ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

33 މެމްބަރުންގެ އަޣުލަބިއްޔަތުން ޝަރީފްގެ ނަން ފާސްވިއިރު، އިދިކޮޅުފަރާތްތަކުން ވޯޓުގައި ބައިވެރިވެވަޑައިއެއް ނުގަންނަވައެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޝަރީފާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި ބޭފުޅަކީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ. ޝަރީފްގެ ނަން ދިރާސާކުރި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިނީ 77.3 މާކުހެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރުހުން ދިނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައްސަލައެއްނޫން މިފހަަރަކު! ސަބަބަކީ ނާޒިމަށް އެނގިލައްވާ ފާސްވާނޭކަން! އެއީ އިދިކޮޅު އެކަކުވެސް ނެތީމަ!

  2. އިލެކްޝަންސް ކަމިޝަންގެ މެމްބަރު ކަމަށް ޝަރިއްޕެ ގެ ނަން ފާސް ވުން އެއީ ޔޫނޯ މަމެން ޕިންކީން ނަށް އެއިޓީން މޫން ސީންގް ރޭސް ކާމިޔާބު ވާނެ ކަމާއި މެދު ޔަގީން ކަން ލިބުމުގެ ލާމަސީލު ނަމޫނާ ފެނިގެން ދަނީއޭ. މަމެންނަށް އިނގެއޭ ކުއްލި ނުރައްކަލުގެ ހާލަތު އަދި މިއަހަރު ގެ ނިޔަލަށް މިހާރު މިއޮތް ވާރޝަން ގައި އެކްސްޓެންޑް ކޮށް ފިނަމަ ވަރަށް ގިނަ ބިއުޓިފުލް ކަންކަން މަޖްލީހުގެ ތެރޭން މަމެން ޕިންކީން ނަށް ކާމިޔާބު ވެގެން ދާނެއޭ. މަމެން އަޖައިބު ވަމޭ ރަންރީނދޫ ޓްވިޓަރޭ މެންގެ ފޯރޗިއުން ލައިން ދަށަށް ދާތީވެ މަމެންނަށް ނޭގެއޭ އެއީ ކީއްވެގެން ކަން ދައްކަގަ ޓްވިޓަރޭ ތަމެން އަތް ބަލާލަން ތަމެންގެ ފޯރޗިއުން ލައިން ދަތުރު ކުރާ ގޮތް ބަލަން. އާއް ގޮއިންގް ޑައުން ދޯ. ވެރީ ބޭޑް ދޯ.

  3. މަހަށްދޭބަލަ

    ފެބްރުއަރީ 1 ގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި ލަންކާގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި ނަމަ ތަމެން ދައްކަގަ މިހާރު ފެބްރުއަރީ އެކެއްގައި ކޮށް ފައި އޮތް ސްޕްރީމް ކޯޓުގެ ހުކުމް އެއީ ސައްހަ ހުކުމެއް ކަމަށް. ދައްކަގަ. ނެތް ދޯ. ދެން ތަމެންނަށް ތިޔާ ގޮވެނީ އަބޫޖަހުލު ތިއަރީގެ ދަށުން ބާތިލް ގޮވުމަށް ނޫންތޭ އޭ މަމެން ބުނަން ނެތީމު ދޯ. މަމެން މީ ދަ ހާކިމާ. މަހަށްދޭބަލަ ދެން. މަަހަށް މަހަށް މަހަަށް ދޭބަލަ..