ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެ ވަޑައިގެންނެވި، އަދި މިހާރު މަސައްކަތް ނިމެން ކައިރިވެފައިވާ ހދ.ކުޅުދުއްފުށީ އެއާޕޯޓަކީ، އިދިކޮޅުގެ ވިސްނުމެއްކަމަށް ބުނެ، އެ އެއާޕޯޓާއި ހަވާލުވާން، އިދިކޮޅު ބައެއް ފަރާތްތަކުން ބޭނުންވެއްޖެއެވެ. އެއާޕޯޓު އެޅުމަކީ، އިދިކޮޅުގެ ޚިޔާލެއްކަމަށް ބުނެފައިވަނީ، އެކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެކެވެ.

ކުރިން ހދ. އަތޮޅު ކައުންސިލުގައި މަސައްކަތްކޮށްފައިވާ ކައުންސިލަރަކު، ކުޅުދުއްފުށީގައި ނެރެމުން އަންނަ "ކުޅުދުއްފުށީ އޮންލައިން" ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އެރަށުގައި އެއާޕޯޓެއް އެޅުމުގެ ވައުދު އެންމެ ފުރަތަމަ ވެފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ޤާސިމް އިބްރާހީމް ކަމަށެވެ. އެހެންނަމަވެސް، އޭރު، ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކަށް، މި ވައުދުގެ އަޑު އިވިފައިވާކަމަށް މައުލޫމާތު ލިބިފައި ނުވެއެވެ.

އޭނާ ދެން އިތުރަށް ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު، އޭނާއާއި އޭރު އެކައުންސިލުގެ މަސައްކަތް ކުރި އެހެން މެންބަރަކު، ކުޅުދުއްފުށީގައި އެއަރޕޯޓު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދެންނެވިކަމަށެވެ. އަދި، އެކަން ކުރީ، އެ ދެމެންބަރުން ޕީޕީއެމްއާ ގުޅޭނީ ކޮން ކަމެއް ކުރީމަތޯ އެދުމުންކަމަށް ވެސް ބުނެފައިވެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ދަނީ- ފޮޓޯ: އިރުޝާދު އަބްދުއްރަހުމާން/ ފޭސްބުކް
ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ދަނީ- ފޮޓޯ: އިރުޝާދު އަބްދުއްރަހުމާން/ ފޭސްބުކް

ފުރަތަމަ އެވައުދުވީ ޤާސިމްކަމަށް ބުނެފައިވާއިރު، ނަސްރުﷲ ނަމަކަށް ކިޔާ މި ކައުންސިލަރު ފަހުން އިންޓަވިއުގައި ބުނެފައިވަނީ އެއީ އޭނާ ކައުންސިލުގައި މަސައްކަތް ކުރިއިރު އައި ޚިޔާލެއްކަމަށެވެ. އަދި، އެކަން ކުރަން އެމީހުން ނިންމީ، މީހުން ދިރިއުޅޭ އެއްވެސް ގެއެއް ނުނަގައި، ބިން ހިއްކައިގެންކަމަށް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ނަސްރުﷲ އިތުރަށް ބުނެފައިވަނީ މިހާރު ސަރުކާރުން ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރަމުން ދަނީ ވަރަށް ފަރުވާ ކުޑަކޮށް، ނަމަކަށް އެކަން ކުރާ އުސޫލުންކަމަށެވެ. އަދި، އެކަން ކުރަނީ ވޯޓުލާ އާބާދީ ބޮޑުވުމުން، އިތުރު އެހެން ގޮތެއް ނެތުމުންކަމަށް ވެސް ބުނެފައިވެއެވެ.

ރަށުގައި އޮތް ކުޅި ނޫން އެހެން ތަނެއް ހިއްކައިގެން އެއަރޕޯޓު އެޅޭނެކަމަށް ނަސްރުﷲ ބުނެފައިވާއިރު، އެނޫން އިތުރު ގޮތްތަކަކީ، ޚަރަދުގެ ގޮތުން ވަރަށް ބޮޑެތި ގޮތްތަކެއްމެއެވެ. ކުޅުދުއްފުށީގެ އިރުމަތީ ފަރާތުގައިވެސް އެއަރޕޯޓު އަޅަން ބެލިއިރު، އެތަނަކީ އެމަސައްކަތް ކޮށްފިނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެ ތަނެއްކަން ހާމަވިއެވެ. އަދި، އެރަށުގައި އިތުރަށް ހިއްކާނެ އެއްވެސް ފަޅެއްވެސް ނެތެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ދަނީ- ފޮޓޯ: އިރުޝާދު އަބްދުއްރަހުމާން/ ފޭސްބުކް
ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ދަނީ- ފޮޓޯ: އިރުޝާދު އަބްދުއްރަހުމާން/ ފޭސްބުކް

ކުޅުދުއްފުށީގައި މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 23 ގެ ކުރިން އެރަށު އެއާޕޯޓަށް މަތިންދާބޯޓު ޖައްސާނެކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. އެރަށު އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ކުރަމުންދާއިރު، ނަގަން ޖެހޭ ގެތައް ހުސްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެކުރިން، އިދިކޮޅު ފަރާތްތަކުންވަނީ، ސިނަމާލެ ބުރިޖުގެ ކްރެޑިޓް ނަގަންވެސް، މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮޓަސް

    ވާ ވާ. ތިޔަހަރީ ތަމެން ހަދާ ދޮގު

  2. ބޭބެ

    މީ ޙައިރާންވާވަރުގެ ކަމެއްނޫން!! ނޭޅޭނެކަމަށްބުނި ބުރިޖް އަޅާ ނިމުނީމާ ބުރިޖާވެސް ޙަވާލުވީ!! 25 ބުރީގެ ހޮސްޕިޓަލާވެސް ޙަވާލުވާނެ!! ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޕްރޮޖެކްޓަކީވެސް ތިމަންމެންގެ ޚިޔާލަކޭބުނެ އެކަމާވެސް ޙަވާލުވާނެ!! ތީ އެމްޑީޕީއެއްނު!! ބުހުތާނު ދޮގުހަދާ ވިޔާނުދާ ބައެއްތީ!!

  3. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  4. ޑޭންޖުރެސް

    ތަރައްގީކުރެވޭ ވަރަށް އާމްދަނީ ލިބޭ، މައްސަލައަކީ ކޮރަޕްޝަން އޭ ތަމެން ބުނާއިރު އައްޑޫ ޑީބީ މެން ނޭޝަނަލް ޑިޒާސްޓަރ ގެ ބޮޑުންނަށް ތިބެގެން އެތަނުގެ ތިޖޫރީ ދަވާލާ 250 މިލިއަން ރުފިޔާ އެމެން ބަނޑު އަޅާލި ވާހަކަ އެއީ ކޮރަޕްޝަން ނޫން ޑެއިލީ ރޮބަރީތޭ ދެން ކެނެރީގެ ނަޝީދު ޑީބީ ބަދަލު ކުރީ އިމިގްރޭޝަން ކޮންޓްރޯލަރ އަށޭ ދެން އެތަނުގެ ޑިޕޮޒިޓް ފައިސާ ގަނޑަށް އެޅީ ހޮނޭ މީ ކޯއްޗެއްތޭ އިބޫ މީ ކޮރަޕްޝަން ނޫން ހަޖާމުޝަން ތޭ ދިސް އެމްޑީޕީ ވެރިކަން އިޒް ނޯޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ފުލް އޮފް ކޮރަޕްޝަން ދޯ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް....

  5. ވައިލެވެނީއޭ

    ދެން ތަމެން އެމްޑީޕީ ވެރިކަމުގައި ކޮންމެ މިނިސްޓަރަކު ކޮރަޕްޝަންގެ އުސޫލުން ކައްވާލި ބޮޑު ފައިސާ ގަނޑު މިލިއަނުން ކޮރަޕްޝަން އަށް ނުވާނަމަ ދެން ތަމެން ތިޔާ ރިޔާސީ ކެމްޕެއިން ގައި ނޫޅެ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާތާހިރުވާނެ ނޫންތޭ ތިޔާނޫން އެހެން ކަނޑުކޮހެއް ތަމެން ގޮވޭތޯ ބަލަގަ ގޮވަގަ ތަމެން ވެސް ވެރިކަމަށް އަތުވެއްޖެނަމަ ސަރުކާރު ކާމާލު ބަތްތައްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ ކާލާ އޯއް ފެން ނުބޮނީސް ބަނޑުބޮނޑުވެގެން ވައިލެވެން ފަށައިފޫ ގެނޭ އެކޮއި ދަތް ކޮއްޓަށް އިލޮށި ކޮޅެއް އާއް އާއް އާއް ހާދަ ވައިލެވެއޭ ދޯ..

  6. ސަލާމާ އަޙްމަދު

    ބަލަ އިބުލާ! ރައީސް ޔާމީންގެ އެންމެ ފަސް އަހަރެއްގެ ދައުރެއްގައި ކުރެވޭނޭ އެންމެ މެކްސިމަމްކޮށް ތިޔަކަންތައް އެދަނީ ކުރެވެމުންނެވެ. ދެވަނަ ފަސައްހަރު ނިމޭއިރު ރާއްޖޭގެ 100 ޕަސެންޓަށް ނަރުދަމާ ، ފެން ، ބަނދަރު ލިބޭނޭކަމަށް ރައީސް ޔާމީންވަނީ ވަޢުދުވެފައެވެ. ކިޔާނޭ އެއްޗެއް ނެތިއްޔާ ތިމަންނގެ ވެރިކަމެއް ގައި ހުރިހާ ދިވެހިން ޖަގިޔާ ލައްވަނަމޭ ބުނެބަލާށެވެ. މިހަރު ބައެއް ދިވެހިން ޖަގިޔާ ނުލާކަން ފާހަގަކުރެވެއެވެ.

  7. ޖޮއްބެ

    ކަން ނުކޮށް ނަންވާންއުޅޭ ބައިގަނޑެއްތާ. މީހަކު ނަހަލާލަށް ބަލިވެއިނަސް އެދަރިޔާ ވެސް ހަވާލުވާނެ. ހަހަހަހަ.