ސިނަމާލެ ބުރިޖާއި ލިންކް ރޯޑްގައި ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ބުރިޖުގެ ގަވާއިދުތައް ބަޔާންކޮށް އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ބުރިޖު އަދި ލިންކް ރޯޑުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރުތަކަށް ކަމަށެވެ.

އަދި ބުރިޖާއި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދު ކަމަށާއި، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

މިގޮތަށް އެ އޮތޯރިޓީން އެދިފައިވަނީ ހިނގާފާނެ އެކްސިޑެންޓަކަށް ބަލައި، ރައްކާތެރިވުމުގެ ގޮތުންނެވެ.

ބުރިޖާއި ލިންކްރޯޑް ބޭނުން ކުރުމުގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ވެއެވެ. ބުރިޖުގެ ދަތުރުތައް އާއްމުކޮށް ހުޅުވާލީ މިއަދު ހަވީރު 16:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާކުބާ

    ބުނާހާ އަވަހަށް ހެލްމެޓް ލިބޭތަ...އިންޑިއާއިން ގެންނަށް ޖެހޭނި.ެ