އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އީސީގެ މެމްބަރުކަމުގެ މަގާމަށް ޝަރީފްގެ ނަން ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ ދިރާސާކޮށް ފާސްކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. ޝަރީފްގެ ނަން ފާސްކޮށްފައިވަނީ 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ. ނަން ފާސްވާނީ މަދުވެގެން 75 ޕަސެންޓު މާކްސް ލިބިގެންނެވެ.

ޝަރީފު އަކީ މީގެ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން މިހާރު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އަދި ރައީސް ކަމަށް އައްޔަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭއިއޭއި

    ހެއިލޯ ރަންރީނދޫ ޓްވިޓަރޭ. އޭއި އޭއި އޭއި ތަމެންނަށް ފެނޭތޭ އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރައްވައިފި އޭ އިނގޭތޭ. މަމެން މީ ދަ ހާކިމާ ދޯ. އައްދޭ އެއޮތް ނިކުންނަނީ ރަންރީނދޫ ޓްވިޓަރޭ ބޮލުގެ އިސް ތަށިގަނޑު ހާވައިގެން ސަންތިމަރިޔަނބޭ ހެދިގެން އިލޮށި ފަތި ހިފައިގެންނޭ ކުދިންނޭ އަވަހަށް ނައްޓާލަން އުޅޭ ނައްޓާލާ ނައްޓާލާ ނައްޓާލާ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައި ޓްވިޓަރޭ މެންނަށް ދޯ.