މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި އަލިފާން ރޯވެފައިވަނީ މ. ސިތާރާގޭގެ ތިންވަނަ ފަންގިފިލާގައެވެ.

އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާއިރު، އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. އެހެންނަމަވެސް، އަދިވެސް އެތަނުގައި ދުމުގެ އަސަރު ހުރިއިރު، އިތުރަށް ބަލަން ޖެހޭ ބެލުންތައް ބަލަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވި ގޮތުގައި މ. ސިތާރާ ގޭގައި އުޅެމުންދަނީ ބިދޭސީ ފިރިހެނުންނެވެ. އަދި، އަލިފާނުގެ ޙާދިސާ ހިނގި ވަގުތު، ގޭގެތެރޭގައި އޮތް މީހަކަށް ދުމުގެ އަސަރުކޮށްގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށްވަނީ ގެންދެވިފައެވެ.

މި ޙާދިސާ، އެމްއެންޑީއެފަށް ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:39 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމެންނޭ

    ތިޔާ ވާނީ ރަންރީނދޫ ޓްވިޓަރޭ މެންގެ ކަމަކަށް. އެމެންގެ އަތޮޅުގައޭ އެންމެ ގިނައިން ތަންތާނަގައި ރޯ ކޮށްފައި ހުރީ.