އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ ސިލްސިލާ އެއްވުމުގެ ތެރެއިން 3 މާޗްގައި އެމްޑީޕީގެ ހަރުގެ ކައިރީގައި ކުރިއަށް ދިޔަ އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ބައެއް ފުލުހުން އެމްޑީޕީގެ ހަރުގެއަށް ވަދެ އެޕާޓީގެ މުދަލަށް ގެއްލުންދީފާވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިމައްސަލަ ހުށައަޅާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަތީފްއާ ހަވާލާދީ، އެމްޑީޕީގެ ވެބްސައިޓުގައިވަނީ، ގާނޫނާ ޚިލާފަށް ސުލްހަވެރި ސިޔާސީ އެއްވުން ހުއްޓުވާ ޕާޓީގެ މުދަލަށް ގެއްލުންދޭ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެޕާޓީން ހުށަހަޅަމުން ގެންދާނެކަމަށެވެ.

މިބަޔާނުގައި އިތުރަށް ވަނީ، މިފަދަ ޣައިރު ޤާނޫނީ އަމަލު މިހިންގަނީ ފުލުހުންގެ ތެރެއިން މަދު އޮފިސަރުންތަކެއްކަމަށާ، ގިނަ ފުލުހުންނަކީ ޤާނޫނަށް ލޯބިކުރާ ޒިންމާދާރު ބައެއް ކަމުގައިކަމަށާއި އަދި މަދު ފުލުހުންގެ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން އިޚްލާސްތެރިކަމާއެކީ ޚިދުމަތް ކުރަމުންދާ ފުލުހުންގެ ނަން ކިލަނބުވެގެންދާތީ ހިތާމަކުރައްވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުނެރެ، މުޒާހަރާ ކުރުން މަނާކޮށްފައިވާ މިހާލަތުގައި ފުލުހުންދަނީ ޤާނޫނީ ގޮތުން ލިބިދީފައިވާ ބޭރުގެ ބޭނުންކޮށް މުޒާހަރާތަށް ރޫޅާލަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައުޒަރ

    ތިނަދޫގެ ހާދަ މުދަލެކޭ އެމްޑީޕީ ކުދިން އަންދާ ހުޅުޖެހީ.

  2. ހަބޭސް

    ގެއްލުން ދޭންވީއަކީ ހަމަ އެކަނި އެބައިމީހުންގެ މުދަލަކަށްނޫން އެމްޑީޕީ ނިސްބަތްވާ 3 އަކުރުވެސް އުނިކުރަންވީ

  3. ކްލިކް

    ލޮލް ދެން ލަންކާގަ ވެސް މުޒާހަރާ ނުކުރެވޭނެ..... ހަހަހަހަހަހަ

  4. އަބްދުއްލާ

    ކޮން އެމްޑީޕީ ގެ މުދަލެއް . ދަވްލަތުގެ ބަޖެޓް ފައިސާއިން ހޯދާފަ ހުންނާނީ ދަވްލަތުގެ ތަކެތި

  5. ފާގަ

    އެމް.ޑީ.ޕީން މީހުންގެ މުދަލަށާއި ދައުލަތުގެ ތަކެއްޗަށް ދިން ގެއްލުމުގެ ބަދަލު ހޯދަން ދާންވީ ކޮންތާކަށް؟

  6. ރައްޔިތުމީހާ

    ކޮބާ އެމް.ޑީ.ޕީން ހުޅުޖަހާ އަންދާ އަޅިޔަށް ހަދާލި ސަރުކާރުގެ އިމާރާތްތަކާ އަމިއްލަ ފަރުދުންގެ ވެހިކަލްތަކާ ފިހާރަތައް، އަދި ނުވިތާކަށް ވައްޓާލާ އެންމެންވެގެން ފައިތަޅާ އަނިޔާކުރި ފުލުހުންތައް. އެމް.ޑީ.ޕީ އަކީ ޤާނޫނަށް ތަބާނުވާ، އަމިއްލަ ގޮތް ރަނގަޅުގޮތްކަމަށްދެކޭ ޖަނަވާރު ފިކުރެއް. ސުލްހަވެރިކޮށް އެއްވެސް ކަމެއްކުރަން ނޭގޭ ބައިގަނޑެއް. އަނެކާގެ ހައްގަށް އަރައިގަނެފަ ތިމާގެ ކޮން ހައްގެކޭ ކިޔާކަށް. ހުރިހާ ކަމެއް އުނބަށް ތި ޖެހެނީ.

  7. ބާބޫ ނާޒް

    އެމްޑީޕީ މީހުން އަންދާ އަޅިޔަށް ހަދާލި ސަރުކާރުގެ އިމާރާތްތަކުގެ އަގުދެއްކި ދުވަހަކުން ނޫނީ އިންޓަގްރިޓީ ކޮމިސަނުން ތިމައްސަލަ ބަލައިގެން ނުވާނެ .ބަލައިފިނަމަ ލަންކާގައި މުޒާހަރާކުރާނަން

  8. ރުޒާނާ ޗޮއްޕަޓު

    ދެން އެއީ އެހާ ކަމެއްތަ އީސީ އަށް ދާން؟ މުޅި ގައުމުގެ މުދަލުގަ ކަލޭމެން ހުޅުވެސް ޖެހީމެއްނު. މަޖިލީހުގެ އެތަކެއް މުދަލެއް ހަލާކުވެސް ކުރީމެއްނު. އެހުންނަނީ އާދައިގެ ކަންކަމޭ. ތިހާ އަސަރު ކުރާ އެއްޗެއް ނޫނޭ. ހަމަޖެހިބަލަ. ހަޖަމު ކޮށްބަލަ. ރުޅި މަޑު ކޮށްބަލަ. ތި ނޫންވަރެއް ކަލޭމެންނަށް ނުވޭ އުތަ؟ އަބަދު ލޭ މައްޗަށް ގޮއްސަ. ޓްރީޓޮޕް ހޮސްޕިޓަލަށް ދޭބަލަ.