ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތް ކާމިޔާބު ނިމުމަކާއި ހަމައަށް އައިސްފައިވާތީ، އެކަމުގެ އުފަލުގައި މިރޭ ވެރިރަށް މާލޭގައި ހަވާއެރުވުމަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތުގެ ތެރެއިން މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. މިރޭ 8:30 ގަިއ ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ކުލަވަރުތައް ބަލާލުމަށް ވީހާވެސް ގިނަ ބަޔަކަށް ދަޢުވަތުދޭކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކަރަންޓުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާދިފަހުން ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށާއި ނަމަވެސް ބައެއް ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ. އެ މައްސަލަ ޙައްލު ކުރުމަށް ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް އަވަހަށް ޖަނަރޭޓަރުތަކެއް ފޮނުވުމަށް ނިންމާފައިވާކަމަށާއި، އެއީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ބްރިޖް ހުޅުވުމާއި އެކު ކުރިއަށްގެންދިޔަ ހަވާގެ ކުޅިވަރުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

24 ގަޑިއިރު ކަރަންޓު ޔަޤީންވުމުގެ އުފަލުގައި މިރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާއިރު ނިމިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު މާލޭގައި ވަނީ، މި ސަރަޙައްދުގައި މިހާތަނަށް ބޭއްވި ހަވާގެ އެންމެ ކުލަގަދަ ހަރަކާތްތައް ބާއްވާފައެވެ. އެ ހަރަކާތް ބާއްވާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ހުޅުލެ އާއި މާލެއާއި ދެމެދު ޤާއިމްކުރާ ބްރިޖް ހަޤީޤަތަކަށް ވެގެންދިއުމުގެ އުފަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ؟؟؟?

    މިހާވަރަކަށް ޔަގީންވާނީ, އިހަކަށް ދުވަހު މާލޭއިންވެސް ކަރަންޓު ދިޔަ...

    • ހަސަނު

      ދެން ފެނަކަޔާ ކޮން ބެހޭކަމެއް. މާލެއަށް ކަރަންޓްގެ ހިދުމަތް ދެނީ ސްޓެލްކޯއިން.

      • ޙ

        ފެނަކަޔާ ބެހޭވާހަކަ އެބައޮތްތަ އެކޮމެންޓްގައި. ޚަބަރުގައި އޮތީ ރާއްޖޭގެ ހުރިހާ ރަށެކޭ.މާލެ މީ ރަށެއް ނޫންތަ؟ މަހީކުރީ މީ ވެރިރަށްކަމަށް. 24 ގަޑިއިރު ކަރަންޓް ޔަގީންވަނީ ކޮންމެ ދުވަހަކުވެސް މާލޭގެ އެތަންމިތަނުން ކަރަންޓް ކަނޑާފއި ބްރިޖަށް ކަރަންޓްދޭ ގޮތަށް އުތަ

  2. މަޑަވެލި

    މިއަދުވެސް ހެނދުނުން ފެށިގެން މަޑަވެލިން ވަނީ ކަރަންޓް ކެޑިފައި މިކަން ދެނެހުރިންތަ! އިރުއޮއްސި އަދިރިވީއިރުވެސް ކަރަންޓެއްނުލިބޭ!!

  3. ޒީނާ

    ބުރިޖު ހުޅުވިރޭ އަރުވަން ގެނާ ބާކީ އަރުވާލަނީ، 24 ގަޑިއިރު ކަރަންޓު ޔަގީން، ދޭތެރެ ދޭތެރެއިން މެދު ކެޑޭނެ.

  4. ހަސަން ނިޒާރު

    ސަޅި ކަމެއް، އިންޖީނު ގެތަކައް ގޭގަ ތިއްބާ، ލިބެނީ، ކޮންފޯމް،

  5. ނަސިރު

    ކާކަށް އިނގެނީ.އެމީހަކުމަރުވާނެ ވަގުތެއް އެހެންވީމަ ކަރަންޓާ ފެނިކީވެސް ކެޑިދާނެ އެއްޗެއް މަމީ މެލޭސިޔާގަ އުޅޭ މީހެއް ހޫނު ދުވަސްވަރެއް ވެއްޖިއްޔާ ފެންކެޑޭ ގަޑި 3 ތިން 4 ގަޑިއިރައއވެސް ފިނި ގަދަވެ ވިއަސާރަވެއްޖިއްޔާ ބައއްފަހަރު ކަރަނޓްވެސް ކެނޑޭ ރައްޔިތުންނެއް ސަރުކާރަކށްބަވާ ވަންވަނެއް ނުޖައްސާ އެމީހުނ ކެއްތެރިކަމާއެކު އެހިދުމަތް ލިބޭވަގުތަކަށްއިންތިޒާރު ކުރަނީ ދިވެހިންގެތެރޭގަ އެބައުޅޭ ގައުމުފަނާކުރަން.އުޅޭބައެއް މުޖްތަމއު ހަލާކުވަނީ.އެކަހަލަގެ ނާތަހުޒީބު ބައިގަނޑެއް އުޅޭތީ ހަސަދަޔާ ފިތުނަވެރިކަމަކީ އެތަނެއްގެ ހަލާކު

  6. އަހަރެން

    ކިހާ ދެރަކަމެއް. ކަލޭމެން މޮޔަ ކަމުން މަ ހައިރާން ވެއްޖެ. ހަމަ ކަމެއް ވެދާނެ ދޯ. ރޭގަނޑު 11 ޖަހާ އިރު ކޮންމެ ރެޔަކު ކަރަންޓު ދިޔަ ދުވަސް ހަނދާން ނެތީތޯ؟ 24 ގަޑި އިރު ޔަގީނޭ ބުނީމަ މާނަ އޮޅުވާލަން ނޫޅޭ.