އިސްކަންދަރު ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީޗަރުންތަކެއް، އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ) އަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. އެމީހުން، އިބޫ އަށް ތާއީދު ކުރާކަން ހާމަކޮށްފައިވަނީ، އޭނާއާ ބައްދަލުކުރުމަށްފަހުއެވެ.

އިދިކޮޅު ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން، ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އިސްކަންދަރު ސްކޫލުގެ 20 އަށް ވުރެ ގިނަ ޓީޗަރުން އިދިކޮޅުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވާ ބައްދަލު ކުރައްވާފައިވާކަމުގައެވެ. އެއާއެކު، އެ ޓީޗަރުން، އިބޫއާއެކު ނަގާފައިވާ ފޮޓޯއެއްވެސް ޓްވީޓު ކޮށްފައިވެއެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު އެހެން އެއްވެސް ތަފްސީލެއް ދީފައި ނުވެއެވެ.

މީގެކުރިން، އިދިކޮޅުގެ ފަރާތުން އަތޮޅުތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން، އިދިކޮޅުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވަމުން އަންނަ ކަމުގައެވެ. އެފަރާތްތަކުން މިކަން ކުރަމުންދަނީ ބިރު ފަހަނަ އަޅާކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، އެހެން ބައްދަލުވުމެއްގައި އިބޫ ވިދާޅުވެފައިވަނީ، އިދިކޮޅުގެ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެގެން މަޤާމުން ވަކި ކުރާ ކޮންމެ މީހަކަށް، އެޕާޓީ ވެރިކަމަށް އަތުވެއްޖެނަމަ، އަލުން ވަޒީފާ ދޭނެ ކަމުގައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ދެ ޕާޓީ އިންވެސް ދަނީ ކެމްޕޭނު ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވައިލެވެނީއޭ

    ދެން ތަމެން އެމްޑީޕީ ވެރިކަމުގައި ކޮންމެ މިނިސްޓަރަކު ކޮރަޕްޝަންގެ އުސޫލުން ކައްވާލި ބޮޑު ފައިސާ ގަނޑު މިލިއަނުން ކޮރަޕްޝަން އަށް ނުވާނަމަ ދެން ތަމެން ތިޔާ ރިޔާސީ ކެމްޕެއިން ގައި ނޫޅެ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާތާހިރުވާނެ ނޫންތޭ ތިޔާނޫން އެހެން ކަނޑުކޮހެއް ތަމެން ގޮވޭތޯ ބަލަގަ ގޮވަގަ ތަމެން ވެސް ވެރިކަމަށް އަތުވެއްޖެނަމަ ސަރުކާރު ކާމާލު ބަތްތައްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ އޯއް ފެން ނުބޮނީސް ބަނޑުބޮނޑުވެގެން ވައިލެވެން ފަށައިފޫ ގެނޭ އެކޮއި ދަތް ކޮއްޓަށް އިލޮށި ކޮޅެއް އާއް އާއް އާއް ހާދަ ވައިލެވެއޭ ދޯ..

  2. ބޯފަޅި ހުސައިނާ

    ތިވަނީ އެސޮރަށް ކިޔަވާދޭން ޓީޗަރުން ބޭނުންވަނީ ކަމަށް

  3. ޢަހަންމާ

    ލަދެއް ނުގަނޭދޯ މިދިވެހިން. މިމީހުންގެ މުސާރައިން ކަނޑާލިބައި ނުދީ ހިފެހެއްޓި ބައިގަނޑަށް ތާއީދުކޮށްފަ. މިމީހުންގެ ހައްޤު ހޯދައިދިން މީހާ މޫނުގަ ކޮޅުފައިން ޖަހަނީ. ޙާދަހާޔޭ ގޮތެއްނެތީ. މާތް ﷲ މިބައިމީހުންނަށް ހެޔޮވިސްނުން ދެއްވާ ރައީސް ޔާމީން އަށް މިމަހުގެ 23 ވަނަ ދުވަހުގެ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ތައުފީޤް ދެއްވާށި. ޢާމީން.

  4. ޝީނާ

    ތިތާ ތިތިބީ އެމް.ޑީ.ޕީ ފިކިރުގެ މީހުން މުޒާހަރާތަކުގަވެސް އެކްޓިވިސްޓުން ގޮތުގަވެސް ހަރަކާތް ތެރިވާ މީހުން.އަދި ބުނެލަން ތިތާ ފެންނަނަ ތިބީކީ ހުސް ޓީޗަރުންނެއް ނޫން.އެޑްމިންގަ މަސައްކަތް ކުރާ ބައެއް މީހުންވެސް އެބަތިބި.

  5. ޖޮއްބެ

    އެކެއް ދޭއް ތިނެއް ކިޔާފަ ބުރުވާލާ. ކޮން ފޮނިކަމެއް ދައްކާކަށް؟ ސަރުކާރުން މުސާރަ ކައިގެން ސަރުކާރަށް ބަޣާވާތްކުރަނީ.......؟؟؟

  6. ނުރަބޯ

    ކެނެރީގޭ ނަޝީދު ވެރިކަންކުރި 3 އަހަރު، އެންމެބޮޑު ނިކަމެތިކަމެއް ލިބުނު އެއްދާއިރާ އަކަށްވާނީ ހަމަގައިމުވެސް ސިވިލްސާވަންޓުންނެވެ. އެހެންވިއްޔާ މިތިބަމީހުންވެސް އެއިރު އެ ނިކަމެތިކަން އޮންނާނީ ތަޙައްމަލްކޮށްފައެވެ. އެއީ އެދުވަސްވަރު ސަރުކާރު މުވައްޒަފުންގެ މުސާރަ ދިޔައީ ދެވެމުން ނުދެވެމުން ކަހަލަ ގޮތަކަށެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރައިން ބައެއް ކަނޑާލައިގެން އެބައިނުދީ 3 އަހަރުވަންދެން ހިފެހެއްޓިއެވެ. އެބައިދޭން ކޯޓުން ޙުކުމްކުރުމުން ނަޝީދުބުނީ ކޯޓުން އެންގިޔަކަސް ނެތް އެއްޗެއް ތިމަން ކިހިނެތްހޭދޭނީ؟ މިއެވެ. މިއާއެކު ސަރުކާރު މުވައްޒަފުން މަސައްކަތްކުރާގަޑި އިތުރު ކުރުމުގެ ސަބަބުން އިތުރު އެހެން ވަޒީފާއެއް އަދާކޮށްގެން އިތުރުއާމްދަނީއެއް ހޯދައިގެން ގެއްލުން ފޫބައްދަން އޮތްފުރުސަތުވެސް ގެއްލިގެން ދިޔައީއެވެ. އަދި ކޮންމެ މަހެއްގެ މުސާރަ ވެސް އެމަސް ނިމޭއިރު ސަރުކާރު މުވައްޒަފުން ތިބެނީ މިފަހަރު މުސާރަ ލިބޭނެ ބާވައޭ ހީވެހީވެ ކަންބޮޑުވުން މަތީގައެވެ. ކަން މިހެންއޮތްއިރު މިފަދަގޮތަކަށް މި އެންމެން ސަރުކާރަށް ފުރައްސާރަ ވާގޮތައް، ރީނދޫ ޕާޓީން ވެރިކަމަށް ކުރިމަތި ލައިގެން މިއުޅޭ ހިންނަވަރޭގެ ފަހަތައް މިއެރީ ކޮންފަދަ ވިސްނުމެއްގައި ބާވައޭ ހިތައް އަރައެވެ. ކުރިން ލިބުނު ނިކަމެތިކަން އަނެއްކާވެސް ގެންނަން ބޭނުންވަނީ ހެއްޔޭ ބުނެލާހިތްވެއެވެ.
    ާ

  7. ހުސެން

    20 ޓީޗަރުނެއް ނޫން..
    އިސްލާހު ކޮށްލައްވާ ، އެތާންގަ އެބަތިބި ، އޮފީހުގަ މަސައްކަތް ކުރާ ބޭފުޅުން ، އެތާގަ އެބަތިބި ލައިބްރަރީ ގަ އުޅުއްވާބޭފުޅުން

  8. ޢަޙުމަދު

    މިފެންނަ ޓީޗަރުންގެ ކޮންމެވެސް ޒާތީ ކަންތައް ތަކެއް ވާނެ!

  9. ނިޢަމް

    ތާއީދުކުރާނޭފރާތަކަށް ތާއީދުކުރަންވީއެވެ. ހުރަހެއް ނެތެވެ. މިޔޮއްހައި ދުވަހުވެސް ރީދޫހުމުގަޖެހިފަ ތި ތިބީނޫންހެއްޔެވެ؟ ވަޒީފާގައި ހަމަ ތިޔަ ތިބީނޫންހެއްޔެވެ؟ އެކަމަކު ސިވިލްސާވިސްގެ ކޯޑް އޮފް ކޮންޑަކްޓް ހިފެހެއްޓުމަށް ގޮވައިލަމެވެ. ސިޙުރުން ސަލާމަތްވާދުވަހަކުން ރޮއި ހޭރޭނޭކަން ކަށަވަރެވެ.

  10. ބޯފަޅި ހުސައިނާ

    ތިއީ މާކުރީވެސް އެމް.ޑީ.ޕީ މީހުން، މިމީހުންގެ ސިޔާސަތު ރަގަޅުވެ މީހުން އަންނަން ފެށިކަންދައްކަން މޮޅުފޮޓޯފުޅެއް ނެގީ، މިހާރު ރައްޔިތުން ވަރަށް ހޭލުންތެރިވާނެ ގުބޯނުހެއްދޭނެ ވަރަށް ސަލާމް، އަހަރުމެން ވޯޓްދޭނީ ރައީސްޔާމީން - ޑރ ޝަހީމަށް އިންޝާﷲ