސް ހަމަ ޔަގީނުން އަޅުގަނޑުގެ ވޯޓް ޝާހިދަކަށް ނުދޭނަން. އޯކޭނުން؟

  9. ަަކަކުނި

    މޮޔަސޮރެަަަަ