ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ބާރު ކުޑަކޮށް، އަސްކަރިއްޔާ ކުޑަ ކުރުމަށް، އިދިކޮޅު ފަރާތްތަކުން، ބޭރުގެ ބައެއް ފަރާތްތަކަށް ޔަޤީންކަން ދީފައިވާކަން ހާމަވެފައިވާ ލިޔުންތަކެއް ލީކުވެއްޖެއެވެ. ލީކުވެފައިވަނީ، އެމެރިކާ އިން ރާއްޖެއަށާއި ލަންކާ އަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު، އަތުލް ކެޝަޕްގެ ކޮންފިޑެންޝަލް (ސިއްރު) ލިޔުންތަކެކެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ބޭރުގެ ފަރާތްތަކުން ވަނީ، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރައްވާފައެވެ. އަދި، ރާއްޖޭގައި ކުރަން ފެންނަ ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އަދި، ބައެއް ކަންކަން ކުރުމަށް ރައީސް ނަޝީދު ޔަޤީންކަން ދިންކަމަށް ދޭހަވާފަދަ ގޮތަކަށްވެސް، މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، އެމްއެންޑީއެފް އަށް ކުރާ ޚަރަދުތައް ކުޑަކޮށް، އެތަނުން ސިފައިން މަދުކޮށް، އަސްކަރީ އޮނިގަނޑު އަލުން އެކުލަވާލުމަށް ރާވާފައިވެއެވެ. އަދި، މިކަންތައްތައް ކުރިއަށް ދާނީ، އެމެރިކާ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ބެލުމުގެ ދަށުން، އެފަރާތުގެ އެހީތެރިކަމާއެކު ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މިކަންކަން ކުރަނީ މި ސަރަޙައްދުން ޗައިނާގެ "ބާރު ކަނޑުވާލަން" ކަމުގައެވެ.

"ޔަޤީންކަން ދިން ކަންކަމުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސިފައިން މަދުކޮށް، އޮނިގަނޑު އަލުން، ޔޫއެސްއިންޑޯޕެކޮމް ގެ ބެލުމުގެ ދަށުން އެކުލަވާލުން ހިމެނޭ. މިކަމުގެ ސަބަބުން ޔަޤީންވާނެ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ޗައިނާގެ ބާރު ނެތްކަން." ލީކުވެފައިވާ ލިޔުމުގައި އިނގިރޭސި ބަހުން ލިޔެފައިވެއެވެ.

މިފަދަ ވާހަކަތަކެއް ދައްކާފައިވާކަން ލީކުވެފައިވާއިރު، އިދިކޮޅުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންވަނީ، އެފަރާތްތަކުން އެދޭ ސަރުކާރެއްގައި އެމްއެންޑީއެފް އުވާލާ، ހަމައެކަނި މެރިން ޕޮލިސް ބޭއްވުމަށް އެދޭކަމަށް ބުނެފައެވެ. އަދި، ކުރީގެ ރައީސް ނަޝީދަކީ، ރާއްޖެއަށް ބޭރުގެ އަސްކަރީ ބާރުތަކުން އެރުމަށް ގޮވާލައްވާފައިވާ ބޭފުޅެކެވެ.

މި ލިޔުމުގައި އިތުރަށް ބަޔާންކޮށްފައި ހުރި ކަންކަމުގެ ތެރޭގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް، ޗައިނާ އާއި ސައުދީ އަރަބިޔާގެ ސަރުކާރުން މާލީ އަދި އަސްކަރީ އެހީތެރިކަން ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާ އެމްބަސީ އިންވެސް އަދި އިދިކޮޅު ކޯލިޝަނުންވެސް އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. ހަމައެހެންމެ، ފޮރިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުންވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ފާތިމާ

    މިޤައުމު ގަ ތިބިހުރިހާސިފައިންނާ ޕޮލިހުން ވިސްނާތި އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ނުދޭތި މިޤައުމު ފުން އަނދަވަޅަކަށް ވެޓިދާނެ ނޫނީ ހުރިހާސިފައިންނާ ޕޮލިހުން ގެ އާއިލާތަށް ބަނޑަޖެހި ދާނެ

    • ފާތުމާގެ އަމާ

      ސިފައިންނާއި ފުލުހުން ވިސްނަންވީ ރ.ޔ އަށް ވޯޓު ނުދޭން..ސަބަބަކީ ރ.ވަހީދު ސަރުކާރުގައި ބިންގާ އަޅާ އަމަލީ މަސައްކަތް ފެށި ސިފައިންނާއި ފުލެޓުތައް ރ.ޔ ގެ 5 އަހަރުގެ ދައުރެއް ނިމުނު ހުރި ކޮންކްރީޓުގެ މަސައްކަތްވެސް ނިމިފައި ނެތުން...ވަރަށް ދެރަވަރު ކަމެއް.

  2. ނުރަބޯ

    ދެން ކިޔާނެކަމެއްނެތް ވެރިކަމުގެ މުގޫ އެމްޑީޕީގެ އަތުގައިޖެހިއްޖެނަމަ އެމީހުން ނުކުރާނެކަމެއްް ނޯންނާނެއެވެ. އެންމެެބޮޑަށް ވައްތަރީ އެމެރިކާ ނުވަތަ އިނގިރޭސީންގެ ކޮލޮނީ އަކަށް މިގައުމު އަލުންބަދަލުކޮށްލުމެވެ.

    • ދިވެހި

      މީ މާކުރިންވެސް ރޭވިފައި ހުރި ކަންކަން. ބޭނުންވަނީ ޑިއަގޯގާސިއާ ގޮތަށް މި ދިވެހިރާއްޖެ އަކީ އެމެރިކާ އިންޑިޔާ އިން ޗައިނާ އަދި އެހެން ޤައުމަކާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ އަސްކަރީ ހަބަކަށް މި ޤއުމު ހަދާ އަސްކަރީގޮތުން އަދި މާލީގޮތުން މިތަން އެމީހުންގެ ފުރިހަމަ ބާރު ފޯރުވޭ ތަނަކަށް ހެދުން

  3. ނަރީމާ

    ޖަޒުބާތުގައިނަމަވެސް އެމްޑީޕީ ދެން މިރާއްޖޭގެ ވެރިކަމަށް ގެނެސްފިނަމަ ދިވެހިން ހިތްދަތިކަމުގެ ލޭކަރުނަ އޮހޮރާނެތެވެ. މިއީ ޝައްކެއް އޮތްކަމެއް ނޫނެވެ. ވީމާ މި ފުރިޞަތު އަޅުގަނޑުމެންގެ އަތްތަކުން ޤަވްމަށް ނުހޯދަމާތޯއެވެ!

  4. ހޯރަ

    އެމީހުން އެއޮތީ ވެރިކަމަށްޓަކާ މިޤައުމުގެ އަސްކަރިއްޔާވެސް ވިއްކާލަން ރާވާފަދޯ. މީ ޤައުމީ ސަލަމަތާ ގުޅުން ހުރި ކަމެއް މިކަން ތަޙްޤީޤުކުރަން ގޮވާލަން

  5. އައްބާސް

    އަޅުގަނޑަކީ މިއަދާއި ހަމައަށް އިބޫއަށް ވޯޓު ދޭން ނިއްމައިގެންހުރި ދިފާއީބާރުގެ މީހެއް، ނަމަވެސް މިލިޔުން ސޯޝަލް މީޑިއާއިން ފެނުނު ހިސާބުން އަޅުގަނޑުގެ ހިތް މިހާރު ބަދަލުވެއްޖެ. މިފަދަ ނުބައި ރޭވުންތަކުން އަހަރެމެން ސަލާމަތް ކުރައްވާށި

  6. މަވޯޓާ

    މީ ފޭކު ވާހަކައެއްކަން ދޭހަވޭ!

    • ޢަލީ

      ތިހެން ކިޔާލަ ކިޔާލަ ތިބޭ!!!

  7. ޜާޏްޤެޜި

    ބަލަ ސިފައިންނާ ފުލުހުންވެސް މިހާރު ތިބީ މި ސަރުކާރުމަތިން ފޫހިވެފަ، ރައީސް ވަޙީދުގެ ވެރިކަމުގަ ފެށި ސިފައިންނާއި ފުލުހުންގެ އެޕާޓުމަންޓުތައް އަދިވެސް އެހުރީ ނުހެދިފަ، އެމީހުންއަތުން ޑައުން ޕޭމަންޓުވެސް ވަނީ ނަގާފަ، މިހާރު ތިއުޅެނީ ފިތުނަ އުފެއްދުމަށް، ތިއަކަމުންވެސް މިސަރުކާރަށް ވާނީ ގެއްލުން، މިހާރު ކެމްޕޭނުގަ ވެސް އަމިއްލަކޮޅަށް ގޯލު ޖެހެމުން ދަނީ، ވަކިވަރަކަށްވުރެ އަނިޔާވެރިކަން ބޮޑުވީމަ ނިމުން ހިތިވާނެކަން މި އެނގެނީ

    • މަގޭ ޤައުމު

      މީ ތެދު.. އިބޫއަށް ވޯޓެއް ނެތް..

    • ވިސްނާ

      ފުލެޓެއް ދީފިއްޔާ ގައުމު ވިއްކަން އޯކޭދޯ.. ފައިސާ ދިނީމަ ދިންމީހަކަށް ވޯޓުވިއްކާފަ ތިމާ ބަނޑުއެޅެނިކޮށް ވަރިހަމަދޯ. އަމިއްލައެދުން ވަކިވަރަކަށް ވުރެބޮޑުވީމަ ބަނޑުއަޅާ ވިހޭދަރިވެސް ވިއްކާލަނީ ތިކަހަލަމީހުން. މިއީ ސަމާސަ ކުރާވާހަކައެއްނޫން.. އަމިއްލަ މަންފާއަށް މިގައުމު ދޫނުކުރަން ވިސްނަން ހެޔޮނުވާނެ.. 2008ގަ މިއިމްތިހާނު ކުރެވިއްޖެ.. ނަތީޖާ ދެކެފީމު.. ވީމާ އަލުން އެދަވަޅަށް ވައްޓަން ނޫޅޭ.. ގައުމާ ދީނާ ސަލާމަތުން އޮވެއްޖެނަމަ ކަލޭމެންގެ އުއްމީދު ފުރިހަމަވާނީ..

  8. ލޯބީ

    އަޅޭ މި ބޮޑު ފޫހި އިންޑިއާގެ ފަރާތުން ރާއްޖެ ސަލާމަތްކުރަން އެންމެން ރ ޔާމީންއަށް ވޯޓު ދެއްވާ...ނޫނީ އެ އިންޑިއާގެ އަޅުވެތިކަމުގައި މި ގައުމު ތަރައްގީނުވެ އޮންނާނީ. ހެޔޮނުވާނެ އެނެމްނެ މިކަމާ ވިސްނަވާ...

  9. ކައުންސެލަރު

    އެހެންވީމާ އަހަރެން ކިޔަނީ ތިޔައީ ދިވެހިގައުމު ގައްދާރުންނޭ

  10. އަރޫ

    ސިފައިނގެ ތެރެއައް އެކި ތަންތަނުން މަގުމަތިން ފާޑުފާޑުގެ ސަރުކާރައް ތާއީދުކުރާ ޒުވާނުން ވައްދާ ވާހަކަ ތުން ތުން މަތީން އަޑުއަހަން. އެ އަޑުތަކަކީ ހަގީގަތެއް ކަމުގައިވާނަމަ މިހާރު ސިފައިންގެ އެތެރޭގެ ސަފުތައް އޮންނާނީ ބައިބައި ވެފަ ކަމުގައި ލަފާކުރެވޭ.. އެހެން އެކަން އޮތިއްޔާ ދިފާއީ ބާރުގެ ވަކިފަރާތަކައް ނުޖެހޭ އުސޫލު އޮންނާނީ ބޮޑުތަނުން ކޮމްޕުރޮމައިޒް ވެފަ..އަދި އެހެން ވެއްޖެއިޔާމުން މުޅި ސިފައިންގޭގެ އިންްޓަގުރިޓީ އޮންނާނީ ގެއްލިފަ. އަދި އެއީ ގައުމައް ނުރައްކާތެރި ހާލަތެއް އަދި އެފަދަ ހާލަތެއްގަ އެތަން އޮވެއްޖެއްޔާމުން ރައްޔިތުންގެ މެންޑޭޓެއް އެ ތަނަކުން އަދައެން ނުކުރާނެ.. އޭރު އެތަން ވެގެންދާނީ ކޮންމެވެސް ނުފޫޒެއްގެ ތެރެއިން ވަކިބަޔަކު ކޮންޓުރޯލް ކުރާ ހައިޖެކް ކުރެވިފައިވާ އާރމްޑު ފޯސްއަކައް. އޭރުން އެއީ އަސްލު ވަތަނީ މުއައްސަސާއެއް ކަމައް ނުބެލެވޭނެ. ވީމާ މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކައް ނުހަނު ނުރައްކާތެރި އަދި ލޮލުން ކަރުނަ އޮއްސައި ހިތާމަ ކުރަން ޖެހޭނެ ފަދަ ކަމެއް.

  11. ބޭބެ

    މިނުބައި ނުލަފާ މީހުންގެ ކަންތައްތައް ހުރިގޮތް!! މިއީ އެއްގޮތަކަށްވެސް ވޯޓް ދީގެން މިގައުމުގެ ވެރިކަމަށް ގެންނަން ހެޔޮވާ ވަރުގެ ބައެއްނޫން!! މިކަހަލަ އެތައް އެއްބަސްވުމެއް ހަދާފައި އޮންނާނީ!! އިންޑިޔާއާއެކުވެސް!! އަދި އިޒްރޭލާ އެކުވެސް!! މިބައި މީހުންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާދޭވެ!! އާމީން!!

  12. މިލިޓަރީ

    ނަޝީދަކީ ގައްދާރެ.

  13. ރާއްޖެ

    ޢެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެ އަޅުވެތިވެގެން
    ދާނެއެވެ ގައުމީލޯބީ ކަންފުޅެއްވެސް ހިތުގައިނެތް
    އައްނި މިރާއްޖެ އަޅުވެތިކުރުމަށްފަހު ފައިސާ
    ތައްހިފަެިގެން ފިލާނެއެވެ

  14. Anonymous

    ތީ އުވާލަން ޖެހޭ ބައެއް ހަމަ ބޮޑު ބަލާއެއްތީ އަހަރުންނަށް ޖެހިފައޮތް ޕޕމ ބަކަރިން ހިމާޔަތް ކުރާ ބައިގަނޑުތީ ޕޕމ އާ އެމީހުންގެ އައުވާނުން މަރަންވީ

    • ވަތަނީ

      ވަގުތަށް އެނގޭތޯ މީހުންމަރަން ގޮވުމަކީ ޖިނާއީ ކުށެއްކަން. އެފަދަ ކަމެއްކުރާ މީހަކަށް ހިއްވަރުދީ އެފަދަމީހުން ކުރާ ކޮމެންޓްތަށް ޕަބްލިޝްކުރަމުން ތިގެންދަނީ ކުޑަވެސް ޒިންމާދާރުކަމެއް ނެތި އިޖުތިމާޢީ ފޭރާން ނެތިދާފަދަ ގޮތަކަށް.

  15. ޝާން

    ވިކިފަ ތިބޭ ވަގުތު ގަ އުޅޭ ބައިގަނޑު ޔާމީން އަށް ކެމްޕޭންކޮށް ދިނުމަށް މިކަހަލަ ލިޔުންގެނެސްދިނުމުން އަހަރެމެން ގާތަށް އަންނީ ހިނި. ކޮބާ ތިބުނާ ލިޔުންތައް؟ ކީއްވެ ގެނެސްދޭން ނުކެރުނީ؟ މޮހަދަ ރަހާގެ އާއިލާ އެންމެން ވިޔަސް މިފަހަރަ ޔާމީން ނިހޮވޭހެއް. ވަރަށް ސަލާމް.

  16. ކާށިހޮވާ

    ބޮޑު ޖަލްސާ އޭ އަަޖައިބު ކުރަނިވި ޖަލްސާއޭ ކަނޑުކޮސް ނުގޮވާ ތަމެން ތިޔާ ކަން ހުއްޓާލާ ރަށުތެރޭން މުޑިކާށި ހޮވަން އުޅެގަ އިނގޭތޭ ދަގަ ދަގަ ދަގަ ކާށިހޮވަން ދަގަ ދަގަ ދަގަ ކާށިހޮވާދޯ...

  17. އެޑަން

    މަހަ އެންމެރަގަޅުކަންކަމުގެތެރޭ ތިކަން ވާނެ ވާން ބޭނުންވަނީވެސް ކީއްކުރާބައެއް ބޮޑުޚަރަދުކޮށް ތަންތަން އަލިފާންނިއްވާންވެސް ކަމުނުދޭ ބޮޑުބަޢާވާތެއްހިނގިއިރުގަ ވާނުވާ ނޭގިތިބިބައެއް 1 ފެބްރުއަރީ2017 އަމުރު ތަންފީޒް ނުކުރެވުނު ފިނޑިބައެއް

  18. މުދިންބެ

    ކީކުރާނީ މުދިންބެ މިހުރީ ތިމީހުންގެ ކަންތަށް އެގޭތީވެ ދެރަވެ ބުނާނެ އެއްޗެއްނޭގިފަ. ތި އަންނިޔާ ، ޤާސިމް މެން ރައްޔަތުން ބޮލައް އެރިގެން ވެރިކަން ހޯދަން ކޮންމެ ކަމެއްވެސް ކޮއްފަހުރީ. އެމީހުން ރާއްޖެ އަކަށް ނާންނާނެ. ޢެމީހުންނަށް ލަންޑަނުގަޔަާ ، އެމެރިކަ ، ޖަރުމަނު ގަ އުޅެވޭނެ އެއްނު.

  19. އަސޫމް

    ވެރިކަމުގައި ދެމިހުރުމަށް ލައްކަގިނަ މަކަރުތައް ހަދާނެ. ލައްކަ ފޭކުވާހަކަވެސް ދައްކާނެ. ރައްޔިތުން ގަޅިހައްދަންނޫޅޭ ރައްޔިތުންތިބީ ތަންދޮރުފިލާފަ. ޔާމީނަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ ރައްޔިތުންގެ މަޖިލީހެއް ނޯންނާނެ. ކައުންސިލްތައް އުވާލާނެ. ރައްޔިތުން ފެލާލާނެ. މިކަމުގެ ސާފުހެކި ވެދިޔަތަނުން ލިބިފައިވަނީ. ޔާމީނަށް ދެވަނަ ދައުރެއް ދޭން މަރުހެޔޮނުވާނެ. ރައްޔިތުންގެ ކަރުބުޑުގައި މިހާރުވެސް ހިތިރަހަ އެބަހުރި. އިތުރު ހިތިކަމަކާއި ވޭނެއް ތަހައްމަލްކުރާކަށް ރައްޔިތުން ބޭނުމެއްނުވޭ. ފާޅުގައި މިބުނަނީ ވޯޓެއްނުދޭނަމޭ.

  20. ހޯދުން

    އިރާދަ ކުރެއްވިއްޔާ އެމްއެންޑީއެފް އަށް ދެރަގޮތެއް ނުވާނެ.

  21. ނަދީމް

    ވަގުތުގެނޫސްވެރިން ފޭކުހަބަރުނުފަތުރާދެންއޮތީ15ވަރަކައްދުވަސް