ދައުލަތް އިނދަޖައްސާލައި، ގައުމު ހުއްޓުވާ ޤާނޫނު އަސާަސީގެ ބޭރުން ޢަމަލުކުރުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ގާނޫނު އަސާސީއިން ބޭރުން ބޮޑު ޖަރީމާއެއް ހިންގުމަށްފަހު މުޅި ގައުމު އެކަމަށް ހުސްކޮށް ތަރައްޤީތައް ހުއްޓުވާލުމުގެ ހައްޤު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށެވެ. އާޒިމާ އިޝާރާތް ކުރެއްވީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާއެކު ދައުލަތަށް ދިމާވި އުނދަގޫ ހާލަތަށެވެ.

"އަޅުގަނޑުމެން ސަރުކާރު މިއޮތީ މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް މިއޮތީ އެކުގަ. އެ ފުރުސަތު ލިބޭނެކަމަށް ހީނުކުރައްވާތި. އެއަށް ޖާގައެއް ނެތް. ރާއްޖޭގެ މިނިވަންކަމާ ކުޅުމަށް ވެސް ޖާގައެއް ނެތް. ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ދާނީ ކުރިއަށް. ތަރައްގީގެ މަގުގައި އަޅުގަނޑުމެންނާ ބައިވެރިވާން އާދޭ. ތަރައްޤީގެ މަގުގަ އަޅުގަނޑުމެން ދާނީ ކުރިއަށް" އާޒިމާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު އިނދިކޮޅުގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވެފައިވާ އާޒިމާ ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ވެސް ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށާ، ސަރުކާރުދެކެ ރުޅިއައި ނަމަވެސް ޤައުމު ދެކެ ލޯބިވާން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ހަސަދަވެރިކަމުގައި ގައުމު ވިއްކާލައިގެން ނުވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    ދައުލަތުން ވައްކަން ކުރިއިރު ކޮބާ ޤާނޫނު.ދެން އޭސީސީ އިން އެމް.އެމް.ޕީ.އާރް.ސީއިން ރައީސް ވައްކަން ނުކުރާ ކަމަށް ނެރުނީމާ ނިމުނީ.

  2. އެއްމެން

    ގާނޫނީ އަސާސީގެ އެތެރަށް ބޭރަށް ބެލުމެތް ނެތް. ފުރަތަމަ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަަަރު ވާންޖެހޭ. އޭގަފަހުން ޑިމޮކްްރަސީ އާއި، ބަވިނަލް އަގުވާމީ ގޮވާލުންތަކާއި އަދި ބަސްނައަހާ އުޅޭ ބައިގެ މީހުން ކިޔާއެއްޗަކަށް ބަލަނ ޖެހޭނީ.

  3. ދަނޑިމަގޫސަރުކާރު

    މި ޑަކައިތު ދައިތަ ޖަލުގޮޅީގެ ސިމެންތި އަށީގަ އޮންނާނެގޮތް މިހާރުވެސް ފެންނަހެން ހީވޭ.

  4. ސަފޯ

    ކޮންބައެއްބާ ޤާނޫނު އައި ޙިލާފު ވެގެން ޤާނޫނާ ކުޅެނީ ލަދުގަންނަން ޖެހޭނެ އަޒިމާ ތިގޮތަށް އޮޅުވާލަން ހަމަ ތި ބައިމީހުން ހުރިހާކަމެއް ކުރަނީ، ރައްޔަތުން ބޭނުން ވަނީ ޤާނޫން ހަމައަކަށް އަޅުވަން، ދަރިފުޅު ގެ ފޮޓޯތަށް ހުރެގެން ބްލެކް މޭލު ކުރިޔަސް އަދި ތީ ދެން ބޮޑުވަރު

  5. މުގާބެ

    ގާނުޫނު އަސާސީގެއެ ތެރެއިން ކަން ތައް ކުރަނީ ކޮން ބައެއް. މީ ނާ ވާހަކަ ދައްކާ އިރު މިހިރީ ގާނޫނު ގެއެތެރޭގައި ތޯ ސުވާލު އުފެދޭ.