76 މީހުންނާއެކު އިދިކޮޅު ފަރާތްތަކުން ކޮޅުނބުގައި ހުންނަ ދިވެހި ރާއްޖޭގެ އެންބަސީ ކައިރީ މުޒާހަރާ ކުރަމުންއެބަދެއެވެ.

އިދިކޮޅު ފަރާތްތަކުންވަނީ އެންބަސީ ކުރިމަތީ ފަޓާސް ގޮއްވަމުން މުޒާހަރާ ފަށައިފައިވާކަން ހާމަކޮށްފައެވެ. މުޒާރާގެ ބައިވެރިންދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް ހައްޔަރުކުރުމަށްވެސް މިފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު ފަރާތްތަކުން "އިސްލާހީ މަސައްކަތް" ކަމަށްބުނެ ހިންގާ ހަރަކާތްތަކުގައި ސުރީލަންކާ ދިރިއުޅޭ ފަރާތްތަށްވެސް ތިބިކަން ހާމަކޮށްދިނުމަށް ކުރިޔަށްގެންދާ މިމުޒާހާރާގައި އަޑުގަދަ ކުރާ ބޭނުންކޮށްގެންދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

ކޮނބުގައި މިހާރުކުރިޔަށްދާ މުޒާހަރާގެ ތެރެއިން. ވަގުތު އިމޭޖްސް: ޝާބިލް

މިކަމާ ގުޅިގެން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު، މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވެފައިވަނީ 10،000 ދިވެހިން އުޅޭ ޤައުމެއްގައި 70 އެއްހާ މީހުން ނިކުތުމަކީ އިދިކޮޅު ފަރާތްތަކުގެ ސައިޒު ފެނިގެންދާ ކަމެއްކަމުގައެވެ.

"76 އެއް ނެތް އިނގޭތޯ. އެކަމަކުވެސް 10،000 ދިވެހިން އުޅޭ ޤައުމެއްގައި މިވަރަށް ނިކުތުމުން އެމީހުން ސައިޒު ފެނޭ. ޕީޕީއެމްގެ ލަންކާ އޮފީހުން ބާއްވާ އާދައިގެ އިވެންޓަކަށްވެސް 350 މީހުން ހާޟިރުވޭ.- ސަފީރު މުންދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ސަފީރު ވިދާޅުވީ ލަންކާގައި އެމްޑީޕީގެ ބާރު އޮތް ދުވަސްވަރު މާޒީވެއްޖެކަމަށެވެ.

"ދިވެހިންގެ މެދުގައި (ލަންކާގައި އުޅޭ) އެމްޑީޕީގެ ތާއީދު އޮތް ދުވަސްވަރު ހިނގައްޖެ. މީގެތެރެއިން (މުޒާހަރާ ކުރާ) ދެބައިކުޅަ އެއްބައި މީހުން އައީ ރޭ. އެމީހުންނަކީ މިތާ (ލަންކާގައި) އުޅޭ ބައެއް ނޫން." ސަފީރު އިތުރަށް ވިދާޅުވިއެވެ.

ކޮނބުގައި މިހާރުކުރިޔަށްދާ މުޒާހަރާގެ ތެރެއިން. ވަގުތު އިމޭޖްސް: ޝާބިލް

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވުމަށް ރޭ މާލެއިން ކޮޅުނބަށް 16 މީހަކު އައިސްފައިވެއެވެ. އަދި ކޮޅުނބުގައި ކުރިޔަށްދާ މުޒާހަރާގައި މާލޭގެ މުޒާހަރާތަކުން ފެންނަ ބައެއް މީހުން ހަރަކާތަތެރި ވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ރީދޫ ބަލި

    ލަންކާ ޕޮލިސް ކޮބާ؟ ހުރިހައިމީހުން ލަންކާއިން ބޭރުކުރަން ޖެހޭ.

  2. ވަގުތު

    ބޭރު ގައުމެއްގަ ދިވެހިން ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަންވެސް ފާހަގަ ކޮށްލިނަމަ ސަޅިވީސް...

  3. ތުއިތުއި

    ކީކޭ ލިޔަން ތިއުޅެނީ؟؟؟ މުޅިޤައުމު އޮތީ ސަރުކާރާ އެކީގައޭތަ

    • ރުޒާނާ ޗޮއްޕަޓު

      ރާއްޖެ އޮތީ ސަރުކާާރާ އެކީގައެއް ނޫން. މިދައްކާ ވާހަކައަކީ އެމްޑީޕީގަ އުޅެނީ ހައެއްކަ ކުނަމެހިންނޭ. އަދިވެސް ސާފެއް ނުވޭ ދޯ؟

  4. ވަގުތު

    ކޮބާ ފޮޓޯ؟ ވަގުތުގެ ހުރިހާ މުވައްޒަފުން ލަންކާގައި ތިބި އިރު ފޮޓޯ ގަނޑެއްވެސް ނަގާލަން ރަނގަޅެއް ނޫންތޯ!

  5. އެންމެން

    ސުއްޓާބޯން އުޅޭ ބައިގަނޑެއް. ތިޔައީ ލުތުފީ އާއި ސަގަރޭ ފަދަ މީހުން ކާރީން ހިތްވަރު ހޯދައިގެން އުޅޭ ބައިގަނޑެއް. ގެރެންޓީ ތިޔަބަިއިމީހުންނަށް ކުލީ ސިފައިންގެ ބަޔަކު ހޯދާނެ ފުރުސަތު އޮވެއްޖެއްޔާ އެބަޔަކު ހޫދަިއިގެން ދިވެހި ފުލުހުން ކޮޅު ތަޅާލަން ފޮނުވާނެ. މިއީ މާތް ﷲ ގެ އޯގާވެރިކަމާއި ރަޙްމަތް ފުޅު ހައްދެއް ނެތި މިންވަރުކުރައްވާފައިވާ ގަވްމެއް. އެހްން ނޫންނަމަ މިހާރު ދިވެހި ފުލުހުން ކޮޅާއި ތޮޅޭނެ ބަޔަކު ހޯދާ އެކުދީންކޮޅުގެ ދުވަސް ތިޔަބައިމީހުން ދުއްވާލާނެ. އެއްމެ އޯގާތެރި ވެރިކަމެއް ކުރާނީ އައްނި އެއް ނޫން. ދިވެހީންނަށް އެއްމެ އޯގާތެރި ވެރިފަރާތަކީ މާއް ﷲ. މީގެރެންޓީކަމެއް.

  6. ކެެރެޓްމަރޓް

    ކަޅު މުހައްމަދު ރަސްގެފަނު ނަޝީދުގެ އައުވާނުންތީ

  7. ނަރުގިސް ޢަލީ

    ބަލަގަ އިދިކީލީން ވިސްނާބަލަ! ތިޔަ ބުނާބަޔެއްގެމައްޗަށް ދަށުކޯޓުންކުރި ޖަލުޙުކުމަށް ހައިކޯޓުން ތާއިދުކުރި! ސްޕްރީމްކޯޓުން ތާއީދުކުރި! އަލުން އެމީހުން ދޫކޮށްލުމަށް ސްޕްރީމްކޯޓުން އިއްތިފާޤުން ކުއްލިޔަކަށް އަމުރުކުރި! އަލުން އެޙުކުމް ބާޠިލްކަމަށް ސްޕްރީމްކޯޓުން އިއްތިފާޤުން ޙުކުމްކުރި! ދެން މިތަނުން ކޮން ޙުކުމެއްތޯ ތަމުފީޛުކުރަންވީ؟

    • އެޑަމް

      ފެބުރުއަރީ 01 ގަ ނެރުނު ޢަމުރުގަ ސާފުކޮށް އޮތް ކުރީގަ އެމައްސަލަތައް ހިނގާފަނީ ނުފޫޒުގެ ތެރެއިން ކަމަށް އެހެންވީމަ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކުރާ ޙުކުމެއް ޞައްޙައެއް ނުވާނެ. އަނެއްކާ އޭގެ ފަހުން ކުރި ޢަމުރު ނެރުނީ ދެ ފަނޑިޔާރުން ހައްޔަރުކޮށް ޤައުމު ކުއްލި ހާލަތައް ގެނެސް ދެން ތިބި ފަނޑިޔާރުންގެ ހިތުގަ ބިރުވެރިކަން އުފައްދާފަ. އެހެންވީމަ ސުވާލު އުފެދެންޖެހޭ ޢަމުރުތައް ވަރަށް ސާފު

      • ޝާހިދު

        ޙުކުމް ކުރުމުގައި ހަމަހަމަ ވީނަމަ ސަޅިވީސް
        މައްސަލައަކީ ވަކި ބަޔަކު ދޫކުރަން ހުކުމް ކުރުން.. އަދި އެވެސް ހަަމަ އެއް މައްސަލައެއްގ..

      • ރުޒާނާ ޗޮއްޕަޓު

        ތިޔަ ބުނާ މާތް ވެގެންވާ އަމުރު އައީ ކިހާ ނުފޫޒެއް އޮވެގެންކަން ސާފުކޮށް ދުވާލުގެ އަލި ފަދައިން ފެންނައިރު މަށަށް ހަމަ ހީވަނީ ކަނުކަމަކާއި ބީރު ކަމެއްވެސް ހުރި ގޮލައެއްހެން. ހަމަ އެކަނި ދެއްކެނީ ވާހަކަ އެހެންނު.

  8. ވިސާމާ

    މުންދުއަށް ގޮވާލަން ލަންކާގަވިސާހައްދައިގެން އޮޅޭ ދިވެހިން މުޒާހަރާ އަށް ނިކުތްމީހުންނަށް ވިސާ އިތުރު ނުކޮށްދިނުމަށް

  9. ޙަފްޞާ / މާލެ

    އިދިކޮޅު މުޖުރިމުން ހައްޔަރުކުރުމަށް ގޮވާލާ ޗައިނަގައި 400 މީހުން ، ޖަޕާނުގަ 300 މީހުން ، މެލޭޝިޔަގަ 500 މީހުން އިންޑިޔާގަ 600 މީހުން ސްރީލަންކަގަ 500 މީހުން ، އެމެރިކާގަ 200 މީހުން އެބަ މުޒާހަރާކުރޭ!

  10. ފާތުން

    މަށަށް މިތަނުން ފެންނަނީ މުޒާހަރާކުރުމަށް މާލެއިން ދިޔަ މީސްކޮޅު!

  11. ކިޔުންތެރިން

    ވަގުތު މީހުން ހަޖަމް ކޮށްބަލަ

    • ޗިއްލޫ

      ހަޖަމްކުރާވަރުގެ ކަމެއްވީތަ ތިޔަ ފުފެނީ؟؟؟

  12. ވިލުފުށި

    ދެން ވިސާނުދޭތި ތިތާތިބި އެކަކައްވެސް ގައުމު ފަސާދަކުރިޔަނުދީ އެމީހުން އުޅޭތަންތައް ބަޅާފާސްކުރަން ގޮވާލަން ދެއދޫނުދެތި އެފާޑައް އުޅުނުދުވަސް މާޒީވެހިގައްޖެ..

  13. ލޮލް ބޮލް

    ޕިސް ޕިސް ތަމެން ތިއުޅެނީ ލަންކާ މީހުންނަށްވެސް އުދަގޫކުރަންތަ ކިހާ ދެރަކަމެއް........ތަމެންނަށް އޮތް ތާއީދު ހިގައްޖެ. އަލްހަމްދުލިއްﷲ....ސިޔާސީ މީހުން އަޅެ ކުށެއް ނުކުރާނީތަ.....ވެރިކަން ވައްާޓާލަން އުޅުނު މީހުންނޭ ގޮޅިއަށ ްލަފައި އެތިބީ ނިކަމެތި ރައްޔިތު މީހާ ހަނާވޭވޭ ޖަލުގައޮ އޮންނަން ޖެހެނީ؟؟؟ ކ

  14. މައްލި

    އަނެއްކާވެސް ޖަމަލު ފޮޑިއެއް..! ޕަކާސް

  15. ދިވެހި މަންޖެ

    ހުރި ހަޔަތް ކުޑަކަން ދީނީ އިލްމުވެރިންނާއި މޫނުއަޅައިގެން ތިބިއަން ހެނުން މިކަންކަމުގައި ބައިވެރި ވަނީ ދީނުގައި އެގޮތަށް އަންގަވައިފައި ވާތީތަ.

  16. ދިވެހި މަންޖެ

    ހުރި ހަޔަތް ކުޑަކަން ދީނީ އިލްމުވެރިންނާއި މޫނުއަޅައިގެން ތިބިއަންހެނުން މިކަންކަމުގައި ބައިވެރި ވަނީ ދީނުގައި އެގޮތަށް އަންގަވައިފައި ވާތީތަ.

  17. ފަޑިޔާރު

    މުޒާހަރާ މި ނަންކިޔާ އެއްޗެއް ޤާނޫން އަސާސީގަ އޮވޭތޯ؟

  18. ޑޮންޑޮންފުޅި

    ތިޔައްވުރެ ގިނައިން ސާޓަނު ގޭ ދޮށަށް ގުޅަގަންނަންވެސް ހަވީރު މީހުން ތިބޭނެ. ލޮލް

  19. ފާގަ

    އައްޗީ ތިޔަށް ވުރެމާ ތިއްތިވީސް ޕުއްޕުލާފަ ދަނޑިއް އައްބަޖެހިޔަސް، ތިކިބުރާނެ ވަސް ދުވާނެ.

  20. އެންމެން

    ކޮމެންތް ފޮނުވާ ޖަހާފަ އެބަ އޮވޭ. އެކަމަކު ކަމުދާކަހަލަ ކޮމެންޓެއް ފޮނުވީމަ އެއެއް ނުޖަހާާ. ދެން ނުވާނެ ނުން މިކަމެއް.

  21. އެޑަމް

    މުޒާހަރާ ކުރަން ވަކި އަދަދެއް ބޭނުންވޭތޯ؟ ވަކި އަދަދެއް ބޭނުންވާ ކަންކަމުގަވެސް ހަދަނީ ހަދާނެ އެއްޗެއް އެވާހަކަ ވަގުތު ނޫހުގަ ޖަހާލަން ނުކެރޭ، ދެން މިއަދުވެސް އެންމެ 33 މެމްބަރުންނާއެކު މަޖުލީހުގެ ޖަލްސާއެއް ބޭއްވި ވާހަކަވެސް ޖަހާލަބަލަ ކެރެންޏާ.... ނުކެރޭނެ މިކޮމެންޓް ޖަހާލަން ކެރުނަސް ވަރަށް ސަލާމް

  22. މަހަށްދޭބަލަ

    ފެބްރުއަރީ 1 ގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި ލަންކާގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި ނަމަ ތަމެން ދައްކަގަ މިހާރު ފެބްރުއަރީ އެކެއްގައި ކޮށް ފައި އޮތް ސްޕްރީމް ކޯޓުގެ ހުކުމް އެއީ ސައްހަ ހުކުމެއް ކަމަށް. ދައްކަގަ. ނެތް ދޯ. ދެން ތަމެންނަށް ތިޔާ ގޮވެނީ އަބޫޖަހުލު ތިއަރީގެ ދަށުން ބާތިލް ގޮވުމަށް ނޫންތޭ އޭ މަމެން ބުނަން ނެތީމު ދޯ. މަމެން މީ ދަ ހާކިމާ. މަހަށްދޭބަލަ ދެން. މަަހަށް މަހަށް މަހަަށް ދޭބަލަ..

  23. ޒާ

    ތިދާވަރުން ދަންޏާ ތިޔަމީހުންގެ ދުއްޕާނާހެދި ދިވެހިންނަށް ލަންކާއަށްވެސް ނޭރޭތަން ވަރަށް ގާތްވަނީ. ކިހާބޮޑު ބަލައެއްދެންމީ.

  24. ހިންދުކޮޅު

    ތިމީހުން މާލެ އައްނައިރައް ހައްޔަރުކުރޭ

  25. އ މ ރ ބ

    ދާނެމީހުން ނެތިގެން ބޯގިނަކުރަން ބޭރުމީހުންވެސް ގެންގޮސްގެންވެސް ވާނެތާ މުޒާހަރާކުރަން .. މީވަރަށް ވާހަކަ ޕަކާސް

  26. ާމަރީ

    ކޮބާ އަސޭލާ ނުނިކުމޭތަ؟

  27. ނުރަބޯ

    ހޫނ ދެން ލަންކާގެ ރައްޔިތުން ލޮލު ފިޔަ ޖެހިޔަނުދީ ނުފޮރުއްޕާން ކުރަންވީދޯ....!!! ނޫނޭވާ ތިއޮތީ ކަމެއް....!!!

  28. ާްްަަވަސިީމް

    ތަމެން ބުދުފައްޅި އައް ގޮސް ނަށީދު ކިރު ފެނުން ފެން ޥަރުވާ ހަދާބަލަ????

  29. Anonymous

    ކިހިނެއް

  30. ަލުައި

    ކިހިނެއް

  31. ދިވެއްސެއް

    މިވީހާދަދަށްގޮތެކޭ.މިރާއްޖޭގަ ކުއްލިނުރައްކަލުގެ ހާލަތުއިއުލާންކޮށްފަ އޮތީމަ މުޒާހަރާކުރަން ޓިކެޓނަގާގެން މިދިޔައީލަންކާއަށް. ގޮސްރަންގަޅައްމުޒާހަރާ ނުޖެއްސި އުޅެނިކޮށް އަނެއްކާ ލަންކާގަވެސް ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފި.

  32. މަރީ

    ޓުއަރިސްޓް ވިސާގަ ތަމުޒާހިރާ ކުރަނީ؟

  33. ކީރާ

    ޓުއަރިސްޓް ވިސާގަ ތަ މުޒާހިރާ ކުރަނީ؟

  34. އިބުރާ

    ކޮބާ ހީވޭ ކަމެއްހެން!!
    ލަންކާ ގަ ގޮސް މުޒާހަރާ ކުރާއިރަށް އެއޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ..

  35. ހަނާ

    ކޮޅުބު ސަރުކާރު ވައްޓާލަ ދޭންވީނު.

  36. ރީތި މޫސަ

    މިކަމަށްދޯ ވަޤުތުމީހުން އެދިޔައީ ތައްޔާރުކުރަވެގެން

  37. ވިސާމާ

    މިބައިގަނޑު ދާކޮންމެތަނެއް ފަނިވާނެ

  38. ރީތި މޫސަ

    މިމީހުންނަށް ކިހާވަރެއްދޭބާ؟ ފައިސާލިބެންޏާ ތީސަޅިކަމެއްކުރަން 4 މަސްދުވަހުގެ ކޯސްފީ 4 މަސްދުވަހުގެ އެޕާޓްމެންޓްގެ ރެންޓް ހިލޭ ކޮފީ ވަރަށްސަޅި

  39. ބާބޫ ނާޒް

    ދުނިޔޭގެ ކޮންމެ ގައުމެއްގައި ފަސްމީހުން ލައިގެން މުޒާހަރާ ކުރުމުގެ ލަގަބު އެމްޑީޕީ އަށް. ލަދުން ބޯ ހަލާކު!

  40. ރައްޔިތު މީހާ

    މިހާ ބައިވަރު މީހުން ނިކުތުމުން ލަންކާ ސަރުކާރުން ވެސް ކާފިއު އިއުލާން ކުރީ ދޯ!!! ދެން އަތް ޖަހާ

  41. ޝުރުމުކި

    ޜަގަލުަމުސްލިމުންކޮލެަެން

  42. ޗިއްލޫ

    މިމީހުންގެ ނުފޮރުއްޕާން އެހެން ގައުމު ތަކުގަ ރައްޔިތުންނަށްވެސް! އެމްޑީޕީއަށް ނިސްބަތްވާ މީހުންގެތެރެއިން ނުވަދިހަ ޕަސެންޓް މީހުންނަކީ އެކިއެކި ކުއްތައްކޮށްފަވާ ކުއްވެރިން!!! އަންހެނުންނަށް ބަލާލިޔަސް ކުރީސަފުގަ ހަރަކާތްތެރިވާ ގިނަ އަންހެނުންނަކީ އުނގުވިއްކާ ބަޑިއަންހެނުން!!!!!

  43. ހުޗޭ

    މުންދު އެހެންނޫނީ ޔާމީނު ގެ އައުވާނުން ދޭއެއްޗެއް ނޫން ވިސާއެއީކީ ހަޖަމްކޮށްބަލަ ބޭނުން އެއްޗެއް ހަދާނީ

  44. ށަމްސު

    ލަންކާގެ މުސްލިމުން މަރާތީ މިމީހުން ކަންބޮޑެއް ނުވޭ.

  45. އއ

    މަތީގައިވާ ފޮޓޯއިން ފެންނަނީ ގާތްގަނޑަކަށް 35މީހުން، މިވެރިން ދައްކަވާ ގިނަ ވާހަކައިގައި 1/2 ދޮގުވާހަކަ ވާކަން އެނގޭ