ދިވެހި ރާއްޖޭގެ ފަސްޓް ލޭޑީ ހިންގަވާ ސަދަގާތު ފައުންޑޭޝަނަށް އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނެގި ހައްޖު ކޯޓާތަކެއް ދިނުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ސަދަގާތު ފައުންޑޭޝަނަށް 2016 ވަނަ އަހަރު 50 ކޯޓާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ މައްސަލަ ނިންމުމަށްފަހު އޭސީސީން ބުނެފައިވަނީ ހައްޖު ކޯޓާތައް ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. 2016 ވަނަ އަހަރު ދަރުމައަށް މަސައްކަތް ކުރާ ފަރާތަކަށް އިސްލާމިކް އެފެއާޒްގެ ބޭނުމަށް ރިޒާވްކޮށްފައިވާ 400 ކޯޓާއިން 63 ކޯޓާ ހަމަޖައްސާދީފައިވައެވެ،

އޭސީސީން ބުނެފައިވަނީ ސަދަގާތު ފައުންޑޭޝަނަށް ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށެވެ.

"މިނިސްޓްރީއަށް ރިޒާވްކުރާ ކޯޓާ ބެހުމުގެ އުޞޫލުގައި ދަރުމައަށް އެދި މަސައްކަތްކޮށްދޭ ފަރާތްތަކަށް ޙައްޖު ކޯޓާ ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީ މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2( ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު(ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13( އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގެ 25 ވަނަ މާއްދާގެ )ހ( ގެ )1 )ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ،" އޭސީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންމެން

    ރާއްޖޭގެ އެއްމެ އުފެއްދުންތެރި، އެއްމެ ހިތްވަރުގަދަ އަދި އެއްމެ މުރާލި ކަމަނާފާން އަކީ މިހާރުގެ ދިވެހި ފާސްޓް ލޭޑީ ފާތުން. އެ ކަމަނާ އަކީ މިގައުމުގެ ފާސްޓް ލެޑީ ކަމަށް ވީތީ ފަޚުރުވެރި ވަން. ހުރިހާ އަންހެން ކަނބަލުން މިކަމަނާ ގެ މުރާލި ކަން ނަމޫނާ އަކަށް ބަލާނެ ނަމަ ހާދަ ރަނގަޅުވާނެ އޭ ހިތަށް އަރާ.

  2. ޖ

    ދެން އޯކޭ.މިހާރު ތިހެން ބުނޭ. ފަހުން އަންނަ މީހުން ބުނާނެ މީތި.ރަނގަޅެއްނޫނޯ. އޭރުން ތިބޭނީ ޖަލުގަ