މަކުނުދޫ

ހދ.މަކުނުދޫއާ ހަ މޭލު ބޭރުން ކަނޑުމަތިން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އެރަށުން މައުލޫމާތު ދިންގޮތުގައި އެހަށިގަނޑު ފުރަތަމަ ފެނިފައިވަނީ އާއިލާ 2 ކިޔާ ދޯންޏަކަށެވެ. އަދި މިހާރު އެހަށިގަނޑު ބަލާ ފުލުހުންގެ ލޯންޗް ގޮސްފައިވާކަމަށްވެސް މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫއިން މަރުވެފައިއޮތް މީހަކު ފެނިފައިވާކަމަށް ފުލުހުންނަށް މިއަދު 12:55 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި، ފުލުހުން މިހާރު އެސަރަހައްދަށް ގޮސްފައިވާކަމަށެވެ.

ފުލުހުން މިމީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އިތުރު މައުލުމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރަމުންގެންދާނެކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތި ވާނީ އަނާރާއަށް

  2. ތީ އަންނީއަށްވެސް ވެދާނެ

  3. ތިވާނީ ޔާމިނުގެ ކާފަދަރިކަމަށް

  4. ޥެދާނެ ރިޒްވާންގެ ހަށިގަނޑު ކަމަށް