ވަކި މީހަކު ކުރާކަމެއް ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން އެމީހަކީ ދީނަށް ފުރައްސާރަކުރާ މީހަކަށް ވެފައި އަނެކާ ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކަމަކުން އެއީ ދީނަށް ފުރައްސާރަކުރުމަށް ނުވުމަކީ ކޮންކަހަލަ އިންސާފެއްތޯ، ދީނީ އިލްމުވެރިޔާ ޝޭޚް އިލްޔާސް ހުސައިން ސުވާލުކުރައްވައިފިއެވެ.

ޤުރުއާނުގެ އާޔަތެއް ޢާންމުކުރައްވާ އިލްޔާސް މި ސުވާލުކުރައްވާފައި ވަނީ މިއަދު ޓްވީޓާއިން އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކުރެއްވި އެ ޓްވީޓުގައި އިލްޔާސް ވަނީ، އެކަކު ދައްކާ ވާހަކައަކުން އެއީ ދީނަށް ފުރައްސާރަކުރުމަށް ވެފައި އަނެކާ ދައްކާ ވާހަކައަކުން އެއީ ދީނަށް ފުރައްސާރަކުރުމަށް ނުވެ އަދި އެގޮތަށް ވާހަކަދެއްކުމަކީ މީސްތަކުންނަށް އޮޅުވާލުން ކަމަށް ނުވާނެތޯވެސް ސުވާލުކުރައްވާފައެވެ.

"ވަކި މީހަކު ދައްކާ ނުވަތަ ކުރާކަންތައް ދީނަށް ފުރައްސާރަކުރުން ކަމަށް ވެފައި އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަ ކަންތައް ދީނަށް ފުރައްސާރަކުރުން ކަމަށް ނުވުން މިއީ ކޮންކަހަލަ އިންސާފެއްތޯ؟ އަދި މިގޮތަށް ވާހަކަ ދެއްކުން މީސްތަކުންނަށް އޮޅުވާލުމަކަށް ނުވާނެބާ؟" އިލްޔާސްގެ ޓްވީޓުގައި ވެއެވެ.

އެ ޓްވީޓާއި އެކު އިލްޔާސް އާންމުކުރައްވާފައި ވާ ޤުރުއާނުގެ އާޔަތުގެ މާނާގައި ވަނީ، އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ."

އިލްޔާސްގެ މި ސުވާލުތައް އޭނާ އަމާޒުކުރެއްވީ ސީދާ ކޮން ފަރާތަކަށްކަން އޭނާ ހާމަކުރައްވާފައި ނުވީނަމަވެސް، އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އިލްޔާސް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތްކަން ހާމަކުރައްވާ އިދިކޮޅު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރުގެ އިސް ބޭފުޅުންނާއި ދީނީ ބައެއް ބޭފުޅުންނަށް ފާޑު ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ވަކި މީހަކު ދައްކާ ނުވަތަ ކުރާކަންތައް ދީނަށް ފުރައްސާރަކުރުމަކަށް ވެފައި އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަކަންތައް ދީނަށް ފުރައްސާރަކުރުން ކަމަށް ނުވުން އެއީ ކޮންކަހަލަ އިންސާފެއްތޯ އިލްޔާސް ސުވާލު ކުރެއްވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ އަހަރުތަކެއް ކުރީން ޑެންމާކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާތީ އިލްޔާސް ރައްދުގައި ދެއްކެވި ވާހަކަފުޅެއް ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި އިލްޔާސް ވިދާޅުވީ، ޑެންމާކުގައި ނަޝިދު މާތްވެގެންވާ އިސްލާމް ދީނަށް ޖޯކުޖަހައި މަލާމާތްކޮށް ފުރައްސާރަކޮށްފައި ކަމަށެވެ. އަދި ރަސޫލާގެ އަގުމާތްވި އިރުޝާދުތަކަށް ނަޝީދު ޖޯކުޖަހާފައިވާކަމަށާއި އެފަދަ މީހަކަށް ތާއީދުކޮށްފިނަމަ އެބަޔަކު ވަރަށް ތަންދޮރުނުފިލާ ބަޔަކަށް ވެގެން ހިނގައިދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް މިގޮތަށް ވިދާޅުވިނަމަވެސް، އޭނާ މިހާރު ތާއީދުކުރައްވަނީ ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ނެރެފައިވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަށްކަން ފާހަގަކޮށްލަން ޖެހެއެވެ. އިލްޔާސް ކުރިން ވަނީ އެކަން ޓްވީޓާގައިވެސް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޮޅުންއަރާމީހާ

    ކަލޯގެ ހުރިހާވާހަކައެއް ރައްދުވަނީ ތިޔަލުއްޗާގެ ބޮލަށް!

  2. އަހުމަދު

    ތިޔަ ސުވާލު ކުރައްވާނި އިލްޔާސް އަމިއްލަ ނަފްސާ

  3. ސ

    އިލްޔާސްމެންގެ އަގެއްމިހާރަކުނެތް ކީއްކުރާނީ އަމިއްލަޔައް އަގުވވެއްޓިގަތީ

  4. ހުސޭނުބޭ

    އޭ އިލްޔާސެވެ! މަނިކުފާނު ސީދާވެގެންވާ ބުނުމަކުން ބަހެއް ނުބުނަމުއެވެ. އަދިވެސް މީސްމީހުންނަށް އޮޅުވާލަން އުޅެނީހެއްޔެވެ. ކައު އިތުރު ރަސޫލާއަށް ޞަލަވާތްކިޔަވަން ދެކޮޅުހަދާ މީހާގެ އަތުގައި ހިފައިގެން ހުރެގެން ފާޑުފާޑުގެ ވާހަކަނުދައްކާށެވެ.

  5. ފާތިހު

    އެއާޔަތުގަ އެ ބުނަނީ މުނާފިގުންނާ ފާސިގުން ބުނާ ސީދާ ވާހަކައަކަށް ނޫނެވެ. ތެދުވެރިނމުސްލިމުން ދީނާ ވަތަންގެ ހައްގުގަ ބުނާ ސީދާ ބަހުގެ ވާހަކައެވެ.

  6. އެލްލޯބޯ

    ބަލަ ޝޭޙް ތިބޭފުޅާ ހީފުޅުކުރައްވަނީީ ތިބޭފުޅާ އެކަނިކަމަށްތޯ ޤުރުއާން އާ ހަދީޝް އިނގެނީީ. ސީދާވެގެންވާ ބުނުމަކުންތ ބަސްބުނުމަކީ 9މީހުންގެ މަރު ހަމަ ތިބޭފުޅާ ބަޔަކު ސޯސަލްމީޑިޔާގަ ދައްކާވާހަކަޔަކުން އަޑުއިވިގެން ޔާމީން ބޮލުގަ އެއްވެސްީ ހެއްކެއްނެތި އެޅުވުންތޯީ . ހަދީޝް ބަސްފުޅުއައިސް ނުވޭތޯ އެއްމެ ބޮޑު ދޮގަކީީ ތިމާޔަށް އަޑުއިވޭ ޔޯލަ ވާހަކަ ތިމާ ދެލޮލުން އެކަން ނުފެނި އެއީީ ފެނުކަމެއްގޮތަށް އެވާހަކަ ދެއްކުމޭ.

    މިދެންނެވި ހަދީޝް އަޅުގަނޑު ޝޭޙް ޒައިދު ޝޭޙް އިލްޔާސްގެ ދިފާއުގަ ކުރި ޕޯސްޓަކަށް ކޮންމެންޓެއްގޮތުގަ އޭގެ މާނަ ކޮއްލަދީފަ ޖަވާބެއް ދެއްވުމަށް އެދުނީމަ ވަނީީ ޖަވާބު ނުދިންތާގަ ޑިލީޓްވެސް ކޮއްލާފަ. ޝޭޙުން ނަކީީ ކަންކަން އޮޅުންފިލުވައިދިނުމުގެ ޒިންމާ އެޅިފަވާ ފަރާތެއްކަމުގަ ވާއިރު މިފަދަ ގޮތަކަށް ހަގީގަތް ފޮރުވަން އުޅުން އެއީީ ދެރަކަމެއް.

  7. ނުރަބޯ

    އިތުރު ކަންނެލިދޯންޏެއް އަނެއްކާ މިކަލޭގެއަށް ދިނީބާ؟

  8. ގަރުނު

    ސައިޚު އިލިޔާސް އަކިީ ދީންވެރި ބޭކަލަކަށް ވެފާ އިތުރުފުޅު ހައްދަވާތީިވެ، ތިޔަފަދަ ބޮޑެތި ބުހުތާން ނުހެއްދެވުމަށް ދަންނަވަން