މިއަދު ހަތިޔާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ރައްޔިތުން ވަރަށް ހިކުމަތްތެރިކަމާއެކު ދުވާލުގެ މެންދުރުގެ އަލިކަމުގެ ތެރެއިން ހަތިޔާރުގެ ބޭނުން ހިފާނެ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ޕާޓީތަކުން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ވޯޓްލާ ދުވަހަށް އިޝާރަތްކުރައްވައި މެންބަރު މުހައްމަދު އަބުދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އަތްފުޅުގައި މިއަދު އޮތީ ބަޑިގުދަނުގެ ތަޅުދަނޑި އެކަނި ކަމަށާއި، އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"މިއަދު ހަތިޔާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ރައްޔިތުން ވަރަށް ހިކުމަތްތެރިކަމާއެކު ދުވާލުގެ މެންދުރުގެ އަލިކަމުގެ ތެރެއިން ހަތިޔާރުގެ ބޭނުން ހިފާނެ , ވަޒަން ޖެހުމުގެ ދުވަސް ވަރަށް ކައިރިވެއްޖެ " މުހައްމާ ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ރައީސް ޔާމިން ނުކުމެ ވަޑައިގެން ހުންނެވިއިރު ރައްޔިތުންގެ ލޯބި ހޯދުމަށް އެމަނިކުފާނު ދައްކާނެ ވާހަކައެއް ވެސް ނެތް ކަމަށް ވިދާޅުވެ މުހައްމާ ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އައްޑަނަ ނަގައި ވޯޓު ކަރުދާސްކޮޅު ނަގައި ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހައްމަދު ސޯލިހު އިބޫގެ ނަންއިން ދިމާލުގައި ކުރަހާލާ ހެޔޮ ފާހަގަ އެއީ ރައްޔިތުންގެ އަތުގައި އޮތް ވަޒަން ކަމަށެވެ.

"އަނިޔާވެރިކަމާއި، ވައްކަން އިންތިހާއަށް ގޮސްފައިވާއިރު ރައްޔިތުންނާއި މުހާތަބުކޮށް އެމަނިކުފާނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ރައީސް ޔާމިންގެ ސަރުކާރުގެ ފިތުނަ ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ލިބެމުންދާ ވޭނާއި އަނިޔާގެ ހިތިރަހަ ކޮންމެސް ދުވަހަކުން އެމަނިކުފާނުގެ އަރުގައި ލާނެ " މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ އަނިޔާވެރިކަމަށް ނިމުން އަންނަ އުސޫލުން ވައްކަމަށް ވެސް ނިމުން އައިސް މިގައުމު އަމާންވާނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށާއި މިއަނިޔާވެރިކަމަށް ރައްޔިތުން ލައްކަ ދުވަހު ކެތްކޮށްފިކަމަށެވެ.

"ބިރުވެރިކަމާއި ކަޅު އަނދިރިކަމުގެ ތެރޭގައި، ފަސް އަހަރު ދުވަހު ރައްޔިތުން އަޅުވެތިކޮށްގެން ގެންގުޅެވިއްޖެ,ރައްޔިތުންގެ މިބަނޑުހައިހޫނު ކަމުން ސަލާމަތްވުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދީގެން ރައީސް ޔާމިން ބަލިކުރަންޖެހޭ " މުހައްމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު

    ކަލެއާއި ކަލޭގެ ގުޅިފާވާ ގައުމުފަނާކުރާ ބާއިގަނޑު ގަޔަށް ތިޔަބުނާ ވަޒަންހެރި ފަނާވާނދޭނެ.

  2. މުހައްމާ ކަލޯ

    ވަރަށް ބާރަށް އަށްޖަހާތި މި ކަލޭގެ ހިފާ ހައްޔަރު ކުރާ ދުވަސް

  3. ބަޑި މުހައްމާ

    އާޗާ ވަގު ޑޮލަރުލަރު ވަގު

  4. ކަލޯ

    މުހައްމާ!!!!!!!!ކަލޭ ކަހަތަކު ނެތް ރައްޔިތުންނެއް.....

  5. ޕަކަސް

    ކަލޭ ދޭބަލަ މުޅޯ ހިފައިގެން ދަރުފަޅަން! ބޯގަޅި ގަމާރާ!

  6. ރަޝީދު

    ވަގު ދޮލަރު ޖަހަން ފެށުމުގެ ދުވަސް ކައިރިވެއްޖެ ރޯމާ ދުވާލު ޑޮލަރު ޖެހޭނެ ރައޔިތުން ތައްޔާެރުވޭ

  7. ޓަވަރު

    އަދިވެސް ވަގަށްޖެހި 500ރުފިޔާތައް ހުސް ނުވަނީ ދޯ ކަލޯ މުހަންމާ.....އަހަރުމެން އިހަވަންދޫ މީހުންނަކަަށް ކަލެއެއް ނޯޅެއޭ! ލަންކާގެ ކެސިނޯތަކަށްވެސް ވަރަށް ފަރިތަވާނެ!

  8. އަހުމަދު

    މުހައްމާ ކަލޭ ފިލްމުކުޅެންދޭބަލަ...ތައްޕަޅުމާރޫންގީ ތުޖްކޯ....