މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލުން ނިންމާފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ދެ ނޫސް ކަމަށްވާ "ވީއެފްޕީ" އާއި "އައްޑޫލައިވް" އިން ފެތުރި ޚަބަރު އެ ޕާޓީން ދޮގުކޮށްފިއެވެ.

ވީއެފްޕީ އާއި އައްޑޫލައިވްގައި އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއްގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރަން ނިންމައި. އެ ޕާޓީގެ މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ނަމަވެސް އެމްޑީއޭއިން ބުނީ، އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ކުރިއަށްނުދާ ކަމަށެވެ. އެ ޕާޓީން ބުނީ، ނިމިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެ ޕާޓީގެ ކައުންސިލް ބައްދަލުވުން ބޭއްވިފަހުން އިތުރު ބައްދަލުވުމެއް ނުބާއްވާކަމަށެވެ.

އެމްޑީއޭގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، "އެމްޑިއޭގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިކަން އެނގިވަޑައިނުގަންނަވާ" ކަމަށާއި މިވަގުތު އޭނާ ހުންނެވީ ރަށުގައި ކަމަށެވެ.

އެންމެ ފަހުން އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވަނީ އެ ޕާޓީގެ ލީޑަރުކަމަށް ވަގުތީގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އައްޔަންކުރުމަށެވެ. އެގޮތަށް ނިންމާފައިވަނީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ މަސައްކަތްތައް ހުންނެވިގޮތުން ޕާޓީގެ ކަންތަކަށް ވަގުތުދެވެން ނެތުމުން، މައުރޫފް އެމަޤާމަށް ވަގުތީގޮތުން އައްޔަންކުރުމަށް ލީޑަރުގެ ފަރާތުން ހުށަހެޅުއްވި ޤަރާރަކަށް ވޯޓަށް އެހުމުން، އެމްޑީއޭގެ ކައުންސިލުން އެގޮތަށް ފާސްކުރުމުންނެވެ.

އެދުވަހުގެ ބައްދަލުވުމަށްފަހު ޕާޓީ ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި މައުރޫފް "ވަގުތު"އަށް ވިދާޅުވީ، ޕީޕީއެމްގެ އިތުރުން އިދިކޮޅު އިއްތިހާދުންވެސް އަދި އެމްޑީއޭއަށް ހުށަހެޅުމެއް ނާންނަކަމުގައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ތާއީދުކުރާނެ ފަރާތެއް އަދި ނިންމާފައި ނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.

"އިއްތިހާދަކުންވެސް އަޅުގަނޑަކަށް، އެމްޑީއޭއަކަށް އެއްވެސް ހުށަހެޅުމެއް އަދި ލިބިފައެއް ނުވޭ އިނގޭތޯ. އެހެންވީމި މިވަގުތު އަދި އަޅުގަނޑުމެން މިތިބީ ވަކިގޮތެއް ނުނިންމާ. އެހެންވީމަ ވަރަށް އަވަހަށް ޤައުމީ ކައުންސިލް ބައްދަލުވުމެއް ބާއްވާފަ ރިޔާސީ ރޭހުގަ ތާއީދުކުރާނެ ފަރާތެއް ނުވަތަ އަޅުގަނޑުމެން ނިންމާނެގޮތެއް ނިންމާނެ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ތާއީދުކުރާނެ ފަރާތެއް ނިންމާނީ ޤައުމީ ކައުންސިލުން ކަމަށާއި، މިފަދަ މުޙިންމު ހުރިހައި ނިންމުންތައް ނިންމަން ޖެހޭނީ ޤައުމީ ކައުންސިލުން ކަމަށެވެ. އެހެންކަމުން ޤައުމީ ކައުންސިލަށް އެކަން ހުށަހަޅުއްވާއި އެ ކައުންސިލްގެ އަޣުލަބިއްޔަތުން އެކަން ކޮންމެވެސް ގޮތަކަށް ނިމިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. ޓިނު

    ދެންކޮން އިތުރު ތަފްސީލެއްއޮތީ؟

  3. ހޭ ބުއްދި

    ކެރޭނެތަ ލިޔަން ވަކިވެއްޖޭ.... ދެން މަހީ ހީ..

  4. ސަފީރު

    ރޔާމީން އެކަނިވީ.. އެމްޑީއޭއީ ނިންމީ އެމެމްބަރަކު ބޭނުން ބަޔަކަށް ތާއީދުކުރަން.. މަޖްލިސް މެމްބަރުންވެސް..

  5. ޕީޕީއެމްޑީއޭ

    ކޯލޭޝަން އޮޔާލީތޯ. ހާދަ ހިނި އެބަ އާދެޔޭ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލުނީ. ފާތުމަ އެކަނި ހުރީ މިހާރު

  6. އަލީ

    ބޯހަލާކު ކާގެން ފުރާނީ ނުކައި ނުފުރާނަން ...މީޑިއާ ތަކުން ބުނަނީ އެމްޑީއޭ ޚޮލިޝަނުން ވަކިވެއްޖެއެވެ. މިއީ ދޮގެއްކަމަށް އެމްޑީއޭ އަކުން ނުބުނެއެވެ. މައުރޫފް "ވަގުތު"އަށް ވިދާޅުވީ، ޕީޕީއެމްގެ އިތުރުން އިދިކޮޅު އިއްތިހާދުންވެސް އަދި އެމްޑީއޭއަށް ހުށަހެޅުމެއް ނާންނަކަމުގައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ތާއީދުކުރާނެ ފަރާތެއް އަދި ނިންމާފައި ނުވާކަމަށް މައުރޫފް ވިދާޅުވިއެވެ. މިހެން ބުނެވުނީމާ މިބުނެވުނީ ކޯލިޝަނެއް ނެތްވާހަކައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެފަރާތުންކުރެ ފަރާތަށް ތާއިދުކުރުމާއި ގުލޭގޮތުން ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ވާކަހައެވެ. ކިތައްމެވަރަކަށް މާނކުރި ނަމަވެސް މިބުނެވުނީ ކޯލިށަނުން ވަކިވިވާހަކައެވެ.

  7. ޯކޮއި

    ޖަވާބު ސާފު

  8. ދަރުހޮވާ

    ކޮން ބޮޑު ޖަލްސާއެއްތޭ ތަމެން ހީކުރަނީ މަމެން ޖެހިލުން ވާނެ ކަމަށްތޭ ތަމެން އަޖައިބު ކުރަނިވި ޖަލްސާ އޭ ކިޔާ ފޭކް ގޭމް ޖެއްސުމުން ނުވާނެ ތިޔާ ކަމެއް ތަމެން އުޅެގަ ތިޔާ ކަން ހުއްޓާލާ މިއޮށް ރޯނު ބޮނޑި ވަރު ހިފައިގެން ދަގަ ވަލަށް ދަރުހޮވަން ދަގަ ދަގަ ދަގަ ވަލަށް ދަރުހޮވަން ދަރުހޮވާދޯ...