އެމެރިކާއިން ރޭ ނެރުނު ބަޔާނަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފޮރިންގް މިނިސްޓްއިން ނެރުނު ބަޔާނެއްގައި ދިވެހި ސަރުކާރުން ވިދާޅުވީ، އިންތިޚާބު މިހާ ކައިރިވެރިފައިވާ ދަނޑިވަޅެއްގައި މިފަދަ ބަޔާނެއް ނެރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރި ކަމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި މިބަޔާނުގައި، އެމެރިކާއާއި އެހެންވެސް ދުނިޔޭގެ ޤައުމުތަކުން 23 ސެޕްޓެންބަރ ގައި އޮންނަ އިންތިޚާބުގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ގޮތް ނިންމުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އެމެރިކާ ހާރިޖިއްޔާގެ ތަރުޖަމާން ހީތާ ނާޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފެފައިވަނީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ، ޑިމޮކްރަސީގެ އުސޫލުތަކާއި، ޤާނޫނަށް ބޯނުލަނބާ ދިވެހި ވަކިފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. މިބަޔާނާ ގުޅިގެން ސަރުކާރުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން އިލެކްޝަން ކޮމިޝަން އާ ގުޅިގެން މިއަންނަ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ އެއްވެސް ކަހަލަ ނުފޫޒަކުން އެއްކިބާވާ އިންތިޚާބަކަށް ހެދުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ. އަދި އިންތިޚާބު މޮނިޓަރ ކުުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީފައިވާ ކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ކެންޕެއިން ކުރުމަށްޓަކައި ރާއްޖޭގައި ޤާއިމްވެފައިވާ ކަމަށެވެ. އަދި މިހާ ވާދަވެރި އިންތިޚާބެއްގައި، އިންޒާރުތައް ދީ މިފަދަ "ބޭކާރު" ބަޔާންތަކެއް ނެރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރު ދިވެހިން ބޭނުންވާ ގޮތަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް އިލްތިމާސް ކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއިން ދިވެހި ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އަންގާފައިވާ އެންގުމަށް ރައްދުމެދުން، ދިވެހި ސަރުކާރުން ވިދާޅުވީ ދިވެހި ރާއްޖޭގައި ސިޔާސީ އެއްވެސް ކުށްވެރިއަކު ނުހުންނާނެ ކަމަށާއި، ޖަލު ބަންދުގައި ތިއްބެވީ އެކި އެކި ކުށްތަކުގައި ކޯޓުން ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުށްވެރިން ކަމަށެވެ. އަދި ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް އެމެރިކާއިން ގޮވާލި ނަމަވެސް ފެބްރުއަރީ 6 ވަނަ ދުވަހު ހަމަ އެކޯޓުން ނެރުނު އަމުރު ނަންބަރު 2018/SC-SJ/03 ގެ ދަށުން އެ އަމުރު ބާތިލްކޮށްފައިވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސައްޕޭ

    ބޮޑު ޖޯކެއް، ސަރުކާރުން ނެރެފައި މިވަނީ

    • Anonymous

      ކަލޭގެ ބައިގަނޑަށް މިކަންކަން މަޖާވިޔަސް މީ އަހަރެމެންގެ ފަސްގަނޑު. އަހަރުމެންގެ ދަރީންގެ މުސްތަޤްބަލު. އަހަރެމެންނަށް މަޖަލެއްނޫން.

  2. ދުނިޔެ

    ކެރަފާ ރާފުޅި ހާދަ މަސައްކަތެއް އެބަ ކުރެއޭ މި ކުޑަކުޑަ މުޖުތަމައުގައި ހަމަނުޖެހުން ހިންގަން ފަރަންޖީންނާ ގުޅިގެން إنشاءالله މިގައުމުގެ ވެރިކަމަށް ޔަހޫދީން އަޔަނުދެއް ވާފާދޭވެ امين

  3. Anonymous

    ވަރަށް ގޮތްކުޑަ ބައެއް ތި އެމެރިކާ މީހުންނަކީ. ދާދިފަހުން ސީރިޔާއަށް ރޭގަނޑު ދަންވަރު އަރާ މީހުން ނިދާފަ ތިއްބަ ބޮލަށް ބޮންއަޅައިފަ ދިޔައީ. ދިވެހިންނަކީވެސްއެމީހުން އެންމެ ރުޅިއަރާ މުސްލިމުން. މިއުޅޭ އެމްޑީޕީގެ މުސީބާތް މިއީވެސް. ރޫހާނީ ލީޑަރ މުޅިދުނިޔެއަށް ދިވެހިން.ފަޟީހަތް ކޮށްފި

  4. ބަނީ

    ޢަހަރުންގެ ގައުމުނަމަ އުޅޭނެ ތަން ހުރީސް. މުސަދިންގެ ގައުމު

  5. ކޮއްޔާ

    ވަރަށް ރަނގަޅު، އެމެރިކާ އަކަސް އެހެން ގައުމަކަސް މިރާއްޖެ ކުޑަވެފައި މިރާއްޖޭ އަކީ މިލިޓަރީ ޕަވަރއަކަށް ނުވިޔަކަސް މިރާއްޖޭގެ ރައްޔިތުންނާއި މިރާއްޖޭގައި އުފެދިފައި ހުރި އުސޫލުތަކުގެ މައްޗަށް އިހްތިރާމްކުރަންޖެހޭނެ. މިރާއްޖެއަކީ މިނިވަން ގައުމެއް.
    އަޅުގަނޑުމެންވެސް އެމެރިކާ ގެ ގާނޫނާއި އެމީހުން އުޅެންޖެހޭ ގޮތްތަކުގެ ވާހަކައެއްނުދައްކަމު. އަޅުގަނޑުމެންވެސް ނުރުހެމު އެމީހުން އެބުނާ ދީނީ މިނިވަންކަން، އެބުނާ ޖިންސީ މިނިވަންކަން، އެބުނާ އެއްޖިންސުން ކައިވެނިކުރުން، ރާބުއިން، ޖުވާކުޅުން، މިއީ އަޅުގަނޑުމެންވެސް ގަބޫލުކުރާ ކަންތަށްތަކެއްނޫން. އެމެރިކާ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި، ރައީސް ޓްރަމްޕް ހޮވަން އޭނާގެ ޓީމުން ކުރި ކަންތަކޭ ކިޔާފައި މީހުން ކުށްވެރިކާވަކަމަށް ނިންމައި ޖަލުހުކުމް އިއްވީމައި މިތާކުން އެވާހަކައެއްވެސް ނުދައްކާ، އެފްބީއައި އާއި ސީައައިއޭ އިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކައެވެސް މިތާކުން ނުދައްކާ. އެއީ މިގައުމާއި ނުބެހޭކަންތަށްތަށް ކަމަށްވާތީވެ ނުދައްކަނީ، މިތާ މިތިބަ މީހުންނަށް އެމެރިކާ ބަހުން ވާހަކަދައްކަން ނޭގޭތީ ނުވަތަ ނުކެރޭތީއެއްނޫން.
    މިކަހަލަ ކަންކަމަށް ތާއީދުކޮށްގެ ތިބޭމީހުންނަށް ނިކަމެތިކަން އިހްސާސްވާނީ ބޭރުބަޔެއްގެ އަޅުވެތިކަމަށް ގައުމު ދިޔައިމަ.
    މިރާއްޖޭގެ ސަރުކާރާއި އިދިކޮޅު މީހުންގެ ބޮލަށް ވަދެގެން މިހުރިހާ ނުބައެއް ހިންގަނީ އިންޑިޔާ ސަރުކާރުން. އެމީހުން އެންމެ މޭކަރަނީ މިރާއްޖެ ހޯދަމުން މިދާކުރިއެރުމާއި ތަހުޒީބު ފެނިފައި. އިންޑިޔާ މީހުންނަށް އެބަ އެނގޭ ތަރައްގީގެ މަގުގައި މިރާއްޖެ މިދާ ސްޕީޑުން ކުރިޔަށް އޮތް 25 ހަކަށް އަހަރު ތެރޭ ދިވެހިންިތބޭނީ އަމިއްލަފައިމައްޗަށް ތެދުވިފައިކަން. އެއެއްޗެކޭ މިއެއްޗެކޭ ކިޔާފައިވެސް މިއުޅެނީ ރާއްޖޭގެ ޑިވެލޮޕްމަންޓް ސްޕީޑް ދައްކުރުވަން. އެއިރުން އިންޑިޔާ ބޭނުންވާ ފިނިހަކަ ސްޕީޑްގައި ގޮސްގޮސް ތިބޭނެތާ.
    އިންޑިޔާ ސަރުކާރުން އައްޑޫ ގައި އެހަދާ ޕޮލިސް އެކަޑަމީއެކޭ އެއްގޮތަށް، އެތަނުގެ މަސައްކަތްވެސް އެދަނީ ޓިޕިކަލް އިންޑިއަން ފިނިހަކަ ސްޕީޑްގައި.
    ހުރިހާ ބޭފުޅުންވެސް އިންޑިޔާ އާއި އެމެރިކާ އަށް ނޯބުނެ ގައުމިއްޔަތުކަން އިސްކުރޭ.

  6. މުހައްމަދު އަހުމަދު

    އެމްޑީޕީގެ ލީޑަރުންނަކީ 9 ވަނަ ހަސަން ރަސްގެފާނަށް ވުރެ މާ ނުރައްކާތެރި ބަޔެއް. ގައުމު ބަޔެއްގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސް ދީނީ މިނިވަންކަން ގެނެސް އޭގެ ބަދަލުގައި ރޫހާނީ ލީޑަރަށް ނޯބަލް އނާމު ހޯދައި އެމްޑީޕީ އަސް މީހުންގެ ޖީބު ފުރާލައި ރާއްޖޭ މީހުން ހާލުގައި ޖައްސައި އެވެރިން ދޮންކުދީންނާއެކު ރާއްޖެ ނައިސް ދިރިއުޅެމުން ގެންދިޔުން. އެމްޑީޕީގެ މުނާފިގު ގޮފީގައި އުޅޭ މީހުން ވެސް ދީނީ ދޮފި އަޅައިގެން ގައުމު ފަސާދަކުރަނި ހަސަދައާއި ތައައްސުބުގެ ސަބަބުން.

  7. މަމީވަގެއް

    ކިހާބޮޑު ބަލާވެރިކަމެއް މުސީބާތެއް ޔާގުންޑާމީ ބޮޑު ވަގު