ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަބަލުން ފާތިމަތު ނާސިރާގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.

ޑޮކްޓަރުން ލަފާދީފައިވަނީ ކުރިންވެސް ނާސިރާގެ ކޮށްފައިވާ އެތެރެހަށީގެ އޮޕަރޭޝަނެއް އަލުން ކުރުމަށް މައުލޫމާތު ލިބޭއިރު، ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށްވެސް މައުލޫމާތު ލިބިއެވެ. އަދި ނާސިރާގެ ސިއްހީ އެހެން މައްސަލަތަކެއްވެސް ޑޮކްޓަރުން ފާހަގަކޮށްފައި ވެއެވެ.

ނާސިރާގެ އެތެރެހަށީގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދެއްވި އިރު ނާސިރާއަށް އެކަށީގެވާ ބޭސްފަރުވާ ނުލިބޭ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަަށްވެސް މީގެ ކުރިންވަނީ ހުށައަޅާފައެވެ. އަދި ރިޝްވަތު ހިފިމައްސަލައިގައި ހައްޔަރުކޮށްފައިވާ ނާސިރާގެ ފިރިކަލުންވެސްވަނީ ހައްޔަރު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހާލުކޮޅު ބަލިވެ، އައިޖީއެމްއެޗްއަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ. ފަރުވާ ދިނުމަށްފަހު އަލީ ހަމީދުވަނީ އަބުރާ ޖަލަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިލުފުށި

    ތީވެސް އަރަތެއް ހައްޔަރުކުރީމަ ނެތްބައްޔެއްނެތް އޭގެކުރިން ގަދަފަދަ. ކޮބާތޯ ލާޑިގަނޑު ހަދާނެގޮތެއްނޭގިގެން ހޭބަލިވީކަންނޭގެ.

  2. ހުދު ޖަގިޔާ

    ލާރިގަނޑު ހިފައިގެން ފިލަން ރާވަނީ! ތިކަމުގެ އަޑިގައިވެސް ހުއްނާނީ ބުއްޅަބޭ!

  3. ގާސިމް

    ލިޔާނެ ޚަބަރެއް ނުލިބުނީތަ

  4. ދޯހަޒާރުތޭރާ

    ކިތަކަށް މީހުންގެ ހައްގަށް އަަރައިގަތީމަތޯ ކަލޭމެންނަށް ތިހެން ތިވަނީ؟

  5. ރީތި މޫސަ

    ތިކަމެއް ރާއްޖެއަކުން ނުވާނެ، އޭޑީއަކުން ނުބުނޭތަ؟؟؟؟؟؟؟
    ބޭރަސްފޮނުވާ، މިހަރުވާނީ ޤާސިމުމެންނާ ގުޅިފާ.